Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު

މަޖިލިސް އިންތިޚާބަށް އީސީން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ

އޮފިސަރުންގެ މަޤާމަށް 218 މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 03:48
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފިއެވެ.

އެ ކޮމިޝަނުން ވަނީ 300އަށްވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިއުލަންކޮށްފައެވެ. ކޮމިޝަނުން މުވައްޒަފުން ހޯދަމުންދާ ދާއިރާތަކުގެ ތެރޭގައި އެންމެ ގިނައީ އޮފިސަރުންނެވެ. އެގޮތުން އޮފިސަރުންގެ މަޤާމަށް 218 މުވައްޒަފުން ހޯދަން ވަނީ އިއުލާން ކޮށްފައެވެ. އަދި އެސިސްޓަންޓް އޮފިސަރުންގެ މަޤާމަށް 40 މުވައްޒަފުން، އަދި ސެކިއުރިޓީ އޮފިސަރަކަށްވުމަށް 6 މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފައެވެ. އިތުރު ބައެއް މަޤާމުތަކަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަނުން ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

މުވައްޒަފުން ހޯދަމުންދާ މަޤާމާއި ބެހޭ ތަފްސީލްތައް އިލެކްޝަނުންވަނީ ގެޒެޓުގައި ހާމަކޮށްފައެވެ. އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އެހެންނަމަވެސް އިންތިޚާބު އޮންނާނެ ދުވަހެއް އިޢުލާންކޮށްފައެއް ނުވެއެވެ.

2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކުރިއަށް މަޖިލީހުގެ ދައުރުގައި ބައެއް ދާއިރާތަކަށް ކިޔާ ނަމާއި، ދާއިރާތަކަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ.

މަޖިލިސް އިންތިޚާބު 2023އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު