Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕާމް ބީޗް ސޮކާކަޕް

ޕާމް ބީޗް ސޮކާކަޕް: ސްޕޯޓިން ވަކާންޒް އަދި ހިންނަވަރު ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިންނަވަރު އެފްސީގެ ވިޖާޒް އީސާ ފުޅު

ލީވާން އަލީ
ލީވާން އަލީ | 21 ޖުލައި 2017 | ހުކުރު 13:55
 ސްޕޯޓިން ވަކާންޒް އަދި ހިންނަވަރު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕޯޓިން ވަކާންޒް އަދި ހިންނަވަރު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕާމް ބީޗް ރިސޯޓް އެންޑް ސްޕާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޕާމް ބީޗް ސޮކާ ކަޕް 2017 ގައި ސްޕޯޓިން ވަކާންޒް އަދި ހިންނަވަރު އެފްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ޕާމް ބީޗްގައި ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހިންނަވަރު އެފްސީގެ ވިޖާޒް އީސާ ފުޅެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މުބާރާތުގައި ހޮނިހިރު ދުވަހުވެސް މެޗެއް ކުޅެވޭނެއެވެ. ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުރެއްދޫ އަދި ކޮކޫން ފުޓްބޯލް ޓީމެވ.

ރިސޯޓް ތަކާއި، އަވައްޓެރި ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކޮށްފައި ވާއިރު، މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް "އޭ"ގެ ޕާމް ބީޗް ސޮކާ ކްލަބް އާއި ކޭ ޔުނައިޓެޑް އެވެ. މި މެޗް ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޕާމް ބީޗް ސޮކާ ކްލަބުންނެވެ. އެޓީމުން މެޗް ކާމިޔާބުކުރީ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މިމުބާރާތުގެ ގްރޫޕް "އޭ" ގައި ހިމެނެނީ ޕާމް ބީޗް ސޮކާ ކްލަބް އާއި، ހިންނަވަރު އެފްސީ އާއި، ސްޕޯޓިން ވެކެންޒާގެ އިތުރުން ކޭ ޔުނައިޓެޑެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ ކޮކޫން ފޫޓްބޯލް ޓީމާއި، ކުރެއްދޫ އެފްސީ އާއި، އައިޑިއަލް މޫވްމެންޓްސް އެވެ.

މުބާރާތް ރޭވިފައިވާގޮތުން ގްރޫޕް ސްޓޭޖުގެ ކުޅުން ކުރިއަށް ގެންދިއުމަށް ފަހު ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށް ސެމީއިން ޖާގަ ލިބޭނެއެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް "އޭ" ގެ އެއްވަނައަށްދާ ޓީމާއި ގްރޫޕް "ބީ" ގެ ދެވަނައަށްދާ ޓީމެވެ. ދެވަނަ ސެމީގައި ކުޅޭނީ ގްރޫޕް "ބީ"ގެ އެއްވަނައަށްދާ ޓީމާއި ގްރޫޕް "އޭ"ގެ ދެވަނައަށްދާ ޓީމެވެ.

ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްތް މަހުގެ 4 ވަނަ ދުވަހުއެވެ.

މިމުބާރާތުގައި ފެއާ ޕްލޭ ޓީމާއި، ޑްރީމް ޓީމާއި، އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2017

ޕާމް ބީޗް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކޮށްފި

31 ޖުލައި 2017
ޕާމް ބީޗް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކޮށްފި
24 ޖުލައި 2017

ކޭ ޔުނައިޓެޑް އާއި ސްޕޯޓިން ވެކެންޒާ ކުޅުނު މެޗް އެއްވަރުވެއްޖެ

24 ޖުލައި 2017
ކޭ ޔުނައިޓެޑް އާއި ސްޕޯޓިން ވެކެންޒާ ކުޅުނު މެޗް އެއްވަރުވެއްޖެ
23 ޖުލައި 2017

ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި

23 ޖުލައި 2017
ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި
20 ޖުލައި 2017

ޕާމް ބީޗް ސޮކާ ކަޕް 2017 ގެ ކުޅުން ފަށައިފި

20 ޖުލައި 2017
ޕާމް ބީޗް ސޮކާ ކަޕް 2017 ގެ ކުޅުން ފަށައިފި
02 ޖުލައި 2017

ސްޕޯޓިންއާއެކު ތަމްރީން ހެދުމަށް މެތިއުއަށް ބާސާ އިން ހުއްދަދީފި

02 ޖުލައި 2017
ސްޕޯޓިންއާއެކު ތަމްރީން ހެދުމަށް މެތިއުއަށް ބާސާ އިން ހުއްދަދީފި
08 މެއި 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
04 އެޕްރީލު 2017

ގައުމީ ބީޗް ވޮލީ ޓީމު ތައިލެންޑަށް ފުރައިފި

04 އެޕްރީލު 2017
ގައުމީ ބީޗް ވޮލީ ޓީމު ތައިލެންޑަށް ފުރައިފި
19 ފެބުރުއަރީ 2017

އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފެބުރުއަރީ 2017
އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު