Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޮވެން އެއްބަސްވުން އާކުރުން

ލިވަޕޫލާއި ނިއުކާސަލްއިން ފާރަލަމުން އައި ބޮވެން ވެސްޓް ހޭމްގެ އެއްބަސްވުން އާކޮށްފި

8 އޮކްޓޯބަރު 2023 | އާދީއްތަ 18:16

ބޮވެން ވެސްޓް ހޭމްއާ ގުޅުނީ 2020 ވަނަ އަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 އޮކްޓޯބަރު 2023 | އާދީއްތަ 18:16
ނިއުކާސަލްގެ ފަބިއަން ޝާއާއި ބޮވެން ބޯޅައަށް މަސައްކަތްކުރަނީ؛ ފޮޓޯ-ރޮއިޓަރސް

ނިއުކާސަލްގެ ފަބިއަން ޝާއާއި ބޮވެން ބޯޅައަށް މަސައްކަތްކުރަނީ؛ ފޮޓޯ-ރޮއިޓަރސް

އިނގިރޭސި ފޯވާޑް ޖެރޮޑް ބޮވެން ވެސްޓް ހޭމް ޔުނައިޓެޑްގައި މަޑުކުރަން ނިންމާ, އެއްބަސްވުން އާކޮށްފިއެވެ.

ބޮވެން ކްލަބްގައި މަޑުކުރަން ނިންމިކަން ހާމަކުރީ ކޯޗު ޑޭވިޑް މޮއިސް އެވެ. ބޮވެން އަކީ ޕްރިމިއަރ ލީގުގެ ލިވަޕޫލާއި, ނިއުކާސަލް ޔުނައިޓެޑުން ޝައުޤުވެރިވާ ކުޅުންތެރިއެކެވެ. ކޯޗު މޮއިސް ބުނީ 26 އަހަރުގެ ފޯވަޑް ކްލަބްގައި މަޑުކުރުމަކީ އުފާވެރި ޚަބަރެއްކަމަށާއި, އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ. ވެސްޓް ހޭމް އަށް ބަދަލުވެ ބޮވެން ކްލަބްގައި މުހިއްމު ދައުރެއް އަދާކޮށް އަދިވެސް ކުރިއެރުން ހޯދަމުން އަންނަކަން ކޯޗު ފާހަގަކުރިއެވެ. ބޮވެން ވެސްޓް ހޭމްއާ ގުޅުނީ 2020 ވަނަ އަހަރުއެވެ. ހަލް ސިޓީން ވެސްޓް ހޭމްއަށް ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން 18 މިލިއަން ޕައުންޑަށެވެ.

މިދިޔަ މުއްދަތުގައި ވެސްޓް ހޭމް އަށް ކުޅެދިން 166 މެޗުން 45 ގޯލް ވަނީ ކްލަބަށް ޖަހައިދީފައެވެ. އޭގެތެރޭގައި މިދިޔަ ސީޒަންގައި ޔޫރަޕާ ކޮންފެރެންސް ލީގު ފައިނަލްގައި ފިޔޮރެންޓީނާ ކޮޅަށް ޖެހި ގޯލް ހިމެނެއެވެ. މިސީޒަންގައިވެސް ނުވަ މެޗުން އޭނާ ވަނީ ފަސް ގޯލް ޖަހާފައެވެ. މިމަހު އިނގިރޭސި ގައުމީ ޓީމް ކުޅޭ ދެ މެޗަށް ނެގި ސްކޮޑުންވެސް ކޯޗު ސައުތް ގޭޓް ވަނީ ބޮވެންއަށް ޖާގަ ދީފައެވެ.

ވެސްޓް ހޭމް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އެއް ވަނަ އަށް

05 އޮކްޓޯބަރު 2025
ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އެއް ވަނަ އަށް
23 އޯގަސްޓު 2025

ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް

23 އޯގަސްޓު 2025
ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް
04 ފެބުރުއަރީ 2025

ފަހަތުން އަރައި މޮޅުވެ، ޗެލްސީ ހަތަރު ވަނައިގައި

04 ފެބުރުއަރީ 2025
ފަހަތުން އަރައި މޮޅުވެ، ޗެލްސީ ހަތަރު ވަނައިގައި
22 ސެޕްޓެމްބަރު 2024

ވެސްޓް ހޭމްގެ މައްޗަށް ޗެލްސީން ކުރި ހޯދައިފި

22 ސެޕްޓެމްބަރު 2024
ވެސްޓް ހޭމްގެ މައްޗަށް ޗެލްސީން ކުރި ހޯދައިފި
01 ސެޕްޓެމްބަރު 2024

ހާލަންޑްގެ ހެޓްރިކާ އެކު މޮޅުވެ ސިޓީ އެއް ވަނައިގައި

01 ސެޕްޓެމްބަރު 2024
ހާލަންޑްގެ ހެޓްރިކާ އެކު މޮޅުވެ ސިޓީ އެއް ވަނައިގައި
06 މެއި 2024

ފަސް ލަނޑުގެ މޮޅާއެކު ޗެލްސީން ޔޫރަޕު މުބާރާތެއްގެ އުންމީދުގައި

06 މެއި 2024
ފަސް ލަނޑުގެ މޮޅާއެކު ޗެލްސީން ޔޫރަޕު މުބާރާތެއްގެ އުންމީދުގައި
11 އެޕްރީލު 2024

މި ދައްކައިދިނީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ނެރެވޭނެކަން: ޒަކާ

11 އެޕްރީލު 2024
މި ދައްކައިދިނީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ނެރެވޭނެކަން: ޒަކާ
03 އެޕްރީލު 2024

ވެސްޓް ހޭމް ކައިރިން ޓޮޓެންހަމް އެއްވަރު

03 އެޕްރީލު 2024
ވެސްޓް ހޭމް ކައިރިން ޓޮޓެންހަމް އެއްވަރު
29 ޑިސެމްބަރު 2023

ވެސްޓް ހޭމް އިން އާސެނަލް ބަލިކޮށްފި

29 ޑިސެމްބަރު 2023
ވެސްޓް ހޭމް އިން އާސެނަލް ބަލިކޮށްފި
23 ޑިސެމްބަރު 2023

މެންޗެސްޓަރ ޔުނައިޓެޑަށް ކުރިއަށް ދެވޭގޮތެއް ނުވި، ވެސްޓް ހޭމް އަތުންވެސް ބަލި

23 ޑިސެމްބަރު 2023
މެންޗެސްޓަރ ޔުނައިޓެޑަށް ކުރިއަށް ދެވޭގޮތެއް ނުވި، ވެސްޓް ހޭމް އަތުންވެސް ބަލި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް