Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިންވެރިޔާ ސްކީމް

ގޯތި ލިބުނު ހުރިހާ ފަރާތަކަށް 5 ނޮވެމްބަރުގެ ކުރިން އިންވަކިކޮށް ރަޖިސްޓްރީ ހަވާލުކުރާނަން: ރައީސް

އައު ވައުދުތަކެއް ނުވާ ކަމަށާއި މިއީ މެނިފެސްޓޯގައި ހިމެނޭކަންކަން ކަމަށް ރައީސް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ސެޕްޓެމްބަރު 2023 | އަންގާރަ 18:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުން ގޯތި ހަވާލުކޮށް ނިމޭނެ ތާރީހަކާ މެދު ސުވާލު އުފައްދާ ކަމަށާއި މި ދައުރު ނިމުމުގެ ކުރިން ހުރިހާ ގޯއްޗެއްގެ އިން ވަކިކޮށް ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ މާލޭގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު މި ފާއިތުވި ދުވަސްތަކުގައި އެމަނިކުފާނު އެކި ފަރާތްތަކާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު އެކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ފެށުމުންނާއި ގޯތި ދޭން ފެށުމުން އިދިކޮޅު ފަރާތްތަކުން އޮޅުވާލައިގެން ވާހަކަތައް ފަތުރަމުންދިޔަ ކަމަށެވެ. އެ ޝަކުވާތައް އެމަނިކުފާނަށް ވެސް ލިބިވަޑައިގެންނެވި ކަމަށާއި ހުޅުމާލެ ތިންވަނަ ފިޔަވަހިންނާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތިދޭން ނިންމި ފަރާތްތަކާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވިއެވެ.

މި ދައުރު ނިމުމުގެ ކުރިން އެ ގޯތި ލިބޭނެ ކަމުގެ ޔަގީންކަމާމެދު އެ ފަރާތްތަކުން ސުވާލު އުފެއްދިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް ދައުރު ނިމުމުގެ ކުރިން، ނޮވެމްބަރު 5ވަނަ ދުވަހާ ހަމަައަށް ގޯތީގެ އިންވަކިކޮށް، ރަޖިސްޓްރީ ހަދައި ހަވާލުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތައް ވެސް އެ ސުވާލު އުފައްދާ ކަމަށާއި އެ ފަރާތްތަކަށް ވެސް 5 ނޮވެމްބަރާ ހަމައަށް ބިން ހިއްކައި ގޯތީގެ އިންވަކިކޮށް ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަލަށް ހިއްކާ ސަރަހައްދުތަކުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތާއި މަގު ހެދުމުގެ މަސައްކަތާ ގުޅޭގޮތުން ވެސް ސުވާލު އުފައްދާ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެ ޚިދުމަތްތަކުގެ މަސައްކަތް ފަށައިގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެ ސަރަހައްދުތަކުގައި ގެދޮރު އިމާރާތްކޮށް ނިމޭއިރު އެ މަސައްކަތްތައް ނިމިފައި ހުންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މި މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ވެސް މިހާރު އޮތް އުސޫލު ބަދަލުކޮށް މެކްސިމައިޒްކޮށް އިމާރާތް ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ދިރާސާތައް މިހާރު ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ވެވަޑައިގަންނަވަނީ އައު ވައުދުފުޅުތަކެއް ނޫން ކަމަށެވެ. އެއީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަންކަން ކަމަށާއި މިއީ ކުރިން ރޭވިފައިވާ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު