Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން

ރައީސް ސާލިހަކީ ކަޑަޖައްސަވާ ބޭފުޅެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތް ކުރައްވާ ބޭފުޅެއް: އާޒިމް

ރައްޔިތުންނަށް ފައިދާވާގޮތަށް މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2023 | ބުދަ 16:33
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވި ފުޓްބޯޅަ ދަނޑެއް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވި ފުޓްބޯޅަ ދަނޑެއް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ކަޑަޖައްސަވާ ބޭފުޅެއް ނޫންކަމަށާއި، އެއީ ރައްޔިތުންނަށް ޚިދުމަތް ކުރައްވާ ބޭފުޅެއް ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފެށުމުން އިންތިޚާބަށް ކަޑަޖަހާކަމަށް ތުހުމަތު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތަކަށް ނުބައްލަވައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ރައީސް ސާލިހަކީ ކަޑަޖައްސަވާ ބޭފުޅެއް ނޫން ކަމަށާއި، މިއަދުގެ ރައީސަކީ އިހްލާސްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަށް އަމާޒުކުރައްވައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ހުސް ޔޯލަ ވާހަކަކަމަށާއި، ކަމެއް ސާބިތުކޮށްދެވޭ މިންވަރަށް އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ސާލިހު ގައުމާއި، ރައްޔިތުންނަށް ދެރަވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އިދިކޮޅު ފަރާތްތަކުން ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް ފަތުރައިގެން ޖަވާހިރެއްކަހަލަ ރައީސެއް ގައުމުން ބާލުވަން މަސައްކަތްކުރާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލާއިރު ވަރަށް ވިސްނަންޖެހޭ ކަމަށެވެ. ރައްޔިތުން ލާ ވޯޓުން ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުންފުނި ހިންގަމުންދިޔައީ ގެއްލުމުގައި ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ސިޔާސަތުތަކާއެކު މިއަދު އެމްޓީސީސީއަކީ 200 މިލިއަނުން ފައިދާވާ ކުންފުންޏެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއަދު ކުންފުނިތައް ހިންގަމުންދަނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިއަދު އެމްޓީސީސީން އެކަނިވެސް 157 ޕްރޮޖެކްޓް ނިންމާފައި ވާކަމަށާއި، މިހާރުވެސް 90އަށްވުރެ ގިނަ ރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ.

އާޒިމް ވިދާޅުވީ ރައީސް ސާލިހާއެކު މިގައުމުގެ ތަރައްގީ ނުހުއްޓި ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެއްޖެނަމަ އާރްޓީއެލް ފެރީގެ ޚިދުމަތާއެކު، މަޝްރޫއުތައް ހުއްޓިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އާރްޓީއެލްގެ ފެރީގެ ޚިދުމަތުން ރައްޔިތުންނަށް ވަރަށް ފައިދާވާ ކަމަށާއި، ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑަށް ލުއިވެފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު