Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މިއީ މި ސީޒަންގައި ވެސް އެންމެ ރަނގަޅަށް ކުޅުނު އެއް މެޗު: ޒަވީ

ޒަވީ ބުނީ، މެޗުގައި ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި، ޓީމުގެ ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ސެޕްޓެމްބަރު 2023 | ހޮނިހިރު 06:57
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗަކީ، ސީޒަންގެ މިހާތަނަށް އެ ޓީމު އެންމެ ރަނގަޅަށް ކުޅުނު އެއް މެޗު ކަމަށް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ، ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ސެވިއްޔާގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން ބާސެލޯނާ މޮޅުވެފައި ވަނީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑަކީ ސެވިއްޔާގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މޮޅާއެކު ބާސެލޯނާ އިން ވަނީ އަނެއްކާ ވެސް ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.

ޒަވީ ބުނީ، މެޗުގައި ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި، ޓީމުގެ ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ބައި ކޮޅަށް ވަތް ލަނޑަކުން މޮޅުވި ނަމަވެސް، އެ މެޗަކީ ބާސެލޯނާ އިން މި ސީޒަންގެ މިހާތަނަށް އެންމެ ރަނގަޅަށް ކުޅުނު އެއް މެޗެވެ. އިތުރަށް ޒަވީ ބުނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތު އޭނާ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ކަމަށާއި، އެހެން ނަމަވެސް ނިންމާލުމުގައި އުނދަގޫ ތަކެއް ކުރތިމަތިވީ ކަމަށެވެެ. އޭނާ ބުނީ އެކަންކަމަކީ ފަރިތަކުރުމުގައި އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

ޖުމުލަ ގޮތެއްގައި ސެވިއްޔާއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނީ މުޅި ގޭމު ވަރަށް ރަނގަޅަށް އެނގިތިބެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކާމިޔާބީ ތަކުރާރު ކުރަން ޖެހޭ ކަމަށް ވެސް ޒަވީ ބުންޏެވެ. އޭނާ ބުނީ ބާސެލޯނާ އިން ޓީމެއްގެ ގޮތުގައި ދައްކަމުން އަންނަ ކުޅުން ކުރިއަށް ހުރި މެޗުތަކުގައި ދައްކައިފި ނަމަ، އެ ޓީމަށް ސްޕެނިޝް ލީގު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު