Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މޮޅުވެ، ޗެމްޕިއަންކަން އެމްއެންޔޫބީއެސް އަށް

ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޕޮލިޓެކްނިކުން، އެމްއެންޔޫބީއެސް އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އޮކްޓޯބަރު 2023 | ހޮނިހިރު 05:24
ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމު، އެމްއެންޔޫބީއެސް އަށް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތަށި ހަވާލު ކޮށްދެއްވަނީ

ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމު، އެމްއެންޔޫބީއެސް އަށް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތަށި ހަވާލު ކޮށްދެއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ، އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް އެމްއެންޔޫބީއެސް އިން ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ދަނޑުގައި ކުޅުނު މެޗު އެމްއެންޔޫބީއެސް އިން ކާމިޔާބު ކުރީ މޯލްޑިވްސް ޕޮލިޓެކްނިކާ ވާދަކޮށެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޕޮލިޓެކްނިކުންނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އަޙުމަދު ސުދައިސް އަލީ އެވެ. ނަަމަވެސް އެމްއެންޔޫބީއެސް އިން ވަނީ ގާތް ގާތުގައި ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަޙުމަދު ރިޔުޝަން އެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ މުޙައްމަދު އަނާން އެވެ. ޖެހިގެން އައި މިނެޓުގައި މުޙައްމަދު ނާބިތު ޙުސެއިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްއެންޔޫބީއެސްގެ އަނާން އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޕޮލިޓެކްނިކްގެ ޙުސެއިން މައިސަންގެ އިތުރުން، އެމްއެންޔޫބީއެސްގެ އަނާން، ރިޔުޝަން، ނާބިތު އަދި އަނޫފް އަޙުމަދު އެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަަކަށް ހޮވުނީ އެމްއެންޔޫބީއެސްގެ އަޙުމަދު ނިސާމް އެވެ. މި ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިޓެކްނިކްގެ ސުދައިސް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ އެމްއެންޔޫބީއެސްގެ ރިޔުޝަން އެވެ.

މިދިޔަ އަހަރު އޮތް މުބާރާތުގެ ފައިނަލްގައި ވެސް އެމްއެންޔޫބީއެސް އިން ވަނީ ވާދަކޮށްފަ އެވެ. ނަމަވެސް މެޕްސް ކޮލެޖާ ވާދަކޮށް ފައިނަލްގައި ބަލިވީ، ލީޑު ވެސް ލިބިފައި ވަނިކޮށެވެ. މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރިއިރު، ކުރި ހޯދީ އެމްއެންޔޫބީއެސް އިންނެވެ.

މިއީ އެމްއެންޔޫއެސްޔޫ އިން އިސްނަގައިގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފުރަތަމަ މުބާރާތް ފެށީ ފިރިހެން ޑިވިޝަނަށް އަމާޒުކޮށްގެންނެވެ. ނަމަވެސް އޭގެ ފަހުން 2018 ވަނަ އަހަރު ވަނީ އަންހެން ޑިވިޝަން ވެސް ތައާރަފުކޮށްފަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް މުބާރާތް ބާއްވަމުން އަންނަނީ ދެ ޑިވިޝަނަށެވެ. މިއަހަރުގެ މުބާރާތަކީ މީގެ ނުވަ ވަނަ މުބާރާތެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވުނު ނަމަވެސް، 2022 ވަނަ އަހަރު އަލުން ވަނީ މުބާރާތް ފަށައިފަ އެވެ.

އެމްއެންޔޫއެސްޔޫއެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023

އިތުރަށް ކިޔާލަން

25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
07 އޮކްޓޯބަރު 2023

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: އަންހެން ޑިވިޝަންގެ ތަށި އެމްއެންޔޫބީއެސް އިން ދިފާއު ކޮށްފި

07 އޮކްޓޯބަރު 2023
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: އަންހެން ޑިވިޝަންގެ ތަށި އެމްއެންޔޫބީއެސް އިން ދިފާއު ކޮށްފި
18 ސެޕްޓެމްބަރު 2023

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: 31 ޓީމާއެކު ބުރާސްފަތި ދުވަހުގެ ރޭ މުބާރާތް ފަށަނީ

18 ސެޕްޓެމްބަރު 2023
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: 31 ޓީމާއެކު ބުރާސްފަތި ދުވަހުގެ ރޭ މުބާރާތް ފަށަނީ
01 ސެޕްޓެމްބަރު 2022

ފަހަތުން އަރައި އައި.ޔޫ.އެމް ބަލިކޮށް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް އެމް.އެން.ޔޫއަށް

01 ސެޕްޓެމްބަރު 2022
ފަހަތުން އަރައި އައި.ޔޫ.އެމް ބަލިކޮށް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް އެމް.އެން.ޔޫއަށް
31 އޯގަސްޓު 2022

ދެ މެޗުން ވެސް މޮޅުވެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމް.އެން.ޔޫއިން ހޯދައިފި

31 އޯގަސްޓު 2022
ދެ މެޗުން ވެސް މޮޅުވެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމް.އެން.ޔޫއިން ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު