Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން

ފަހު ވަގުތު ބަންގްލަދޭޝްއިން ރާއްޖެ ހިފަހައްޓައިފި

މެޗުގައި ރާއްޖެ އިން ލީޑު ނަގާފައި ވަނިކޮށް، ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަ ކުރީ ފަހު ވަގުތު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 13:55
ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން

ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެ އިން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗު، 1-1 އިން އެއްވަރުވެއްޖެ އެވެ.

ގަލޮޅު ރަަސްމީ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސްް ވަނީ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފަ އެވެ. ރާއްޖޭގެ ގޯލު އޭރިޔާ ކުރިމަތިން ބަންގްލަދޭޝަްގެ ކުޅުންތެރިޔަކު ފޮނުވާލި ހަމަލާ ރާއްޖޭގެ ގޯލް ކީޕަރު ޙުސެއިން ޝަރީފް ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ބަންގްލަދޭޝްގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ސެންޓޭ ފޮނުވާލި ނަމަވެސް، ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ އޭރިޔާ ކުރިމަތިން ރާއްޖޭގެ ޙަމްޒާ މުޙައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ވަނީ ހިލޭ ޖެހުމެއް ލިބިފަ އެެވެ. ހިލޭ ޖެހުމުގައި ސެންޓޭ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން ރާއްޖޭގެ އޭރިޔާ ކައިރިން ބޯޅަ ހޯދައި، ބަންގްލަދޭޝްގެ ރަކީބް ޙަސަން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރުމަތީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ބަންގްލަދޭޝްގެ ފައިސަލް އަޙުމަދު ފާހިމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. ރާއްޖޭގެ އޭރިޔާ ތެރެއިން އޭނަ އަށް ލިބުނު ބޯޅަ އެއް ފަހަރުން ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން ބަންގްލަދޭޝް އިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ރަކީބް ފޮނުވާލި ބޯޅަ ދިޔައީ ޜާއްޖޭގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ރާއްޖޭގެ ޑިފެންޑަރަަކަށް ހެދުނު ގޯހަކުން ބަންގްލެދޭޝްގެ ފާހިމަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް، ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ. މި ހާފުގައި ބަންގްލަދޭޝް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ރާއްޖޭގެ އޭރިޔާ ބޭރުން ބަންގްލަދޭޝްގެ ރަކީބް ހުރަސްކޮށްދިން ބޯޅައެއް، އޭރިޔާ ތެރޭގައި ހުރެ ފާހިމް ފޮނުވާލި ނަމަވެސް، ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން 74 ވަނަ މިނެޓުގައި އެ ޓީމުގެ މުޙައްމަދު ރާބިއުލް ޙަސަން ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ކީޕަރު ޙުސެއިން ވަނީ އަތުން ޖައްސައި، ކޯނަރަަކަށް ބޭރުކޮށްލައިފަ އެވެ.

ދެ ވަނަ ހާފުގައި ރާއްޖެ އިން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހަމްޕުގެ ބަދަލުގައި ޙަސަން ނަޒީމް (ޗޯޓު) ވަނީ ކުޅެން ނިކުމެފަ އެވެ. ޙަސަން ރާއިފް އަޙުމަދު (ހަންނަ) ގެ ބަދަލުގައި ނާއިޒް ޙަސަން (ދާދު) ވަނީ ކުޅެން ނިކުމެފަ އެވެ. ޙުސެއިން ނިހާންގެ ބަދަލުގައި މުޙައްމަދު އިރުފާން ވަނީ ކުޅެން ނިކުމެފަ އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ރާއްޖެ އަށް ލީޑު ނަގައިިދިން ލަނޑު ޖެހީ ބަދަލަށް ކުޅެން ނިކުތް ޗޯޓު އެވެ. އެއީ ބަންގްލަދޭޝްގެ ޑިފެންސްގައި ހެދުނު ގޯހެއްގައި ލިބުނު ބޯޅަ، ގޯލަށް ވައްދާލައިގެން ޗޯޓު ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ބަންގްލަދޭޝް އިން ވަނީ ލަނޑު ޖަަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ރަކީބް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސާދުއްދީން އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ ދެ ވަނަ ލެގު އޮންނާނީ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގަ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ގައުމީ ހޭންޑްބޯލް ޓީމުބަންގްލަދޭޝް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު