Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މައުމޫން

"ގާނޫނު އަސާސީ އުވިފައިވާ ކަމަށްތޯ ތިޔަ ބައްލަވަނީ؟" ރައީސް މައުމޫނުގެ މުހިންމު ސުވާލެއް!

މަޖިލިސް ރައީސް ގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އަމަލު ކުރި ގޮތާމެދު ފާޑު ކިޔުން ވަނީ އިތުރުވެފައި

ރާއްޖެ އެމްވީ | 21 ޖުލައި 2017 | ހުކުރު 13:16
ރައީސް މައުމޫނު - ފެހި ގާނޫނު އަސާސީ މިހާރު ސައްހަ ވާނެތޯ ވިދާޅުވެ ވަނީ ސުވާލު އުފައްދަވާފައި

ރައީސް މައުމޫނު - ފެހި ގާނޫނު އަސާސީ މިހާރު ސައްހަ ވާނެތޯ ވިދާޅުވެ ވަނީ ސުވާލު އުފައްދަވާފައި

2008 ވަނަ އަހަރު ތަސްގީގު ކުރެވުނު "ފެހި" ގާނޫނު އަސާސީ ތަސްދީގު ކުރެއްވީ، އޭރުގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް މައުމޫނު ކަމަށާއި، ނަމަވެސް މިހާރު އެ މަގާމުން އެމަނިކުފާނު ވަކިވެފައިވާތީ، އެ ގާނޫނު އަސާސީ އުވިފައިވާ ކަމަށް ދަރުބާރު ޕީޕީއެމް (ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަން) އާއި ރައްޔިތުންގެ މަޖިލީހުންނާއި، އިލެކްޝަންސް ކޮމިޝަނުން ބައްލަވަނީތޯ ވިދާޅުވެ ރައީސް މައުމޫނު މުހިންމު ސުވާލެއް އުފައްދަވައިފިއެވެ.

ރައީސް މައުމޫނު މި ވާހަކަފުޅު ވިދާޅުވީ، ހުކުރު ދުވަހު މެންދުރުފަހު ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނު ޓްވީޓްގައި މިވާހަކަ ލިޔުއްވުމުގެ އިތުރުން އެމަނިކުފާނުވަނީ، މިހާރު އަމަލު ކުރެވެމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވި ރަސްމިއްޔާތުގައި، އެމަނިކުފާނު ގާނޫނު އަސާސީ ތަސްދީގު ކުރެއްވި ގަރާރުގައި ސޮއި ކުރެއްވި ފޮޓޯއެއްވެސް ހިމަނުއްވާފައެވެ.

ރައީސް މައުމޫނުގެ މި ވާޙަކަފުޅު އަމާޒު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވަނިކޮށް، އެ ޕެޓިޝަންގައި ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، ޕީޕީއެމްއަށް ނިސްބަތްވާ ހަތަރު މެމްބަރަކު އެ ޕާޓީން ވަކި ކުރުމުން އެ މެމްބަރުންގެ މަޖިލިސް ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއެކު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުންގެ އަދަދު ހަމަނުވާ ކަމަށް ބުނެ މައްސަލަ ބާތިލްވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނިންމި މައްސަލައާ ގުޅޭ ގޮތުން ކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހެޅި މައްސަލައިގައި އަމަލު ކުރެވެމުންދާ ގޮތާ މެދު ރައީސް މައުމޫނު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން ބުދަ ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ހަތަރު މެމްބަރުން ސޮއި ކުރެއްވީ، މެމްބަރު ކަމުގައި ތިއްބައިވައިގެން ކަމަށް ވުމާއެކު އެ ލިޔުމުން އެ ހަތަރު ސޮއި އުނިވެފައިވާ ކަމަށް ބެލޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މައްސަލަ ބޭރު ކޮށްލުމާއެކު، އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ މި މައްސަލައާ ބެހޭ ގޮތުން ގާނޫނީ ވަކީލުންވެސް އަދި ސިޔާސީ ދާއިރާގެ އިސްފަރާތްތަކުން ބުނަމުން ދަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ، އެ ބޭފުޅުން މަގާމުގައި ތިއްބަވަނިކޮށް ކަމަށާއި، އެހެން ކަމުން އޭގެ ފަހުން އަދި އެ ބޭފުޅުންގެ ގޮނޑި ގެއްލުވާލި ނަމަވެސް ޕެޓިޝަން ސައްހަވާނެ ކަމަށާއި، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

އަނެއް ކޮޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ފުލުފުލުގައި ވަކި ކުރަމުން ގެންދާ މައްސަލައަށްވެސް ރައީސް މައުމޫނު ވަނީ ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލިސްގެ މެމްބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކި ކުރިއަސް އޭނާގެ ގޮނޑިއެއް ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތްތައް ބަޔާން ކުރެވިފައިވާ ކަމަށެވެ.

އަދި ސްޕްރީމް ކޯޓުން މިކަމާ ގުޅޭގޮތުން ނެރެފައިވާ އަމުރުގައިވެސް އެކަން ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ބޭރުކޮށްލުމުގައި އިދާރީ ގޮތުން އަމަލު ކޮށްފައިވާ ގޮތާބެހޭ ގޮތުންވެސް ވަނީ ސިޔާސީ ލީޑަރުން ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައެވެ. މައްސަލަ ބޭރުކޮށްލި ކަމަށް މެމްބަރުންނަށް ފޮނުއްވި ސިޓީގައި ރައީސް ޔާމީނަށް ވަފާތެރި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ސޮއިކުރައްވާފައިވާތީ އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިދާރީ މަސައްކަތްތަކަކީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ ބެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށެވެ.

މެމްބަރުން މަގާމުގައި ތިއްބަވައިގެން ކުރެއްވި ސޮޔެއް ފަހުން މަގާމު ގެއްލިގެން ކުރިން ކުރެއްވި ސޮއި ބާތިލް އެއްޗެއް ކަމަށް ނިންމި ނިންމުމާ ބެހޭ ގޮތުން ފާޑުވިދާޅުވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، މީހަކު މަގާމުގައި ހުރެ ނިންމާ ކަމެއް އެމީހަކު މަގާމުގައި ނެތުމުން އަމަލު ކުރަން ނުޖެހޭނަމަ، ފުވާދު ތައުފީގު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނަވައިގެން އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުވެސް މިހާރު އެއީ ބާތިލް ވެފައިވާ އެއްޗެއް ކަމަށެވެ. އަދި ގާޒީ ބާރީ ހުންނަވައިގެން ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތައްވެސް މިހާރު އެއީ ބާތިލް އެއްޗެއް ކަމަށެވެ.

ރާއީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގެންދަވާ، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ، ރައީސް ޔާމީންގެ އެންގެވުމުގެ މަތިން ކަމަށާއި، އަދި ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ މި އަމަލު ހިންގާ ގައިރު ގާނޫނީ މި ސިޓީ ފޮނުވި ފަރާތުގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު