Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ގެކޮޅަށް ބަދަލުކުރުން

ޔާމީން ގެކޮޅަށް ބަދަލުކުރައްވަން ރައީސް ސާލިހު ނިންމެވީ ގައުމުގެ މަސްލަހަތަށް ބައްލަވާފައި: އިންތިޚާބީ ރައީސް މުއިއްޒު

ގައުމުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރެއްވުމުގައި ޔާމީންގެ ތަޖުރިބާއާއި ލަފާފުޅު ވަރަށް މުހިންމުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 1 އޮކްޓޯބަރު 2023 | އާދީއްތަ 14:11
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރައްވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމެވީ މިވަގުތު ގައުމުގެ މަސްލަހަތަށް ބައްލަވާފައި ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔާމީން ގެކޮޅަށް ބަދަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އިންތިޚާބީ ރައީސް މުއިއްޒު ހ. ދޫވެހި ސަރަހައްދަށް ވަޑައިގަންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޔާމީން ގެކޮޅަށް ބަދަލުކުރުމުން މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށެވެ. ގައުމުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރެއްވުމުގައި ޔާމީންގެ ތަޖުރިބާއާއި ލަފާފުޅު ވަރަށް މުހިންމުވާނެ ކަމަށް އިންތިޚާބީ ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށާއި، ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން ކޮންމެވެސް ވަރެއްގެ ލިމިޓޭޝަންތަކެއް ހުންނާނެކަން ގަބޫލުކުރައްވާ ކަމަށެވެ.

ޔާމީން މިނިވަންކުރުމާ ގުޅޭގޮތުން އިންތިޚާބީ ރައީސް މުއިއްޒު ވިދާޅުވީ، އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކުރެއްވީ ޓްރާންސިޝަން ޕީރިއަޑް ފެށުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށެވެ. މި މަޝްވަރާ ބައްދަލުވުމުގައި ޔާމީން ގެކޮޅަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަތުމުން، އެއީ ގައުމުގެ މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ސާލިހު ވިދާޅުވެފައި ވާކަމަށް އިންތިޚާބީ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް މުއިއްޒު ވިދާޅުވީ އުންމީދަކީ ޔާމީން އެއްކޮށް މިނިވަންވެ، މިނިވަންކަންމަތީގައި ވާހަކަފުޅު ދެއްކޭ ގޮތް ވުން ކަމަށެވެ. އަދި ވިދާޅުވީ މިއީ އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތުކަމަށާއި، މިވަގުތަކީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު