Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހުވާ ނުކުރެނީސް ފަޅައިގެންދަނީއެވެ.

މުހިންމު ކަންކަމުގައި ޔާމީނާއި މުއިއްޒު މަޝްވަރާއެއް ނުކުރައްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 10:21
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބަސް ބުނެ އިދިކޮޅަށް ވެރިކަން ކުރަން ފުރުސަތު ދީފިއެވެ. 3000 ކިރިޔާ ހަމަވާ ޕާޓީއެއްނަމަވެސް އެ ފުރުސަތު ޕީއެންސީއަށް ދީފިއެވެ. ޑރ. މުހައްމަދު މުއިއްޒުއަށް ފުރުސަތެއް ދީފިއެވެ. ހަމަ ޔަގީނުންވެސް ޕީޕީއެމަކަށް ނުދެއެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. މިއީ މިއަދު ފެންނަމުންދާ ހަގީގަތެވެ.

ރިޔާސީ އިންތިޚާބު ނިމުމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން ސަޕޯޓަރުން ބޭނުންވާތީ އަދި ގައުމުގައި ހަމަޖެހުން އޮތް ގޮތަކީވެސް އެއީ ކަމަށް ދެކެވަޑައިގަންނަވާތީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެކަން އެގޮތަށް ނިންމަވައިފިއެވެ. ޔާމީން ގެއަށް ބަދަލު ވެއްޖެއެވެ. ނަމަވެސް މިއީ ސީދާ މުއިއްޒު ބޭނުންފުޅުވި ގޮތެއްވެސް ނޫނެެވެ. ވަކިން ޚާއްސަކޮށް، ޔާމީން މިނިވަންވުމަކީ އަދި މާ އަވަހަށްވެސް މުއިއްޒު ވާން ބޭނުންފުޅުވާ ގޮތެއް ނޫނެވެ.

ސަބަބުތައް ބައިވަރެވެ. އެއް ސަބަބަކީ މުއިއްޒުއަށް ވެރިކަމުގައި އާރާ ބާރުގައި އަމިއްލަ ސަރުކާރެއް އެކުލަވާލެވެން އޮތީ އެގޮތަށް އެކަން އޮވެގެން ކަމަށްވާތީއެވެ. މިހާރުވެސް ކެބިނެޓް އޮތީ އެކުލަވާލެވިފައެވެ. ނަންތަކެއް ހާމަނުވާކަން އެކަންޏެވެ. ނަމަވެސް ޕީއެންސީއާއި މުއިއްޒުއަށް ވަފާތެރި މީހުން ކެބިނެޓްގައި ގިނަވުމުން އެކަން ޕީޕީއެމަކަށް ހަޖަމެއް ނުވެއެވެ. މާނައަކީ ރައީސް ޔާމީނުގެ ބަސްފުޅެއް ނުވިކެއެވެ.

ކޮންމެއަކަށް ރައީސް ޔާމީނާއި އިންތިޚާބީ ރައީސް މުއިއްޒުގެ އަމާޒު އޮތީ އެއްދިމާއަކަށް ނޫނެވެ. ދަތުރުކުރަނީވެސް އެއް މަގަކުންވެސް ނޫނެވެ. ޔާމީން މިނިވަން ނުވެގެން، މުއިއްޒު ވިދާޅުވިގޮތާ ޚިލާފަށް އަމަލުކުރަން ވެސް ގޮވީއެވެ. ސަޕޯޓަރުން އެއްވުމަށްވެސް ގޮވީއެވެ. މުއިއްޒުގެ ބަސްފުޅު ނުވިކޭކަން މި ހިސާބުން އެބަ އެނގެއެވެ. ނުވިތާކަށް މަގާމު ލިބިވަޑައިގަތުމުން އެމަނިކުފާނު މަތިން ހަނދުމަފުޅުވެސް ނެތޭނެކަަމަށް ވިދާޅުވަނީއެވެ.

މިހާރު އަނެއްކާ ސަރުކާރުގެ މަގާމުތަކާ ގުޅޭގޮތުންވެސް ޚިޔާލުތައް އުފެދިއްޖެއެވެ. ޕީއެންސީގެ ކުރީގެ ރައީސް އަދި މިހާރުގެ ޗެއަރޕާސަން ވެސް ދަރިފުޅަށް ނަމަވެސް މަގާމެއް ހޯއްދަވަން ތިއްބެވީ ގަދަފައި ވިއްދަވާފައެވެ. ދެންވެސް ތިބީ ހުސް މަގާމުތަކަށް ފައި ވިއްދާފައި ތިބި މީހުންނެވެ. ނަމަވެސް މުއިއްޒުގެ ސްޓޭންޑަކީ އިތުބާރުކުރެވޭ، ބަސް ވިކޭ މީހުން ލުމެވެ. އެއްވެސް ވަރަކަށް ޔާމީނަށް އިތުބާރުކުރެވޭ މީހެއްގެ ވާހަކައެއްވެސް ނެތެވެ.

އަނެއްކޮޅުން ޕީޕީއެމް ޕީއެންސީގެ މެންބަރުން އެތައް މަސައްކަތެއްކޮށް، ކާމިޔާބު ހޯދުމުން، އުދުހިގެން އައި ބާޒުތަކަކަށް މަގާމުތައް ދޭންޖެހުމުން މައްސަލަ ވަނީ އިތުރަށް ހޫނުވެފައެވެ. ޔާމީނަށް ތާއީދުކުރާ، އަދި ވަފާތެރި ޕީޕިއެމްގެ އިސް ފަރާތްތަކުން ބުނެފައިވަނީ މަޖިލިސް އިންތިޚާބުގައި އެމްއެންޕީން ޕީޕީއެމް/ޕީއެންސީއާ ގުޅިގެން ވާދަކުރުމަކީ ޕީޕީއެމްގެ މެންބަރުންގެ ކަންފަތްމަތީގައި "ލަޑާ" އެތިފަހަރެއް ކަމަށެވެ. ބައެއް ފަރާތްތަކުން ދައުރު ހޭދަކުރީ ޔާމީނަށް ބަވަން ކަމަށާއި، ފުރަތަމަ ބުރުން ބަލިވުމުން އައީ ޝަރުތަކާނުލައި ކަމަށާއި، ދެން ގުޅިގެން މަޖިލީހަށް ވާދަކުރަން ޕީޕީއެމުން ނިންމީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. އަދި މަސައްކަތްކުރި މެންބަރުން އެއްޗަކަށް ނުވަނީތޯވެސް ވަނީ ސުވާލުކޮށްފައެވެ.

އަދި ހުވައެއް ނުކުރައްވައެވެ. މިހާރުވެސް ރެނދުލާން ފަށައިފިއެވެ. ގުޅިފައިވާ ޕާޓީއަކުން މަޖިލީހުގައި ވާދަކުރާނަމަ އެ ޕާޓީއަކުން ޖެހޭނީ ޕީޕީއެމަށް ވަންނަންކަމަށް ބުނެ މިހާރުވެސް ދަނީ އިންޒާރުދެމުންނެވެ. 1800 ވޯޓާ 130،000 ވޯޓާ އެއްވަރު ވަނީކަމަށް ބުނެ، ދަނީ ފާޑުކިޔަމުންނެވެ. ކޮންމެއަކަށް މިއީ ދޮގު ވާހަކަތަކެއް ނޫނެވެ. 2019ގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަނެއް ހަދައިގެން މަސްހުނި މޮޑެން އުޅުނީމައި، ދާއިރާތަކުގައި ތިބި ޕީޕީއެމް/ޕީއެންސީ މެމްބަރުންގެ މެދުގައި ބޮޑެތި ފިތުނަވެެރިކަން އުފެދި ބައިބައިވެ މުޅި މަޖިލިސް އެމްޑީޕީއަށް ލިބުނު ގޮތަށް އެ ގޯސް ރިޕީޓް ކުރެވޭކަށް ނެތެވެ.

ދެން އުފެދޭ ސުވާލަކީ، މި ކަންކަން މިހާ ހިސާބަށް ދިޔައިރު ވެރިންގެ ބަހަކީ ކޮބައި ހެއްޔެވެ. ނޫސްވެރިޔަކު ސުވާލެއް ކޮށްލާއިރަށް އެއީ މާ ފަހުގެ ވާހަކައެއް ކަމަށް ބުނެ، އެ ވާހަކައިގެ ކުރި މަރާލަނީއެވެ. ނަމަވެސް ހަގީގަތަކީ މި މައްސަލާގައިވެސް، ސަރުކާރު އެކުލަވާލުމުގައިވެސް ޕީއެންސީއާއި ޕީޕީއެމް އޮތީ އެކަކު އަނެކަކަށް ފުރަގަސް ދީގެންނެވެ. ވާހަކައެއް ނުދައްކައެވެ. މަޝްވަރާއެއް ނުކުރެއެވެ. ޔާމީނާއި މުއިއްޒެއް ވާހަކަފުޅެއް ނުދައްކައެވެ.

ކޮންމެއަކަށް ބޮޑު ރެނދެއް ލާނީ ކުދި ރެނދުލަމުން ލަމުން ގޮހެވެ. ބޮޑު ރެނދު ލައިގެން ދާ ދުވަހަކުން ނިކަން އަޑު ގަދަވާނެއެވެ. މިހާރު ކިތައްމެ ވަރަކަށް ޕުޓީ އަޅާފައި ގޭނިއަސް ޕުޓީއަށްވެސް ކެތްވާނީ ވަކި ވަރަކަށެވެ.

މަގޭ ރިޕޯޓްއިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމްޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު