Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ

ފިރިމީހާގެ މަހާނައިން ވެލި ނުހިކެނީސް އެ އެހީ އިންނަން!

އެމްޑީޕީ އަދި ޕީޕީއެމުން ވެސް ބަރުލަމާނީ އެއް ކޮޅަށް ވާހަކައެއް ނުދައްކާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2023 | ހޯމަ 11:07
ރައީސް ނަޝީދުގެ ކެމްޕެއިން ނިންމަވާލެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ނަޝީދުގެ ކެމްޕެއިން ނިންމަވާލެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މީހަކު ޓުވިޓާގައި ލިޔެފައި އޮއްވާ ދުށީމެވެ. "ފިރިމީހާގެ މަހާނައިން ވެލި ނުހިކެނީސް އެ އެހީ އިންނަން" މިހެންނެވެ. އެމީހާ އެ ބުނާ އެއްޗަކާ ދޭތެރޭގައި އަހަރެން ކުޑަކޮށް ވިސްނާލީމެވެ. ސިކުނޑި ތަންކޮޅެއް ރަނގަޅަށް ހުޅުވާލައިގެން އިނދެ، އެ ބުނަނީ ކީކޭތޯ ބަލާލަން އުޅުނީމެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓުގެ ތެރޭގައި އެ ބުނަން އުޅޭ އެއްޗެއް އަހަރެންނަށް ފަހުމުވެއްޖެ އެވެ.

އޭނާ އެ ދައްކަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންތައް ކުރައްވަމުން އަންނަ ގޮތުގެ ވާހަކަ އެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އެވެ. އޭގެ ކުރިން ވެސް އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ތަކުގައި ރައީސް ނަޝީދުގެ ވިދުން ފަނޑުވެއްޖެ އެވެ. ޤައުމީ މަޖިލިސް އިންތިޚާބާއި، ޗެއާޕާސަން އިންތިޚާބުގައި ރައީސް ނަޝީދުގެ ފަޅި އަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއެކެވެ. އެހެން ނަމަވެސް، އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސް ނަޝީދުގެ އެންމެ ޒަމާންވީ ގާތް ރަޙުމަތްތެރިޔާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކޮށް، ރިޔާސީ ޕްރައިމަރީގައި ވެސް ރައީސް ނަޝީދު ބަލިވީ އެވެ. މިއީ އެމްޑީޕީގައި ސީދާ ރައީސް ނަޝީދަށް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. އެއާއެކު ރައީސް ނަޝީދު އެމްޑީޕީ އަދި ރައީސް ޞާލިޙާ ވެސް "ކުނި މޫނު" ހައްދަވާލި އެވެ. އެކަމުގެ ތެރެއިން ރައީސް ނަޝީދުގެ އަރިސް މަޖިލިސް މެމްބަރުންތަކެއް އެމްޑީޕީން ވަކިވެއްޖެ އެވެ. އެއަށްފަހު އައު ސިޔާސީ ޕާޓީއެއް ވުޖޫދު ކުރި އެވެ. އެއާއެކު ރައީސް ނަޝީދު ވެސް އެމްޑީޕީން ވަކިވެއްޖެ އެވެ. އަމިއްލަފުޅު އަތުން ސިޓީ ލިޔުއްވައި، އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރަޓްސް އަށް ސޮއި ކުރެއްވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ނަޝީދު ވެސް އަމަލީ ގޮތުން ބައިވެރިވެލެއްވި އެވެ. ޑިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދުކޮށް ވާހަކަ ދެއްކެވުމަށްވުރެ ގިނައިން ދެއްކެވީ ރައީސް ޞާލިޙާ ދެކޮޅު ވާހަކަ އެވެ. ޕޯޑިއަމްތަކުގައި އަޑު ހަރުކޮށް ވިދާޅުވަމުން ގެންދެވީ، ތިމަން މަކިފުނާނު އެމްޑީޕީ ރޫޅާލައްވާނެ ވާހަކަ އެވެ. ރައީސް ޞާލިޙުގެ ވެރިކަން ނިމުމަކަށް ގެންނާނެ ވާހަކަ އެވެ. ސީދާ ރައީސް ނަޝީދުގެ އަމާޒު ހުންނެވީ ރިޔާސީ ޕްރައިމަރީން ބަލިވުމާއެކު، ރައީސް ޞާލިޙް ވެރިކަމުން ދުރު ކުރުމަށެވެ. އެމްޑީޕީން އެ ޕާޓީން ގެންގުޅެމުން އައި އުސޫލުތަކާއި، އަސާސްތައް ދޫކޮށް، އެހެން ދިމާލަކަށް މިސްރާބު ޖެހި ވާހަކަ ވެސް ދެއްކީ ރައީސް ނަޝީދު އާއި އެމަނިކުފާނުގެ މަދު މަޖިލިސް މެމްބަރުން ކޮޅެވެ.

ކޮންމެ ގޮތެއް ވިޔަސް، ރިޔާސީ އިންތިޚާބުން އެމްޑީޕީ އަދި ރައީސް ޞާލިޙު ނާކާމިޔާބުވެއްޖެ އެވެ. ވިދިގެން އައި ދުވަހު ރައީސް ނަޝީދު އެދުނީ އަލުން އެމަނިކުފާނު އެމްޑީޕީއާ ގުޅެން ބޭނުންވާ ވާހަކަ އެވެ. އެމްޑީޕީގެ ޗެއާޕާސަން އަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައި އޮތީ، އެ ޕާޓީ ޤައުމީ މަޖިލީހުގެ ފަންސާސް އިންސައްތަ މެމްބަރުން ތާއީދު ކުރާ ނަމަ، އަލުން އެ ޕާޓީއާ ގުޅެން ތައްޔާރަށް ހުންނެވި ވާހަކަ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އެމްޑީޕީ ދޫކޮށް ދިޔަތާ، މަދު ދުވަސް ކޮޅެއްގެ ތެރޭގައި އަލުން އެމްޑީޕީ އަށް އަންނަން ބޭނުންވެއްޖެ އެވެ. ކުރިން އުސޫލުތަކާއި، އަސާސްތައް ގޯސްވި ޕާޓީ ކުއްލިއަށް ރަނގަޅުވީތޯ އެވެ؟ އަދި ވެސް އެމްޑީޕީގައި އޮތީ ރައީސް ޞާލިޙުގެ ކޮންޓްރޯލް ނޫންތޯ އެވެ؟ އެ ޕާޓީގެ ޗެއާޕާސަން ކަމުގައި އަދި ވެސް ހުރީ ފައްޔާޟް އިސްމާއީލް ނޫންތޯ އެވެ؟ ދެން މިވީ ކިހިނެއް ހެއްޔެވެ؟ ޓުވިޓާގައި އެ ބޭފުޅާ އެ ވިދާޅުވީ މި ވާހަކަ އެވެ. ފިރިމީހާގެ މަަހާނާއިން ފަސް ނުހިކެނީސް އެ އެހީ އިންނާށެވެ!

ރައީސް ނަޝީދު އަލުން އެމްޑީޕީ އާ ގުޅެން ބޭނުންވެގެން އެ އުޅެނީ އަމިއްލަ އެދުމެއްގަ އެވެ. ސީދާ ބަރުލަމާނީ ހުވަފެނުގައި ކުލަ ޖެއްސުމުގެ މަގުސަދުގަ އެވެ. އެކަމުގެ ކުޑަ ވެސް އުންމީދެއް އޮތީ އެމްޑީޕީ މެމްބަރުން ރުއްސައިގެންނެވެ. އެހެންވިޔަސް، އެމްޑީޕީ މެމްބަރުންގެ ހިތް އެކަމަކަށް ނުރުހެ އެވެ. އެ ޕާޓީ ޤައުމީ މަޖިލީހުގެ ބޮޑު އިންސައްތައެއް ބަރުލަމާނީއާ ދެކޮޅެވެ. އެ މެމްބަރުން ވެސް ބޭނުންވަނީ އިންތިޚާބުވެފައި ހުރި ރައީސަށް ޤައުމުގެ ހިންގުމުގެ ފުރުސަތު ދެއްވުމަށެވެ. އަނެއްކޮޅުން ޕީޕީއެމްގެ ރޫހު ވެސް ހުރީ އެގޮތަށެވެ. މިވަގުތު ނިޒާމީ ވާހަކަ ދައްކަން އެ ބޭފުޅުން ވެސް ބޭނުމެއް ނުވެ އެވެ. ބަރުލަމާނީގެ ބޮޑު ހުވަފެން ދެކިލައްވާ ރައީސް ނަޝީދަށް ހެޔޮ ހަމަ އެއް ގޮތް ވެސް ނެތީ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކަރަންޓްގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުން: ފަޔާޒް

ކަރަންޓްގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުން: ފަޔާޒް

22 ފެބުރުއަރީ 2019
ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

10 ސެޕްޓެމްބަރު 2018
ދެ ކިޑްނީ ފެއިލްވި މަންމައަކަށް އެހީވާން ދޮރުން ދޮރަށް!

ދެ ކިޑްނީ ފެއިލްވި މަންމައަކަށް އެހީވާން ދޮރުން ދޮރަށް!

08 އެޕްރީލު 2018
ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

26 ޖެނުއަރީ 2018
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު