Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ- ޔޫކްރެއިން ހަނގުރާމަ

ބްލެކް ސީ ފްލީޓްގެ މައި މަރުކަޒަށް ދިން ހަމަލާގައި ޔޫކްރެއިންގެ ހުޅަނގުގެ އެކުވެރިން އެހީތެރިވެދީފައިވޭ: ރަޝިޔާ

ބްލެކް ސީގެ ފްލީޓްގެ މައި މަރުކަޒަށް މިސައިލް ހަމަލާއެއް ރާވައި ހިންގުމަށް އެހީތެރިވެދީފައިވޭ

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 07:44
ރަޝިޔާގައި ސިފައިން ފޯރިމަރަނީ

ރަޝިޔާގައި ސިފައިން ފޯރިމަރަނީ

ބްލެކް ސީ ފްލީޓްގެ މައި މަރުކަޒަށް ދިން ހަމަލާގައި ޔޫކްރެއިންގެ ހުޅަނގުގެ އެކުވެރިން އެހީތެރިވެދީފައިވާކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާއިން ތުހުމަތު ކުރި ގޮތުގައި، ޔޫކްރެއިންގެ ހުޅަނގުގެ އެކުވެރިންވަނީ، މިދިޔަ ހަފްތާގައި ރަޝިޔާގެ ބްލެކް ސީގެ ފްލީޓްގެ މައި މަރުކަޒަށް މިސައިލް ހަމަލާއެއް ދިނުމަށް ރާވައި ހިންގުމަށް އެހީތެރިވެދީފައެވެ.

މޮސްކޯގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ބުދަ ދުވަހު ވިދާޅުވީ ޔޫކްރެއިނުން ފްލީޓްގެ މައި މަރުކަޒަށް ދިން ހަމަލާގައި ހުޅަނގުގެ ރިކޮނައިސަންސް ޑޭޓާއާއި ނޭޓޯގެ ގައުމުތަކުގެ ސެޓެލައިޓްތަކާއި ޖާސޫސީ ބޯޓުތައް ބޭނުންކޮށްފައިވާ ކަމަށެވެ.

މޮސްކޯއިން ތަކުރާރުކޮށް ބުނަމުން އައީ އެމެރިކާއާއި ނޭޓޯގެ އެކުވެރި ގައުމުތަކުން ޔޫކްރެއިންގެ ހަނގުރާމައިގައި ބައިވެރިވެފައިވަނީ ކިއެވްއަށް ހަތިޔާރު ފޯރުކޮށްދީ، ޔޫކްރެއިންގެ ސިފައިންނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދީ، ރަޝިޔާގެ ފެސިލިޓީތަކަށް ހަމަލާތައް ރޭވުމަށް އެހީތެރިވެދީގެން ކަމަށެވެ.

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި އިނގިރޭސިވިލާތާއި ފްރާންސުން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ސްޓޯމް ޝެޑޯ މިސައިލްތައް ބޭނުންކޮށްފައިވަނީ ހުކުރު ދުވަހު ސެވަސްޓޮޕޯލްގައި ހުންނަ ފްލީޓްގެ މައި މަރުކަޒަށް މިސައިލް ހަމަލާދީގެންނެވެ.

ސެވަސްޓޮޕޯލްގައި ހުންނަ ބްލެކް ސީ ފްލީޓްގެ މައި މަރުކަޒަށް ހުކުރު ދުވަހު ދިން މިސައިލް ހަމަލާއަކީ 2014 ވަނަ އަހަރު ރަޝިޔާއިން ގަވާއިދާ ޚިލާފަށް ޔޫކްރެއިން އަތުން ކްރައިމިއަން ޕެނިންސުލާގެ އަމާޒުތަކަށް ދިން އެންމެ ފަހުގެ ހަމަލާއެކެވެ.

ކްރައިމިއާ އަކީ ޔޫކްރެއިނަށް އަރައިގަތުމަށް ތާއީދުކުރާ މުހިއްމު މަރުކަޒެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާ ތަނަކަށް ވާއިރު، ޔޫކްރެއިންގެ ސިފައިންގެ ފާޑުކިޔުންތައް އިތުރުވަމުން އައިސް، ސިފައިން ވަނީ އެ ޕެނިންސުލާ ކިއެވްގެ ކޮންޓްރޯލްގެ ދަށަށް އަނބުރާ ގެންދާނެ ކަމަށް ވައުދުވެފައެވެ.

ޔޫކްރެއިނުން ބުނީ މިސައިލް ހަމަލާގެ ސަބަބުން ފްލީޓްގެ މައި މަރުކަޒުގެ މައި އިމާރާތުގައި ބޮޑު ވަޅެއް ހެދިފައިވާ ކަމަށާއި ފްލީޓްގެ ކޮމާންޑަރު އެޑްމިރަލް ވިކްޓަރ ސޮކޮލޮވް ހިމެނޭ ގޮތަށް 34 އޮފިސަރުން މަރުވެފައިވާ ކަމަށެވެ. އަދި ރަޝިޔާގެ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ޔޫކްރެއިންގެ ސްޕެޝަލް އޮޕަރޭޝަން ފޯސަސް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިސައިލް ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސޮކޮލޮވް ހިމެނޭ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެފައިވާ ކަމަށެވެ. އަދި އެ ރިޕޯޓްތައް ޔަޤީން ކުރަން މަސައްކަތް ކުރަމުން އަންނަނީ ސޮކޮލޮވްގެ ވީޑިއޯ އާންމުވުމުން ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު