Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްލާސްޓިކް ވެނީލާ އައިސްކްރީމް

ޕްލާސްޓިކް މާއްދާތަކުން އުފެއްދި ވެނީލާ އައިސްކްރީމް: ކާލަން ކެރޭނެތަ؟

އަދި އެ އެއްޗެއް ކެއުމުގައި ހިމެނުމަށް އިންސާނުން ތައްޔާރުވެފައި ވަނީ ކޮންކޮން ބާވަތްތަކެއްތޯއާއި، ނުކާނީ ކޮންކޮން ބާވަތްތަކެއްތޯ ބެލުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 11:30
"ގިލްޓީ ފްލޭވަރޒް"ގެ ނަން ދީފައިވާ އައިސްކްރީމުގެ ފަންނުވެރި މޭސްތިރިއަކީ އުމުރުން 27 އަހަރުގެ އިލިއޮނޯރާ އުރުތުލާނީ

"ގިލްޓީ ފްލޭވަރޒް"ގެ ނަން ދީފައިވާ އައިސްކްރީމުގެ ފަންނުވެރި މޭސްތިރިއަކީ އުމުރުން 27 އަހަރުގެ އިލިއޮނޯރާ އުރުތުލާނީ

އުފެއްދި ފަރާތުން ބުނާގޮތުގައި ދުނިޔެއިން ލިބެންހުރި ކާބޯތަކެތީގެ ލިސްޓުގައި، ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ފުރަތަމަ އުފެއްދުމަކީ އޭނާގެ ވެނީލާ އައިސްކްރީމްއެވެ. ލަންޑަންގެ ފްރީޒަރެއްގައި އެ އައިސްކްރީމް މިއަދު ތަޅުލާފައި ހުއްޓެއްކަމަކު، އުފެއްދި ފަރާތުގެ އުއްމީދަކީ ކާބޯތަކެތީގެ ކުރިމަގާއި ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ވުމާ ބެހޭގޮތުން ހޫނުގަދަ ބަހުސްތަކެއް ކުރެވިގެން ދިއުމެވެ.

"ގިލްޓީ ފްލޭވަރޒް"ގެ ނަން ދީފައިވާ އައިސްކްރީމުގެ ފަންނުވެރި މޭސްތިރިއަކީ އުމުރުން 27 އަހަރުގެ އިލިއޮނޯރާ އުރުތުލާނީއެވެ. އޭނާގެ މަގުސަދަކަށްވީ، ކުނީގެ ގޮތުގައި އުކާލާ ޕްލާސްޓިކާމެދު މީހުން ދެކޭގޮތަށް ގޮންޖެހުމެވެ. އަދި އެ އެއްޗެއް ކެއުމުގައި ހިމެނުމަށް އިންސާނުން ތައްޔާރުވެފައިވަނީ ކޮންކޮން ބާވަތްތަކެއްތޯއާއި ނުކާނީ ކޮންކޮން ބާވަތްތަކެއްތޯ ބެލުމެވެ.

އެޑިންބްރަރގެ ސައިންސްވެރިން ތަރައްގީކުރި މި މަރުހަލާގައި، ބެކްޓީރިއާއާއި އެންޒައިމްތަކުގެ މެޓަބޮލިކް ބާރު ބޭނުންކޮށްގެން، ވެއްޓާ ރައްޓެހި ކާރުޚާނާތަކެއްގެ ގޮތުގައި މަސައްކަތްކޮށް، ޕޮލިއެތިލިން ޓެރެފްތަލެޓް (ޕީއީޓީ) ހަޖަމުކޮށް، ވެނީލާގެ ރަހަދޭ މޮލިކިއުލް ކަމަށްވާ ވެނިލިންއަށް ބަދަލުކުރެއެވެ.

ޕްލާސްޓިކް އުފައްދަނީ ގުޅިފައިވާ މޮލެކިއުލްތަކެއް އެއްކޮށްގެންނެވެ. އެއަށް މި ކިޔަނީ ޕޮލިމަރޒްއެވެ. ޔުނިވަރސިޓީ އޮފް އެޑިންބްރަރގެ ބަޔޯޓެކްނޮލޮޖިސްޓެއް ކަމަށްވާ ޑރ. ޖޮއޭނާ ސޭޑްލަރގެ މަސައްކަތަކަށް ވީ، ހައިވެފައި ވާ މައިކްރޯބެއް ބޭނުންކޮށްގެން، އެކުވެފައިވާ މޮލެކިއުލްތައް ބައިބައިކޮށްލުމެވެ. އެހާ ހިސާބުން އެ މޮލެކިއުލްތަކަކީ ޕްލާސްޓިކު ކަމަކަށް ނުބުނެވޭނެއެވެ. އެއަށްފަހު، ކުރިން އޮތް ޕީއީޓީ "ރިހަގަނޑު" ފަސޭހަކަމާއެކު އެހެން ބެކްޓީރިއާއަކަށް ބަދަލުކުރީއެވެ. އެއީ ވެނިލިން ނުވަތަ ވެނީލާގެ ރަހަ ލައްވައިދޭ މާއްދާއެވެ.

ޑރ. ސޭޑްލަރގެ މި ދިރާސާއަކީ ޑިސެމްބަރު 2021ގައި، "ޖަރނަލް ބަޔޯކެމިސްޓް"ގައި ވެސް ޝާއިއުކޮށްފައިވާ ދިރާސާއެކެވެ. އުރުތުލާނީގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވި "ބަގްތައް" ތައްޔާރުކޮށްދިނީ ޑރ. ސޭޑްލަރއެވެ. އުރުތުލާނީގެ ޕްލާސްޓިކް ވެނީލާ އައިސްކްރީމަކީ ދިރާސާ މަޝްރޫއެކެވެ. އިންސާނުންގެ އަރުތެރެއިން އަދި ދިރޭކަށް ނެތެވެ.

އިޓަލީގެ ވެރޯނާއަށް ނިސްބަތްވާ އުރުތުލާނީ ބުނިގޮތުގައި، ގިލްޓީ ފްލޭވަރސް އުފައްދަން ޚިޔާލު އައީ، ޕްލާސްޓިކުން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށް، ރީސައިކަލް ކުރުމުގެ ނިޒާމް ނާކާމިޔާބުވުމުން ލިބުނު މާޔޫސްކަމުން ކަމެއްގެ ބޮޑު ކަމުންނެވެ. އަދި އެއީ ދުނިޔެއަށް ކުރިމަތިވަމުން ދާ ކާބޯތަކެތީގެ ކަށަވަރުކަން ނެތިދިއުމުގެ ކާރިސާއަށް އަލިއަޅުވާލަނިވި ކަމެއްގެ ގޮތުގައިވެސްމެއެވެ.

ބައެއް ފަހަރު ފެހި ރަނުގެ ގޮތުގައިވެސް ރިއާޔަތްކުރަމުން އަންނަ ވެނީލާއަކީ، ކާބޯތަކެތީގައި ރަހަ ހެޔޮވަރުކުރުމަށް ބޭނުންކުރާ އެކިއެކި ބާވަތްތަކުގެ ތެރެއިން ދެވަނައަށް އެންމެ އަގު ބޮޑު ބާވަތެވެ. ލިސްޓުގެ އެއްވަނަ ގެންދަނީ ސެފްރޯނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްލާސްޓިކްގެ މައްސަލާގައި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ފަންނުވެރި އިހްތިޖާޖެއް!

ޕްލާސްޓިކްގެ މައްސަލާގައި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ފަންނުވެރި އިހްތިޖާޖެއް!

07 ޖެނުއަރީ 2023
ގޫޒާ ބުނަނީ އައިސްކްރީމްއަކުންވެސް ޘަޤާފަތް ދިރުވިދާނޭ

ގޫޒާ ބުނަނީ އައިސްކްރީމްއަކުންވެސް ޘަޤާފަތް ދިރުވިދާނޭ

03 ޖެނުއަރީ 2023
ނޭނގުމުގެ ތެރޭގައި އަހަރަކު 2 ޕްލާސްޓިކް ކޮތަޅު ކާލެވޭކަން އެނގޭތަ؟

ނޭނގުމުގެ ތެރޭގައި އަހަރަކު 2 ޕްލާސްޓިކް ކޮތަޅު ކާލެވޭކަން އެނގޭތަ؟

21 ޑިސެމްބަރު 2022
ލޭ ނުނަގާ ހަކުރު ބަލާލެވޭ ގޮތަށް، ދަރިވަރުންތަކެއް އުފެއްދި މެޝިނަކަށް 1 ވަނަ!

ލޭ ނުނަގާ ހަކުރު ބަލާލެވޭ ގޮތަށް، ދަރިވަރުންތަކެއް އުފެއްދި މެޝިނަކަށް 1 ވަނަ!

09 އޯގަސްޓު 2022
ރަހަ ތަފާތުކޮށްލަން، ބޭކްޑް ބީންސްއާއި ސޯއީ ސޯސް އައިސްކްރީމް ކިހިނެއްވާނެ؟

ރަހަ ތަފާތުކޮށްލަން، ބޭކްޑް ބީންސްއާއި ސޯއީ ސޯސް އައިސްކްރީމް ކިހިނެއްވާނެ؟

06 އޯގަސްޓު 2022

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު