Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލުއި ޚަބަރު

އަފްޣާން އަންހެނުންނަށް މިނިވަން ދިރިއުޅުމެއް ހޯދައި ދިނުމަށް މަހްރާ ކުރަމުންދާ ބުރަ މަސައްކަތަށް ސެލިއުޓް!

މަހްރާ ވަނީ ޕެޝާވަރު ޔުނިވަރސިޓީއިން ޕޮލިޓިކަލް ސައެންސްގެ ދާއިރާއިން ބެޗެލަރޒް ޑިގްރީ ފުރިހަމަ ކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 06:11
މަރުކަޒުގެ މަސައްކަތްތައް އަމާޒު ކޮށްފައި ވަނީ އަފްޣާނިސްތާނުގެ އަންހެން ރެފިއުޖީންނަށް

މަރުކަޒުގެ މަސައްކަތްތައް އަމާޒު ކޮށްފައި ވަނީ އަފްޣާނިސްތާނުގެ އަންހެން ރެފިއުޖީންނަށް

ބިންމަތީގައި އިށީނދެލައިގެން ތިބި އަންހެންވެރިންގެ ގުރޫޕަކުން ޝަޢުޤުވެރިކަމާއެކު ބަލަމުން އެ ދަނީ، ފަހާ ފޮއްޓެއް ބޭނުން ކޮށްގެން ހެދުން ފަހަން ދަސްކޮށްދޭ މީހަކު މަސައްކަތް ކުރަމުންދާ މަންޒަރެވެ. ޖުމުލައަކުން ސިފަކޮށްދެވޭތޯ މި ބެލީ، ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސިޓީއެއް ކަމަށް ވާ ޕެޝާވަރުގައި ހުންނަ ސަނާ ސްކިލްސް އެކަޑަމީ ފޮރ ނީޑީ އެސްޕިރަންޓްސްގައި ކުރިއަށް ދާ ފަހަން ދަސްކޮށްދޭ ކުލާހެއްގެ ތެރެއިން ފެންނަމުން ދިޔަ މަންޒަރެވެ.

އެ ތަނަކީ ވޮކޭޝަނަލް ނުވަތަ މަސައްކަތްތެރި ކަމުގެ ހުނަރާއި ތަމްރީނު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަޤްޞާދުގައި، ޕާކިސްތާނަށް އުފަން، ޢުމުރުން 37 އަހަރުގެ މަހްރާ ބަޝީރު އުފެއްދި މަރުކަޒެކެވެ. މަރުކަޒުގެ މަސައްކަތްތައް އަމާޒު ކޮށްފައި ވަނީ އަފްޣާނިސްތާނުގެ އަންހެން ރެފިއުޖީންނަށެވެ.

މަހްރާ ވަނީ ޕެޝާވަރު ޔުނިވަރސިޓީއިން ޕޮލިޓިކަލް ސައެންސްގެ ދާއިރާއިން ބެޗެލަރޒް ޑިގްރީ ފުރިހަމަ ކޮށްފައެވެ. ނޮވެމްބަރ 2022 ގައި، ވޮކޭޝަނަލް ތަމްރީނު ދޭ މަރުކަޒުގެ މަސައްކަތްތައް ފެށުމުގެ ކުރިން މަހްރާ ވަނީ، އެންޖީއޯއެއްގައި 12 އަހަރު ޚިދުމަތް ކޮށްފައެވެ.

މަހްރާ ކިޔައިދިން ގޮތުގައި ވޮކޭޝަނަލް ތަމްރީނު ދޭ މަރުކަޒެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ، މީގެ 2 އަހަރު ދުވަސް ކުރިން، ހަތިޔާރު އެޅި ހަނގުރާމަވެރި ޠާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން ރެފިއުޖީންގެ ގޮތުގައި އަފްޣާނިސްތާނު ދޫކޮށްލި އަފްޣާން އަންހެނުންގެ ތެރެއިން ފަޤީރު ޙާލުގައި ތިބި މީހުންނަށް އެހީގެ އަތެއް ދިއްކޮށްލުމެވެ.

ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރުން ދެމުންދާ ބައެއް ޚިދުމަތްތަކަށް ބަލާއިރު، ފަހަން ދަސްކޮށްދޭ ކޯސްތަކުގެ އިތުރުން ކުރެހުމާއި، އަތްތެރި މަސައްކަތުގެ ސާމާނު އުފައްދަން ދަސްކޮށްދޭ ކޯސްތަކާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދޭ ކޯސްތަކާއި، ފެޝަން ޑިޒައިނިންގް އަދި ޒީނަތްތެރިވުމާ ގުޅިފައިވާ ފަރުވާގެ ތަމްރީނުތައް ފޯރުކޮށްދިނުން ހިމެނެއެވެ.

މަހްރާގެ ވޮކޭޝަނަލް ތަމްރީނު ދޭ މަރުކަޒުން އެންމެ ފުރަތަމަ ހިންގަން ފެށި 3 މަސް ދުވަހުގެ ކޯސްތަކުގައި އަފްޣާނިސްތާނުގެ 103 އަންހެނަކު ބައިވެރިވިއެވެ. ނަމަވެސް މިއަދު އެ މަރުކަޒުގެ ދަރިވަރުންގެ ޢަދަދު ވަނީ ދެގުނައަށް ވުރެ އިތުރު ވެފައެވެ. އައު ބައިވެރިންގެ ޢަދަދު ކޮންމެ ދުވަހަކުވެސް އިތުރު ވަމުން ދާ ކަމަށް މަހްރާ ބުނެއެވެ. މަހްރާ މިއަދު ދަނީ، ޕާކިސްތާނުގެ އަންހެނުންނަށް އަމާޒު ކޮށްގެންވެސް ބައެއް ކޯސްތައް ހިންގަމުންނެވެ.

ކަން އެހެން އޮތް ނަމަވެސް، އެއް ފަހަރާ ހުރިހާ ދަރިވަރުން ގެނެސްގެން ތަމްރީނު ދެވޭ ވަރަށް ވުރެ ޖާގައިގެ ދަތިކަން ބޮޑެވެ. އެހެން ކަމުން، ތަމްރީނު ހޯދާ ދަރިވަރުން ވަނީ ކުދި ގުރޫޕުތަކަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕަކަށްވެސް ދުވާލެއްގެ މައްޗަށް ލިބެނީ ދެތިން ގަޑިއެއްހާއިރުގެ ވަޤުތު ކޮޅަކަށް ވާ އިރު، އެއީ އެންމެ އެކަށީގެން މިންވަރު ނޫން ކަމަށް މަހްރާ ބުނެއެވެ. ނަމަވެސް، އެނޫން އެހެން ގޮތެއް ހެދޭކަށްވެސް އަދި ނެތެވެ.

ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރުން ތަމްރީނު ފުރިހަމަކޮށް ނިންމުމަށް ފަހުވެސް ވަޒީފާއެއް ނުލިބި ތިބި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަހްރާ ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޓްރެއިނިންގް ސެންޓަރުގެ ވަކި ސަރަހައްދެއް، އެފަދަ ދަރިވަރުންނަށް ޚާއްޞަ ކޮށްފައި ހުރެއެވެ. އެތަނަކީ ފަހާ ފޮށިތައްވެސް ބަހައްޓާފައި ހުރި ތަނެކެވެ. ވަޒީފާއަކަށް އިންތިޒާރު ކުރަމުންދާ ދަރިވަރުން އެ ތަނުގައި، ފެހުމުގެ މަސައްކަތުގައި ވަޤުތު ހޭދަ ކުރެއެވެ. އެ ދަރިވަރުން ފަހާފަ ހުންނަ ހެދުންތައް، ބާޒާރުގަ ނުވަތަ އޮންލައިން ޕްލެޓްފޯމުގައި ވިއްކައެވެ.

މި ގޮތަށް އެކަން ކުރުމުން، ކޮންމެ އަންހެނަކަށްވެސް މަހެއްގެ މައްޗަށް އެންމެ މަދުވެގެން 8000 ރުޕީޒްއާއި 10000 ރުޕީޒްގެ އާމްދަނީއެއް ލިބެއެވެ. އެއީ ގާތްގަނޑަކަށް 27.50 ޑޮލަރާއި 34.37 ޑޮލަރާ ދެމެދުގެ މިންވަރެކެވެ. ޢާއިލާގެ ކަންކަމަށް ޚަރަދު އެ ފައިސާއިން އެހީ ލިބެއެވެ.

ސަނާ ސްކިލްސް އެކަޑަމީ ފޮރ ނީޑީ އެސްޕިރަންޓްސްގެ ތަމްރީނު ޕްރޮގްރާމްތަކަށް ފަންޑު ކުރަނީ ޕާކިސްތާނުގެ އެންޖީއޯއަކުންނެވެ. އޭގެ އިތުރަށް، އެ މަރުކަޒުގެ ދަރިވަރުން ތައްޔާރު ކުރާ ހެދުންތައް ވިއްކައިގެންވެސް ފައިސާ ހޯދައެވެ. އަދި ޚަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި، ޚުދު މަހްރާގެ އަމިއްލަ ޖީބުންވެސް ޚަރަދުތަކެއް ކުރެއެވެ.

އަފްޣާނިސްތާންޕާކިސްތާން ޓުޑޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު