Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަގޮރްނޯ-ކަރަބަޚް

ހަނގުރާމަ އަހަރެމެން އަވަދިކޮށްފި، އަނބުރާ ދިއުމެއް ނެތް!

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާނާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2023 | ހޯމަ 10:53
ރެފިއުޖީން ދަތުރުކުރަނީ

ރެފިއުޖީން ދަތުރުކުރަނީ

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާނާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެކެވެ. ނަމަވެސް، މި ފަހަކަށް އައިސް، މަސްރަހު ވަނީ އިންތިހާއަށް ނުތަނަވަސްވާން ފަށާފައެވެ. އަރުމީނިއާއާއި އަޒަރުބައިޖާން 1991 ވަނަ އަހަރު ރޫޅާލި، ސޯވިއެޓް ޔޫނިއަންގެ ބައެކެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ އެތައް އަހަރަކަށް ދިގުލައި ގޮސްފައިވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ސަރަހައްދު ބަލައިގެންފައިވަނީ އަޒަރުބައިޖާނުގެ ބައެއްގެ ގޮތުގައެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާނުގެ ބައެއް ކަމުގައި ކަނޑައަޅާފައި އޮތްނަމަވެސް، 1994 ވަނަ އަހަރު ކުރި ހަނގުރާމައަކަށްފަހު، އެ ސަރަހައްދު ކޮންޓްރޯލް ކުރަމުން ދިޔައީ އަރުމީނިއާއިންނެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި އަނެއްކާވެސް ހަނގުރާމަ ގަދަވެފައިވާއިރު، އެތައް ބަޔަކު ދަނީ ރެފިއުޖީންގެ ގޮތުގައި، ނަގޮރްނޯ-ކަރަބަޚް ސަރަހައްދުން ފައިބަމުންނެވެ. ރެފިއުޖީން ބަލައިގަތުމަށްޓަކައި އަރުމީނިއާއިން ކުރަމުންދާ މަސައްކަތްތައްވެސް މިހާރު ވަނީ މެކުހަށް ޖަހާފައެވެ.

ދެ ގައުމުގެ މެދުގައި 30 އަހަރަށްވުރެ ގިނަ ދުވަހަށް ދިގުލައި ގޮސްފައިވާ ދެބަސްވުންތަކާ ގުޅިފައި އޮތް ނަގޮރްނޯ-ކަރަބަޚްގެ ކޮންޓްރޯލް އަޒަރުބައިޖާނުން ނެގުމާއެކު، އެ ސަރަހައްދުގެ ރައްޔިތުން ދަނީ ބައިބަޔަށް އަރުމީނިއާއަށް ހިޖުރަކުރަމުންނެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް އެކަނިވެސް ނަގޮރްނޯ-ކަރަބަޚުން ގެދޮރު ގެއްލިފައިވާ ބައި ލައްކައަށްވުރެ ގިނަ މީހުން ވަނީ އަރުމީނިއާއަށް އެތެރެވެފައެވެ. އަރުމީނިއާގެ ސަރުކާރުން އަންދާޒާކުރާގޮތުގައި، ނަގޮރްނޯ-ކަރަބަޚް ސަރަހައްދުން އެ ގައުމަށް އެތެރެވާ ރެފިއުޖީންގެ އަދަދު 120000ށް އަރާނެއެވެ. އެއީ އެ ސަރަހައްދުގައި ދިރިއުޅޭ އަރުމީނިއާ ދަރިކޮޅުގެ ޖުމުލަ އަދަދެވެ.

އަރްމީނިއާއާއި ނަގޮރްނޯ-ކަރަބަޚް ގުޅިފައި އޮންނަ ހަމައެކަނި މަގު ކަމަށްވާ ލަޗިން ކޯރިޑޯ ހުރަސްކޮށް އަރުމީނިއާއަށް އެތެރެވާ ރެފިއުޖީންނާ ބައްދަލުކުރަނީ ސަރުކާރުގެ އޮފިޝަލުން އެކަންޏެއް ނޫނެވެ. ޑޮކްޓަރުންގެ އިތުރުން އެހީތެރިކަން ފޯރުކޮށްދޭ ވޮލަންޓިއަރުންވެސް މެއެވެ.

ފުރަތަމަ އެހީގެ ފަރުވާ ދިނުމަށްޓަކައި ބޯޑަރު ސަރަހައްދުގައި ޓެންޓެއްވެސް ވަނީ ގާއިމުކޮށްފައެވެ. އެ ޓެންޓުގައި 24 ގަޑިއިރު ޑޮކްޓަރުންނާއި ނަރުހުން ޚިދުމަތުގައި ތިބެއެވެ. އެމީހުންގެ މަސައްކަތަކީ، ހަމަނުޖެހުން ގަދަވެފައިވާ ސަރަހައްދުން އެތެރެވާ އަރުމީނިއާގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމެވެ.

މެޑިކަލް ޓެންޓުގައި މަސައްކަތް ކުރަމުންދާ އަރުމީނިއާގެ ޑޮކްޓަރެއް ކަމަށްވާ ޖެކޮލީން އެވްތިސްޔާނަކީ ރެފިއުޖީން ހިޖުރަކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތުގައި ދެމިހުރި މީހެކެވެ. އޭނާގެ ގާތަށް ޚިދުމަތް ހޯދަން އަންނަ މީހުންގެ ނަފްސާނީ ހާލަތު ތަފްސީލު ކޮށްދިނުމަކީ ޑރ. ޖެކޮލީނަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ.

ނައިރާ ގްރިގޯރަޔާނާއި އޭނާގެ ބޮޑު އާއިލާ އަރުމީނިއާއަށް ދަތުރުކުރަމުން ދަނީ ކާރެއްގައެވެ. އިތުރު އެތައް ހާސް ބަޔަކާ އެއްފަދައިންނެވެ. އަރުމީނިއާގައި އާ ހަޔާތެއް ފެށުމުގެ ފޮނި އުންމީދުގައެވެ. އަޒަރުބައިޖާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ތިބި އަރުމީނިއާ ދަރިކޮޅުގެ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށް ބުނެފައެވެ. ހައްގުތައް ކަށަވަރުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ނައިރާއަށް އެ ވާހަކަތަކެއް ގަބޫލެއް ނުކުރެވެއެވެ. މިދިޔަ 32 އަހަރުގެ ތެރޭގައި އޭނާގެ އާއިލާއިން ވަނީ 3 ހަނގުރާމައެއްގެ ވޭން ތަހައްމަލުކޮށްފައެވެ.

އަރުމީނިއާގެ ބޯޑަރު ސިޓީއެއް ކަމަށްވާ ގޯރިސްއަކީ، ނަގޮރްނޯ-ކަރަބަޚް ސަރަހައްދު ދޫކޮށް އަންނަ ރެފިއުޖީން އެންމެ ގިނަ އަދަދަކަށް އެތެރެވާ ސަރަހައްދެވެ. އަރުމީނިއާއަށް އެތެރެވުމަށްފަހު ރެފިއުޖީން އެންމެ ފުރަތަމަވެސް ދަނީ ރެފިއުޖީން ދަފުތަރު ކުރުމަށް ޚާއްސަކޮށްފައިވާ މަރުކަޒަށެވެ. އެ މަރުކަޒުން ބަސްބަހަށް ރެފިއުޖީން އަރުވައި، އަރުމީނިއާގެ އެކި ހިސާބުތަކަށް ފޮނުވާލައެވެ. އެތަންތަނަކީ ރެފިއުޖީންގެ ވަގުތީ ހިޔާތަކެވެ. ރެފިއުޖީންނަށް ބޭނުންވާ އެހީ ޖަމާކޮށް، ފޯރުކޮށްދިނުމުގެ މަސައްކަތުގައި ވޮލަންޓިއަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަރުމީނިއާގެ އަވަށްތަކާއި ސިޓީތަކުގައި ރެފިއުޖީން ވަޒަންވެރި ކުރުވުމުގެ މަސައްކަތްތައް މޮނިޓަރކުރުމުގައި ހަރަކާތްތެރިވަނީ ސަރަހައްދީ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މަންދޫބުންނެވެ. ރެފިއުޖީންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ސާމާނު ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، އަރުމީނިއާގެ ފިހާރަތަކާއި ބޭކަރީތަކުން ދަނީ 24 ގަޑިއިރު ޚިދުމަތްވެސް ދެމުންނެވެ.

ނަގޮރްނޯ-ކަރަބަޚް ދޫކޮށް އަރުމީނިއާއަށް ހިޖުރަކުރާ ރެފިއުޖީންގެ އަދަދު އިތުރުވަމުން ދާއިރު، އަރުމީނިއާގެ ސަރުކާރުން ވަނީ ކުރިއަށް އޮތް އަހަރު ދުވަހު ރެފިއުޖީންނަށް ބޭނުންވާ އެކިއެކި ކަންކަން ހަމަޖެއްސުމަށް ޚާއްސަ ބަޖެޓެއްވެސް ކަނޑައަޅާފައެވެ. އަރުމީނިއާއިން ވަނީ ކަންކަން ހެޔޮ ފާލަކަށް އެޅުވުމަށްޓަކައި ބައިނަލްއަގުވާމީ އެހީ ބޭނުންވާ ކަމަށް ބުނެފައެވެ.

އަރްމޭނިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު