Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު

ވޯޓުލާ ވަގުތު އިތުރު ނުކުރާނެ: އީސީ

އީސީގެ ކޮމްޕްލަޔަންސް ބިއުރޯތަކަށް މިހާތަނަށް 203 މައްސަލަ ހުށަހަޅާފައިވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2023 | ހުކުރު 17:48
އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނައިރު މިހާރު ކަނޑައަޅާފައިވާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ހުކުރު ދުވަހުގެ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 5:00 އަށް ކަމަށެވެ. އެ ވަގުތު އީސީން އިތުރު ނުކުރާނެ ކަމަށާއި އިތުރުކުރާނެ ކަމަށް އުއްމީދުނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމުގެ ޙައްގު އަދާ ކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

Advertisement - newsAdvertisement

ހަބީބު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގެ ހުރިހާ ތައްޔާރީތަކެއް ވެސް ވެ ނިމިފައިވާ ކަމަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ން ފެށިގެން ކިޔޫގައި މަޑުކުރެވުނު ނަމަވެސް ވޯޓުލުން ފަށާނީ ކަނޑައަޅާފައިވާ ގަޑިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ބުރުގައި 586 ވޯޓުފޮށި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާއިރު ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި 350 އޮފިޝަލުން އިތުރު ކޮށްފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އަދި ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ވެރިންނަށް ހާއްސަކޮށްގެން ހަތަރު ގަޑިއިރުގެ ތަމްރީނެއް ވެސް ކުރިއަށްގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 99 މަރުކަޒެއް ކުރިން ހުރިތަން ނޫން އެހެން ތަންތަނަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ އެކަން އެގޮތަށް ކޮށްފައިވަނީ އެ ވޯޓުފޮށިތަކަށް ވޯޓުލާން ދާ މީހުންނަށް ފުރަތަމަ ބުރުގައި ދިމާވި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ހަބީބު ވިދާޅުވީ އީސީގެ ކޮމްޕްލަޔަންސް ބިއުރޯތަކަށް މިހާތަނަށް 203 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 194 މައްސަލަ ބަލައި ނިމިފައިވާއިރު 9 މައްސަލަ ބަލަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތަކާއި އޮފިޝަލުންނާ ގުޅޭ ޝަކުވާތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ދެވަނަ ބުުރުގައި ރާއްޖޭގެ 4183 އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި 5988 މީހުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1172 މީހުން ހަރަކާތްތެރިވާނެއެވެ. އަދި ބޭރުގެ 77 އޮބްޒާވަރުންނާއި 22 މޮނިޓަރުން ހަރަކާތްތެރިވާނެ ކަމަށް ވެސް އީސީން ބުންޏެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282،804 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު