Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އަންނަ ފަތުރުވެރިން

ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!

މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު 1،361،042 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 އޮކްޓޯބަރު 2023 | ހުކުރު 07:18
ފަތުރުވެރިންތަކެއް ދިވެހި އުފެއްދުންތައް ބަލާލަނީ

ފަތުރުވެރިންތަކެއް ދިވެހި އުފެއްދުންތައް ބަލާލަނީ

ރާއްޖެއަށް މިއަހަރު އަންނާނެ ކަމަށް ލަފާ ކުރާ ފަތުރުވެރިންގެ ޓާގެޓް ހާސިލު ކުރުމަށް ތިން މަސް ދުވަހުގެ ތެރޭގައި ފަސް ލައްކައެއްހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ޖެހޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު 1،361،042 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހާ އަޅާ ބަލާއިރު 14.3 އިންސައްތައިގެ ކުރިއެރުމެކެވެ. 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކުރީ 1،190،629 ފަތުރުވެރިންނެވެ.

އަހަރު ފެށިއިރު ރާއްޖެއަށް އަހަރު ނިމޭއިރު އަންނާނެ ކަމަށް ސަރުކާރުން ލަފާ ކޮށްފައިވަނީ 1.8 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް އަހަރުގެ މެދުތެރެއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދާއިރާއަށް އަންނަ ބަދަލުތަކާއެކު އެ އަދަދު 1.9 މިލިއަނަށް އަރާނެ ކަމަށް މިހާރު ވަނީ ލަފާ ކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މަހެއްގެ މައްޗަށް އެވްރެޖުކޮށް 150،000 އެއްހާ ފަތުރުވެރިން ރާއްޖެެއަށް ޒިޔާރަތް ކުރެއެވެ. އެހެންކަމުން މި އަދަދުތަކުން ލަފާ ކުރާނަމަ މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނީ 1.8 މިލިއަން ފަތުރުވެރިންނެވެ. 1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލް ކުރާނަމަ ބާކީ ތިން މަސް ދުވަސް އޮތް އިރު މަހަކު 180،000 އެއްހާ ފަތުރުވެރިންނަށް މަރުހަބާކިޔަން ޖެހޭނެއެވެ.

ރާއްޖެއަށް ދުވާލަކު އެވްރެޖުކޮށް 4،986 ފަތުރުވެރިން ޒިޔާރަތް ކުރާއިރު ކުރިއަށް އޮތް ދުވަސްތަކުގައި މިއަދަދުތައް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ކޮންމެ އަހަރަކު ވެސް ފަހުކޮޅާ ދިމާކޮށް ދުނިޔޭގެ އެކި ޤައުމުތަކުގެ ޗުއްޓީތަކާ ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު ގިނަވާތީއެވެ. އެގޮތުން ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕީކް ސީޒަނުގެ ގޮތުގައި ފާހަގަވާ ދުވަސްކޮޅެވެ. އެހެންކަމުން 1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓު ވެސް ހާސިލް ކުރެވިދާނެ ކަމަށް ލަފާ ކުރެވެއެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އ ޤައުމުން 156،905 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިންޑިއާއިން 149،587 ފަތުރުވެރިން، ޗައިނާއިން 145،982 ފަތުރުވެރިން، ިނގިރޭސިވިލާތުން 108،608 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ ގޫގަލް ސަރޗް ޑޭޓާއިން ދައްކާ ގޮތުގައި އެންމެ ގިނަ ބައެއްގެ ބަކެޓް ލިސްޓު ޤައުމަކީ ނުވަތަ މަންޒިލަކީ ރާއްޖެއެވެ. ރާއްޖޭގެ މަގުބޫލުކަން އެކި ޤައުމުތަކުގައި ދަނީ އިތުރުވަމުންނެވެ. ރާއްޖެއަށް ވަނީ ފާއިތުވި ތިން އަހަރު ވެސް ވޯލްޑް ލީޑިން ޑެސްޓިނޭޝަން ގެ އެވޯޑު ވެސް ލިބިފައެވެ.

ފަތުރުވެނިންޓޫރިޒަމް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
06 މެއި 2024

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
29 ޑިސެމްބަރު 2023

ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

29 ޑިސެމްބަރު 2023
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު