Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކީރިތި ރަސޫލާ(ޞ)ގެ އީދު މީލާދު

ޢަޒުމު ކަނޑައަޅަންވީ ކީރިތި ރަސޫލާ(ޞ)ގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން އުޅުންތަކާއި ގުޅުންތައް އިޞްލާހު ކުރުމަށް- ރައީސުލްޖުމްހޫރިއްޔާ

26 ސެޕްޓެމްބަރު 2023 | އަންގާރަ 14:46

ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ޞުލްޙަވެރިކަމާއި އަމާންކަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ސެޕްޓެމްބަރު 2023 | އަންގާރަ 14:46
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ކީރިތި ރަސޫލާ (مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ)ގެ ޢީދު މީލާދުގެ މުނާޞަބާ ފާހަގަކުރާއިރު، ޢަޒުމު ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙް ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކީރިތި ރަސޫލާ(ޞ)ގެ ޢީދު މީލާދުގެ މުނާސަބާގައި އެމަނިކުފާނު މިއަދު ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ޞުލްޙަވެރިކަމާއި އަމާންކަންކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކީރިތި ރަސޫލާ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ، މީސްތަކުން ޞުލްޙަވެރި ކުރެއްވުމާއި މުޖްތަމަޢު އަމާން ކުރެއްވުން ކަމަށާއި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީ ވެސް، މީސްތަކުންނަށް ޢަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތައްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ކީރިތި ރަސޫލާ ޢަމަލީ ގޮތުން ދެއްކެވި އަދަބު އަޚްލާޤުގެ މަތިވެރި ސިފަތަކުގައި ހިފައިގެން އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ޙާފިޡުންނާ ގުޅޭ ކަންކަން ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ހަވާލުކޮށްފި

25 ޑިސެމްބަރު 2017
ޙާފިޡުންނާ ގުޅޭ ކަންކަން ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ހަވާލުކޮށްފި
16 ނޮވެމްބަރު 2017

ގެއްލުނު ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދޭ: ޑރ ޖަމީލް

16 ނޮވެމްބަރު 2017
ގެއްލުނު ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދޭ: ޑރ ޖަމީލް
13 ނޮވެމްބަރު 2017

އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން

13 ނޮވެމްބަރު 2017
އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން
17 ސެޕްޓެމްބަރު 2017

ފްލެޓްތަކުގެ މައްސަލައިގައި އިދިކޮޅު މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީން މަލާމާތް ކޮށްފި!

17 ސެޕްޓެމްބަރު 2017
ފްލެޓްތަކުގެ މައްސަލައިގައި އިދިކޮޅު މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީން މަލާމާތް ކޮށްފި!
14 ސެޕްޓެމްބަރު 2017

ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް

14 ސެޕްޓެމްބަރު 2017
ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް
14 ސެޕްޓެމްބަރު 2017

އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތް ދަނީ ފެންނަމުން: ރައީސް މައުމޫން

14 ސެޕްޓެމްބަރު 2017
އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތް ދަނީ ފެންނަމުން: ރައީސް މައުމޫން
15 ޖުލައި 2017

ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރައްްވަމުން:ޝިދާތާ

15 ޖުލައި 2017
ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރައްްވަމުން:ޝިދާތާ
13 ޖުލައި 2017

ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު

13 ޖުލައި 2017
ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް