Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސާލިޙުގެ ވެރިކަން

ރައީސްގެ ސިޔާސަތުތައް ބައްޓަން ކުރައްވަނީ ޤައުމަށް ޚިދުމަތް ކުރަން ތިބި މީހުންނަށް ގިނަ ދުވަހު ޚިދުމަތުގައި އުޅެވޭ ގޮތަށް: ޖީހާން

25 ސެޕްޓެމްބަރު 2023 | ހޯމަ 17:25

ރައީސް ސާލިޙަކީ ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބައްލަވައި، އެކަށީގެންވާ ހެޔޮ ބަދަލުތައް ގެންނަވާ ބޭފުޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ސެޕްޓެމްބަރު 2023 | ހޯމަ 17:25
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙުމޫދު

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙުމޫދު

ރައީސްގެ ސިޔާސަތުތައް ބައްޓަން ކުރައްވަނީ ޤައުމަށް ޚިދުމަތް ކުރަން ތައްޔާރަށް ތިބި މީހުންނަށް ގިނަ ދުވަހު ޚިދުމަތުގައި އުޅެވޭ ގޮތަށްކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙުމޫދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ދެވަނަ ދައުރެއްގައި އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރައްވާ ވާހަކައާއި، ރިޓަޔަރމަންޓް އުމުރަށް ބަދަލު ގެންނަވާ ވާހަކަ އިއުލާނު ކުރައްވާފައިވަނީ ނުހަނު ދުރުވިސްނުންފުޅާއެކު ކަމަށެވެ.

Advertisement - newsAdvertisement

އިދިކޮޅު ފަރާތްތަކުން ފިތުނަވެރިކަމުގެ ތެރެއިން އެކަން އޮޅުވާލުމަށްވެސް އެކި ބާވަތުގެ ވާހަކަތައް ފަތުރަމުންދާކަމަށް ޖީހާން ވިދާޅުވިއެވެ.  

އެހެންނަމަވެސް، ރައީސް ސާލިޙަކީ ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބައްލަވައި، އެކަށީގެންވާ ހެޔޮ ބަދަލުތައް ގެންނަވާ ބޭފުޅެއްކަމަށް ޖީހާން ވިދާޅުވިއެވެ. އެގޮތުން އޭގެ އެއް ހެއްކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސްކަން ޖީހާން ފާހަގަ ކުރެއްވިއެވެ.

ޖީހާން އިތުރަށް ވިދާޅުވީ، އާބާދީއަށް އަންނަ ބަދަލުތަކާއި ގުޅޭ ދިރާސާތައް ސަރުކާރުން ހަދަމުންދާތާ ދެއަހަރެއްހާ ދުވަސްވެފައިވާ ކަމަށާއި، މިއީ ކުއްލިއަކަށް ރައީސް ސާލިޙު ނިންމެވި ނިންމެވުމެއް ނޫން ކަމަށެވެ.

ޖީހާން އިތުރަށް ވިދާޅުވީ، "ސިލްވަރ އިކޮނޮމީ" ގެ ވާހަކަ އިދިކޮޅު ފަރާތްތަކަށް އެންމެ ރަނގަޅަށް ފަހުމުނުވާ ކަމަށެވެ. އެގޮތުން އެއީ އުމުރުން ދުވަސްވީ މީހުން ގިނަ އާބާދީތަކުގައި އިޤްތިސާދީ ގޮތުން ވީހާވެސް ގިނަ މީހުންނަށް ބައިވެރިވެވޭނެ ފުރުސަތު ހޯދައިދެވޭނެ ސިޔާސަތެއްކަން ޖީހާން ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިޙުގެ ސިޔާސަތުތައް ބައްޓަން ކުރައްވަނީ ޤައުމަށް ޚިދުމަތް ކުރަން ތައްޔާރަށް ތިބި މީހުންނަށް ގިނަ ދުވަހު ޚިދުމަތުގައި އުޅެވޭ ގޮތަށް ކަމަށް ޖީހާން ވިދާޅުވިއެވެ.

ރައީސް ސާލިޙު ވަނީ ، ކުރިއަށް އޮތްތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7000 ރުފިޔާ އިނާޔަތުގެ ގޮތުގައި ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް 7،000 ރުފިޔާއަށް ބޮޑުކުރުމަށް ރައީސް ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ ރިޓަޔަރމަންޓް އުމުރު 65 އިން 70 އަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

05 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް