Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަޕަނީޒް ގްރާންޓް އެއިޑް

ޖަޕަނީޒް ގްރާންޓް އެއިޑްގެ ދަށުން މާސްޓަރސް ޑިގްރީ ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިހާތަނަށް 16 ދަރިވަރަކު ވަނީ މި ފުރުސަތުގެ ދަށުން ކިޔަވަން ފޮނުވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 އޮކްޓޯބަރު 2023 | ހުކުރު 06:35
ޖޭޑީއެސްގެ ދަށުން ކިޔަވައި ނިންމި ދިވެހި ދަރިވަރެއް

ޖޭޑީއެސްގެ ދަށުން ކިޔަވައި ނިންމި ދިވެހި ދަރިވަރެއް

ޖަޕާނު ސަރުކާރުން ދޭ، ޖަޕަނީޒް ގްރާންޑް އެއިޑް (ޖޭޑީއެސް) ސްކޮލަރޝިޕަށް އެދި ހުށަހަޅެމުނުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ގްރާންޓުގެ ދަށުން މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް ހަ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޖޭޑީއެސް އިންނެވެ. އަދި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ވެސް ދޭނީ ޖޭޑީއެސް އިންނެވެ.

Advertisement - newsAdvertisement

ޖޭޑީއެސް އިން ބުނެފައިވާ ގޮތުގައި މި ފުރުސަތުގެ ދަށުން ސޮކަލރޝިޕަށް އެދި ހުށަހެޅޭނީ އުމުރުން 22 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި އެ ފަރާތަކީ ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި ސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ ސިވިލް ސާވެންޓުނާއި މިނިވަން މުއައްސާސާތަކާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

ޖަޕާނުގެ ނުވަތަ އެހެން އެއްވެސް ސްކޮލަރޝިޕެއް ލިބިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕަށް އެދި ހުށަނޭޅޭނެއެވެ. އަދި މާސްޓާސް ޑިގްރީ އާއި އެއަށްވުރެ މަތީ ޑިގްރީއެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ވެސް ހުށަނޭޅޭނެ ކަމަށް ޖޭޑީއެސް އިން ވަނީ ބުނެފައެވެ.

މި ފުރުސަތުގެ ދަށުން ސްކޮލަރޝިޕުގައި ކިޔެވުމަށް ހުޅުވާލާފައި ވަނީ ޔުނިވަރސިޓީ އޮފް ސުކުބާއިން މާސްޓަރސް ޕްރޮގްރާމް އިން އެންވަޔަރަމަންޓަލް ސައިންސާއި، ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް އިން މާސްޓަރސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ރިޓްސުމެއިކަން ޔުނިވަރސިޓީއިން މާސްޓަރސް އޮފް އަރޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސްއަށެވެ.

މި ސްކޮލަރޝިޕަށް އެދި 3 ޑިސެމްބަރު 2023 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ.

ޖޭޑީއެސް އަކީ 2020 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކޮންމެ އަހަރަކު 6 ދަރިވަރަކަށް ފުރުސަތު ހުޅުވާލާއިރު މިހާތަނަށް 16 ދަރިވަރަކު ވަނީ މި ފުރުސަތުގެ ދަށުން ކިޔަވަން ފޮނުވާފައެވެ.

ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ހަޔަރ އެޑިއުކޭޝަނުން އިލްތިމާސްކުރެއެވެ. އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ޖަޕާންސްކޮލަރޝިޕް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު