Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިޒާމީ ވޯޓު

އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓެއް ނުނެގޭނެ، މަދުވެގެން 30 ދުވަސް ބޭނުންވޭ - ފުއާދު

މަޖިލީހުގައި އެދިފައިވާ ހުރިހާ ކަމެއް ފުރިހަމަވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި ވޯޓު ނެގިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 09:36
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު

މި ހިނގަމުންދާ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ނިޒާމީ ވޯޓު ނުނެގޭނެ ކަމަށާއި، އެކަމަށް މަދުވެގެން 30 ދުވަސް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އޮކްޓޫބަރު މަހުގެ 30 ގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިކަމާއި ގުޅިގެން ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ވޯޓު ނެގުމާއި ގުޅޭ މައުލޫމާތާއި އެކީގައި އެކަމަށް ބޭނުންވާ ބަޖެޓް ބޭނުންވާ ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނީ އެންމެ އަވަހަށް ވެސް އެކަންކަން ހަމަޖެހޭތާ 30 ދުވަހުގެ ތެރޭގައި ކަމަށާއި، މިހާރު ހާލަތު އޮތްގޮތުން ވޯޓަށް އެހުމަށް ބޭނުންވާ ސުވާލު މަޖިލީހުން ފާސްވެފައިތޯ އަދި އެކަމާއި ބެހޭ ބިލްތައް ތައްޔާރުވެފައިވޭތޯ ޔަގީންކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ފުއާދު ވިދާޅުވީ މިކަމާއި ގުޅިގެން ސިޔާސީ އެކި ޕާޓީތަކުގެ ހުރީ ތަފާތު އިހުސާސްތަކެއް ކަމަށާއި، އެހެންކަމުން ބޮޑު މަސައްކަތެއް އަދި ހަރަދެއް ދައުލަތުގެ ބަޖެޓުން ކުރާ އިރުގައި އޮޅުންފިލުވަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެފަދަ މަސައްކަތެއް ކުރިއަށް ގެންދާއިރު، އިލެކްޝަންސް ކޮމިޝަންގެ ވެސް މަސްއޫލިއްޔަތުތަކެއްވާ ކަމަށެވެ. ފުއާދު ވިދާޅުވީ މަޖިލީހުގައި އެދިފައިވާ ހުރިހާ ކަމެއް ހަމަޖެހިއްޖެނަމަ 30 ދުވަހުގެ ތެރޭގައި ނިޒާމީ ވޯތު ނެގިދާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ގާނޫނެއް އޮތުން މުހިންމު ކަމަށާއި، ކޮންމެ އިންތިހާބަކާއި ބެހޭ ގޮތުން ވެސް ގާނޫނެއް އޮންނަ ކަމަށެވެ. އެގޮތުން އާންމުންގެ ހިޔާލު ހޯދުމާއި ބެހޭ ގޮތުން ވެސް ގާނޫނެއް އެކަމަށް އޮތުން މުހިންމު ކަމަށާއި، ގާނޫނު ނެތްކަމުގައިވާނަމަ ދެން ބަލަން ޖެހޭނީ އާންމު އިންތިހާބުތަކާއި ބެހޭ ގާނޫނަށް ކަމަށެވެ.

ފުއާދު ވިދާޅުވީ އާންމު އިންތިހާބުތަކާއި ބެހޭ ގާނޫނުގައި ބޮޑަށް ފޯކަސް ކޮށްފައި އޮންނަނީ ކެންޑިޑޭޓުންނަށް ވަގުތު ދިނުން ފަދަ ކަންތައްތަކަށް ކަމަށެވެ. އަދި އެއީ ރެފަރެންޑަމްއެއްގައި އަމަލުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. ނަމަވެސް ނިޒާމީ ވޯޓަށް ވަކި ގާނޫނެއް ނެތް ނަމަވެސް، އާންމު އިންތިހާބުތަކާއި ބެހޭ ގާނޫނަށް ބަލާނަމަ އެކަމަށް މަދުވެގެން 45 ދުވަސް ބޭނުންވާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ އިންތިހާބު ބާއްވަން 45 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ. އެއީ ރަށްރަށަށް ދަތުރުކޮށް، ވޯޓު ކަރުދާސް ޗާޕްކޮށް، މީހުންނަށް ޓްރެއިނިންގ ދީ، ހުރިހާ ތަނަކަށް އެއްޗެހި ފޮނުވާ އެމީހުންނަށް ދޭންޖެހޭ އެލަވަންސް ދޭއިރުގައި، 45 މިލިއަން ބޭނުންވާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާނަމަ ސާފު ކުރަންޖެހޭ ކަންކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިއްސާކޮށްފައިވާ ސިޓީ އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހަށް ހުށަހަޅާފައިވާ އިރު، އެ ސިޓީއަށް އަދި އިލެކްޝަންސް ކޮމިޝަނަށް ޖަވާބެއް ނުލިބެއެވެ. އިލެކްޝަންސް ކޮމިޝަނުން އެދިފައިވަނީ، ނިޒާމީ ވޯޓު ނަގާއިރު ނަގާ މައުޟޫއަކީ ކޮބައިކަން އެނގެންޖެހޭ ކަމަށާއި އީސީން ރައްޔިތުންގެ ގާތުގައި އަހަންޖެހޭ ސުވާލަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.

އަދި ނިޒާމީ ވޯޓާއި ގުޅޭ ސުވާލާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެ އިތުރުން، ނިޒާމީ ވޯޓާއިމެދު ކޮމިޝަނުން ތައްޔާރަށް އޮތްނަމަވެސް ޤާނޫނީ ގޮތުން އޮޅުން ފިލުވަންޖެހޭ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި، މި ހުރިހާ ކަމެއްވެސް މަޖިލީހާ ހިއްސާކޮށްފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި އެކަމުގެ ޖަވާބު ނުލިބި މި މަހުގެ 30 ގައި ވޯޓު ނުނެގޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ނިޒާމީ ވޯޓު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްރައްޔިތުންގެ މަޖިލިސްއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު