Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޭޝެސްލްގެ އިދިކޮޅު ލީޑަރު ހައްޔަރުކުރުން

ސިހުރު ހައްދަވާކަމުގެ ތުހުމަތުގައި ސޭޝެސްލްގެ އިދިކޮޅު ލީޑަރުގެ މައްޗަށް ދައުވާ އުފުލައިފި

3 އޮކްޓޯބަރު 2023 | އަންގާރަ 16:42

ހަރމިނީ ވަނީ 2025 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 3 އޮކްޓޯބަރު 2023 | އަންގާރަ 16:42
ސޭޝެލްސްގެ އިސް އިދިކޮޅު ލީޑަރު، ޕެޓްރިކް ހަރމިނީ

ސޭޝެލްސްގެ އިސް އިދިކޮޅު ލީޑަރު، ޕެޓްރިކް ހަރމިނީ

ސިހުރު ހައްދަވާކަމުގެ ތުހުމަތުގައި، ސޭޝެލްސްގެ އިދިކޮޅު ލީޑަރު ޕެޓްރިކް ހަރމިނީއާއި އިތުރު ހަތް މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ. ފުލުހުން ބުނީ މިމައްސަލަ ފެށިފައިވަނީ މާހޭ-ޖަޒީރާގެ ގަބުރުސްތާނަކުން ނަގާފައިވާ ދެ ގަބުރު ފެނުނު ހިސާބުން ކަމުގައެވެ.

ހަރމިނީ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި މިކަމަކީ ރައީސް ރާމް ކަލަވަންގެ އެންގެވުމަށް އޭނާގެ އަބުރުފުޅު ނަގާލުމަށް ކުޅޭ ސިޔާސީ "ޝޯ"އެއް ކަމަށް ވިދާޅުވެފައި ވެއެވެ.

މިވަގުތު އެންމެ އިސް އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ޕެޓްރިކް ހަރމިނީ ވަނީ 2025 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. އެއީ ޔުނައިޓަޑް ސޭޝެލްސް ޕާޓީ ޔޫއެސްޕީގެ ކެންޑިޑޭޓުގެ ގޮތުގައެވެ.

2007ން 2016އަށް ސޭޝެލްސްގެ ޕާލިމެންޓްގެ ސްޕީކަރކަން ވެސް ކުރައްވާފައިވާ ހަރމިނީ ވިދާޅުވީ، ވެރިރަށް ވިކްޓޯރިއާގައި ހުންނަ އޭނާގެ ޕާޓީ އޮފީހަށް ހުކުރު ދުވަހު 40 ފުލުހުން ގޮސް އެތަން ރެއިޑްކޮށްފައި ވާކަމަށެވެ. ނަމަވެސް އެތަނުން ސިހުރު ހެދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމުގައެވެ.   

މައްސަލަ ހުށަހެޅުނު މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ 30ހާސް ސޭޝެލްސް ރުޕީސް ނުވަތަ 2،100 ޑޮލަރުގެ ކަފާލާތު ބެހެއްޓުމަށްފަހު، ހަރމިނީއާއި ހަ މީހަކު ދޫކޮށްލާފައެވެ. ނަމަވެސް ޓެންޒޭނިޔާއަށް ނިސްބަތްވާ މީހާ، ނޮވެމްބަރު މަހު އޮންނަ އަޑުއެހުމާ ޖެހެންދެން ބަންދުގައި ބަހައްޓަން ކޯޓުން ނިންމާފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަރމިނީއާއި އޭނާގެ ބައިވެރިންގެ މައްޗަށްވަނީ އެތައް ކުށެއް ކުރިކަމުގެ ދައުވާ އުފުލާފައެވެ. އޭގެތެރޭގައި ސިހުރު ހެދުމަށް ބޭނުންކުރެވިދާނެ ތަކެތި ގެންގުޅުމާއި، ސިހުރު ހަދަން ރޭވުމާއި، އަދި އެކަންކުރާ ފަރާތްތަކުގެ ޚިދުމަތް ހޯދުން ހިމެނެއެވެ. ޕްރޮސެކިއުޓަރުން ބުނާގޮތުގައި ސިހުރު ހަދާކަމަށް ބެލެވޭ ޓެންޒޭނިޔާ މީހާއަށް ސޭޝެލްސްގެ ރައްޔިތަކު ފޮނުވި ވަޓްސްއެޕް މެސެޖެއްގައި ހަރމިނީގެ ނަން އައިސްފައި ވެއެވެ.

ޓެންޒާނިޔާ މީހާ ހައްޔަރުކޮށްފައި ވަނީ ސެޕްޓެމްބަރ 21 ވަނަ ދުވަހު މައި އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް