Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މެޗު އެއްވަރުވީ ކުޑަކުދިން ހަދާ ކަހަލަ ގޯސް ހެދުމުން: ޒަވީ

27 ސެޕްޓެމްބަރު 2023 | ބުދަ 10:04

މަޔޯކާ އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ބާސެލޯނާގެ ކުޅުންތެރިން "ކުޑަކުދިން ހަދާ ކަހަލަ ގޯސްތަކެއް" ހެދުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ސެޕްޓެމްބަރު 2023 | ބުދަ 10:04
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ކުޑަކުދިން ހަދާ ކަހަލަ ގޯސްތަކެއް ހެދުމުން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތެވެ. އެހެން ނަމަވެސް އެ މެޗުން ނިމުނީ އެއްވަރުވެގެންނެވެ. އެއާއެކު އެއް ވަނައިގައި ހަމަޖެހިލަން ލިބުނު ފުރުސަތު ބާސެލޯނާ އަށް ވަނީ ގެއްލިފަ އެވެ. ލީގުގައި ރެއާލް މެޑްރިޑު ދެން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، އަލުން އަނެއްކާ ވެސް އެ ޓީމަށް އެއް ވަނަ އަށް ޖެހިލެވޭނެ އެވެ.

މަޔޯކާ މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ، މެޗުގެ ފެށުން ވެސް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. ޚާއްސަކޮށް ތިން ޕޮއިންޓު މުހިންމު މެޗަކާ އަޅާ ބަލާއިރު، އޭނާ ހިތްހަމަޖެހޭ ކުޅުމެއް ނުފެނުން ކަމަށް ޒަވީ ބުންޏެވެ. ޒަވީ ބުނީ މެޗުން މުހިންމު ދެ ޕޮއިންޓު ގެއްލުނީ ޓީމަށް ހެދުނު އަމިއްލަ ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. ޚާއްސަކޮށް މަޔޯކާ އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ބާސެލޯނާގެ ކުޅުންތެރިން "ކުޑަކުދިން ހަދާ ކަހަލަ ގޯސްތަކެއް" ހެދުމުން ކަމަށް ޒަވީ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ވާދަވެރި ލީގެއްގައި ކުޅެމުންދާއިރު، އެކަހަލަ ގޯސްތަކެއް ހެދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކޯޗުގެ ހައިސިއްޔަތުން އެެކަންކަމަށް ބަލަހައްޓައިގެން ނުހުންނާނެ ކަމަށާއި، ދެން ޖެހޭނީ އެކަންކަން ރަނގަޅު ކުރަން ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޒަވީ ބުނީ އެއް މެޗު ނިމުމާއެކު، ދެން އަބަދު ވެސް މަސައްކަތް ކުރަން ޖެހޭނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ. ކޮންމެހެން ނިމުނު މެޗުގައި ހިނގައިދިޔަ ކަންކަމުގެ ވާހަކައިގެ ހިފައިގެން ތިބެގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ދެން އޮންނަ މެޗަށް ނިކުންނައިރު، އެކަންކަން ރަނގަޅުކޮށް، ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

ލީގުގައި ދެން ބާސެލޯނާ އަށް އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަަނަ ދުވަހު ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް