Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އިންތިޚާބީ ނާއިބްރައީސް ޕާޓީ ބަދަލުކުރެއްވިކަން ރަސްމީކޮށް މަޖިލީހަށް އަންގައިފި

އިންތިޚާބީ ނާއިބްރައީސް އިންތިޚާބުގައި ވާދަކުރެއްވީ ޕީޕީއެމްއިން ވަކިވެވަޑައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އޮކްޓޯބަރު 2023 | އަންގާރަ 04:40
އިންތިޚާބީ ނާއިބް ރައީސް ހުސައިން މުހައްމަދު ލަތީފް

އިންތިޚާބީ ނާއިބް ރައީސް ހުސައިން މުހައްމަދު ލަތީފް

އިންތިޚާބީ ނާއިބްރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް ރިޔާސީ އިންތިޚާބުގައި ރަނިންމޭޓުގެ ގޮތުގައި ވާދަކުރެއްވީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއާއި ގުޅިވަޑައިގެން ކަމަށް މަޖިލީހަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިޚާބުވެފައިވާ ނާއިބްރައީސް ޕާޓީ ބަދަލުކުރައްވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ޕާޓީ ބަދަލުކުރައްވަމުން މަޖިލީހަށް ކަރުދާސް ޑޮކިއުމެންޓް ހުށަހަޅުއްވާފައިވާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ވެސް ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ބ) ގެ ދަށުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 37 ވަނަ މައްދާގެ (ނ) ގައިވާ ލިޔުންތައް މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން 20 ސެޕްޓެމްބަރުގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލްކުރާ ގޮތް ވަނީ ފާސްކޮށްފައެވެ.

އަދި 21 ސެޕްޓެމްބަރުގައި ޕާޓީތަކުން ކޮމިޓީތަކުގައި މެންބަރުން ހިމެނުމަށް ދެންނެވުނު ނަމަވެސް، މިއަދާ ހަމައަށް އައި އިރު ނަން ފޮނުވާފައިވަނީ ދަ ޑިމޮކްރެޓްސް، ޕީޕީއެމް އަދި ޕީއެންސީން އެކަންޏެވެ. އެމްޑީޕީން ނަންތައް ނުލިބޭތީ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީން ނަންތައް ލިބުމުން، ނަންތަކަށް ވޯޓަށް އެހި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ނާއިބްރައީސް ހުސައިން މުހައްމަދު ލަތީފްފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުޕީޕީއެމްޕީއެންސީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
02 ޑިސެމްބަރު 2025

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
14 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

14 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު