Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ރޮނާލްޑޯގެ ލަނޑާއެކު އަލް ނަސްރު މޮޅުވެއްޖެ

މޮޅާއެކު އަލް ނަސްރު ވަނީ ލީގު ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:16
މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ޓާއީއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވެއްޖެއެވެ.

ލީގު ފެށުނުކޮޅާ ގާތު ނަތީޖާ ދަށްވިނަމަވެސް، މިފަހުން އަލް ނަސްރު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ހުކުރު ދުވަހުގެ ރޭ އަލް ޓާއީއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1ންނެވެ. މެޗު ފަށައިގެން 32 ވަނަ މިނެޓުގައި އަލް ނަސްރުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ޓަލިސްކާއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ލީޑު ފުޅާކުރުމަށް އަލް ނަސްރަށް ވަނީ ފުރުސަތު ލިބިފައެވެ. އަލް ޓާއީން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވާޖިލް މިސްޖާންއެވެ. މެޗުން އަލް ނަސްރު މޮޅުކޮށްދިނީ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން، ރޮނާލްޑޯ ޖެހި ލަނޑެކެވެ.

މޮޅާއެކު އަލް ނަސްރު ވަނީ ލީގު ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުން 18 ޕޮއިންޓު ހޯދައިގެންނެވެ. ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަ މެޗުން މޮޅުވެފައެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު