ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 08:22
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ދާއިމީ ކޮމިޓީތައް
ދައުލަތުގެ އިދާރާތަކާއި ގުޅޭ ގިނަ ކޮމިޓީތަކުގެ މުގައްރިރުކަން އެމްޑީޕީއަށް
 
15 ކޮމިޓީއާއި 241 ކޮމިޓީގެ މުގައްރިރުކަން އެމްޑީޕީއަށް

ދައުލަތުގެ އިދާރާތަކާއި ގުޅޭ ގިނަ ކޮމިޓީތަކުގެ މުގައްރިރުކަން އެމްޑީޕީއަށް ދީފިއެވެ.

މަޖިލީހުގެ ދާއިމީ 16 ކޮމިޓީއާއި 241 ކޮމިޓީއަށް ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ބެހިގެންވާ ގޮތް ފާސްކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެގޮތުން މަޖިލީހުގެ ދާއިމީ 15 ކޮމިޓީއާއި 241 ކޮމިޓީގެ މުގައްރިރުކަމާއި މުގައްރިރުގެ ނައިބުކަން ދީފައިވަނީ އެމްޑީޕީއަށެވެ. މުގައްރިރުކަން ލިބިފައިނުވަނީ ގަވާއިދު ކޮމިޓީގެ އެކަންޏެވެ. ނަމަވެސް އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް ހަމަޖައްސާފައިވަނީ އެމްޑީޕީގެ މެންބަރެކެވެ.

1 - މަޖިލީހުގެ އާންމު ކޮމިޓީ:

މުގައްރިރު - ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް

މުގައްރިރުގެ ނައިބް - ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

2 - ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ:

މުގައްރިރު - ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދް

މުގައްރިރުގެ ނައިބް - ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

3 - ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ:

މުގައްރިރު - މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

މުގައްރިރުގެ ނައިބް - މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން

4 - މިނިވަން މުއައްސަސާތަކުގެ ކޮމެޓީ:

މުގައްރިރު - އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

މުގައްރިރުގެ ނައިބު - ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް

5 - އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ:

މުގައްރިރު - ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

މުގައްރިރުގެ ނައިބު: ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

6 - ޖުޑީޝިއަރީ ކޮމެޓީ:

މުގައްރިރު - މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

މުގައްރިރުގެ ނައިބު - ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން

7 - ލާމަރުކަޒީ ކޮމެޓީ:

މުގައްރިރު - ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

8 - އިޖުތިމާއީ ކޮމެޓީ:

މުގައްރިރު - އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު

މުގައްރިރުގެ ނައިބު - ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު

9 - ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމެޓީ:

މުގައްރިރު - ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ

މުގައްރިރުގެ ނައިބު - ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ

10 - ޕެޓިޝަން ކޮމެޓީ:

މުގައްރިރު - މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު

މުގައްރިރުގެ ނައިބު - ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

11 - އިގްތިސާދީ ކޮމެޓީ:

މުގައްރިރު - އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ރަޝީދު

މުގައްރިރުގެ ނައިބު - މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ

12 - އިމްތިޔާޒާއި ސްކޫލް ކޮމިޓީ

މުގައްރިރު - މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ

މުގައްރިރުގެ ނައިބު - މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން

13 - ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމެޓީ:

މުގައްރިރު - ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ

މުގައްރިރުގެ ނައިބު - ކެލާ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފް

14 - މާލިއްޔަތު ކޮމެޓީ:

މުގައްރިރު - ކިިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް

މުގައްރިރުގެ ނައިބު - ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

15 - ގަވާއިދު ކޮމިޓީ:

މުގައްރިރު - ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު

މުގައްރިރުގެ ނައިބު - ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން

16 - ހާރިޖީ ގުޅުންތަކުގެ ކޮމިޓީ:

މުގައްރިރު - މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މުގައްރިރުގެ ނައިބު - ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ:

މުގައްރިރު - ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

މުގައްރިރުގެ ނައިބު - ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

މިއ،ީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 16 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައ،ި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާ ނިސްބަތަށް ގެނެވުނު 7 ވަނަ އިސްލާހެވެ.

16 ކޮމިޓީއަށް ސްލޮޓު ހަމަޖެހިފައިވާ ގޮތް

  • ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) - 56 މެންބަރުން - 64 އިންސައްތަ - 113 ސްލޮޓް
  • ދަ ޑިމޮކްރެޓްސް - 13 މެންބަރުން - 15 އިންސައްތަ - 27 ސްލޮޓް
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) - 4 މެންބަރުން - 5 އިންސައްތަ - 8 ސްލޮޓް
  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 4 މެންބަރުން - 5 އިންސައްތަ - 8 ސްލޮޓް
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) - 3 މެންބަރުން - 3 އިންސައްތަ - 6 ސްލޮޓް
  • މޯލްޑިވްސް ޑިވަލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 2 މެންބަރުން - 2 އިންސައްތަ - 4 ސްލޮޓް
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) - 2 މެންބަރުން - 2 އިންސައްތަ - 4 ސްލޮޓް
  • ވަކި ޕާޓީއަށް ނިސްބަތްނުވާ މެންބަރުން - 3 މެންބަރުން - 3 އިންސައްތަ - 6 ސްލޮޓް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް