Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ގައުމީ ޓީމް

އޮލީ ވަޓްކިންސް އަލުން އިނގިރޭސި ގައުމީ ޓީމަށް!

މިމަހު އިނގިރޭސި ޓީމް ނިކުންނާނީ އޮސްޓްރޭލިޔާ އަދި އިޓަލީއާ ދެކޮޅަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 15:46
ވަޓްކިންސް އިންގްލެންޑް ގައުމީ ޓީމަށް ލަނޑު ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް

ވަޓްކިންސް އިންގްލެންޑް ގައުމީ ޓީމަށް ލަނޑު ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް

މި ސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އެސްޓަން ވިލާގެ ފޯވާޑް އޮލީ ވަޓްކިންސްއަށް އިނގިރޭސި ގައުމީ ސްކޮޑުން ޖާގަ ދީފިއެވެ.

ކޯޗު ސައުތު ގޭޓްގެ ސްކޮޑުން 27 އަހަރުގެ ފޯވާޑަށް ޖާގަ ދިނީ، މިހާރު އޭނާ ހުރި ފޯމާއި، ލަނޑު ޖެހުމުގައި ދައްކަމުން އަންނަ ތޫނުފިލިކަމުގެ ސަބަބުންނެވެ. ކޯޗު ސައުތު ގޭޓް އިނގިރޭސި ގައުމީ ޓީމް ގޮވައިގެން އެންމެ އަވަހަށް ނިކުންނާނީ ރަހުމަތްތެރިކަމުގެ މެޗެއްގައި އޮސްޓްރޭލިޔާއާއި އަދި އިޓަލީއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅޭނީ މި މަހުއެވެ. މީގެތެރެއިން އިޓަލީއާ ދެކޮޅަށް ނިކުންނާނީ ވެމްބްލީ ސްޓޭޑިއަމްގައެވެ. އިޓަލީއާ ދެކޮޅަށް މިމަހު 17 ވަނަ ދުވަހު ކުޅޭ މެޗަކީ ޔޫރޯ ކޮލިފައިންގ މެޗެކެވެ. ވަޓްކިންސްއަށް އެންމެ ފަހުން އިނގިރޭސި ސްކޮޑުން ޖާގަ ދިނީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.

މިސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު، ހޮނިހިރު ދުވަހު ވަޓްކިންސް ވަނީ ބްރައިޓަން ކޮޅަށް ހެޓްރިކެއްވެސް ހަދާފައެވެ. މިސީޒަންގައި ކުޅުނު 11 މެޗުން 7 ގޯލް ޖަހައި، 3 ގޯލް ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފައެވެ. އޭނާ ބުނީ މިއަށްވުރެ އިތުރުކަމެއް ގައުމީ ޓީމުން ޖާގަ ހޯދަން އޭނާއަށް ނުކުރެވޭނެ ކަމަށެވެ. ކޯޗު ސައުތު ގޭޓްވެސް ބުނީ އޮލީ މިސީޒަން ފެށީ ވަރަށް ރަނގަޅަށް ކަމަށާއި, ލަނޑު ޖެހުމުގެ ފޯމްވެސް ވަރަށް ރަނގަޅު ކަމަށެވެ.

އިނގިރޭސި ގައުމީ ޓީމްގެ ފޯވާޑްލައިނުން ޖާގަ ގެއްލުނު މުހިއްމު ކުޅުންތެރިއަކީ ރަހީމް ސްޓާލިންގއެވެ.

އިންގްލެންޑުގެ ގައުމީ ޓީމު

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
18 ނޮވެމްބަރު 2024

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް
14 އޮކްޓޯބަރު 2024

އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ

14 އޮކްޓޯބަރު 2024
އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު