Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުތުރު ތިލަފަޅު

އުތުރު ތިލަފަޅުގެ މަޝްރޫއާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

އެމްއެންޑީއެފުން އުތުރު ތިލަފަޅުގައި ހަދަމުންދަނީ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއަރ ފެސިލިޓީއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ސެޕްޓެމްބަރު 2023 | ހޯމަ 01:31
އިދިކޮޅުގެ އެކްޓިވްސްޓުންތަކެއް އުތުރު ތިލަފަޅުގައި ހަދަމުންދާ ފެސިލިޓީއަށް ހުއްދަ ނުހޯދައި ގޮސް ނަގާފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

އިދިކޮޅުގެ އެކްޓިވްސްޓުންތަކެއް އުތުރު ތިލަފަޅުގައި ހަދަމުންދާ ފެސިލިޓީއަށް ހުއްދަ ނުހޯދައި ގޮސް ނަގާފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

އުތުރު ތިލަފަޅުގެ މަޝްރޫއާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިފަދައިން ބުނެފައިވަނީ އިދިކޮޅުގެ ޕްރޮޕެގަންޑާ ފަތުރާ ނޫސްވެރިންތަކެއް އުތުރު ތިލަފަޅުގައި އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް ހިނގާ ސައިޓަށްގޮސް ހުއްދަ ނުހޯދާ އެތަނަށް އަރަން މަސައްކަތްކޮށް އާންމުންގެ މެދުގައި މަސްލަހަތު ގެއްލޭގޮތަށް ވާހަކަ ފަތުރަމުންދަނިކޮށެވެ. އެމްއެންޑީއެފުން ބުނީ އުތުރުތިލަފަޅުގައި އެމްއެންޑީއެފްއިން ތަރައްޤީ ކުރަމުންދާ 300 މީޓަރުގެ މަގަތު ފާލަމާއި، 500 ޓަނުން ދަށުގެ އުޅަނދުފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއާއި ރިޕެއަރ ފެސިލިޓީއެއް ކަމަށެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފުން ބުނެފައިވަނީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫޓީއެފްގައި އެމްއެންޑީއެފްއިން ތަރައްޤީ ކުރަމުން ދަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއަރ ފެސިލިޓީއެކެވެ. މިއީ އެމްއެންޑީއެފްގެ ފުރިހަމަ މިލްކުވެރިކަން އޮތް އެމްއެންޑީއެފްގެ ތަނެއްކަން އެކިފަހަރުމަތިން ވާނީީ ހާމަކޮށްފައެވެ. އަދި އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ތަނެއް ބޮޑު އުޅަނދު ފަހަރަށްވާތީ، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް މަރާމާތަށް އެހެލާ ބޭލުމަކީ ކުރެވޭނެކަމެއްނޫންކަން ފާހަގަކުރަމެވެ. 

އަދި މި މަޝްރޫޢުއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށް އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ވަރަށް މުހިއްމު މަޝްރޫޢެއް ކަމަށްވާތީ، މިމަޝްރޫޢާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު ދޮގު ވާހަަކަތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިދިކޮޅުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އާންމުންގެ ހިތްތަކުގައި ސަރުކާރަށް ނަފްރަތު އުފެއްދުމަށް ދޮގު ހަބަރު ފަތުރަމުންދާ ދިޔަރެސް ނޫހުގެ ނޫސްވެރިންކަމަށް ބުނާ ބަޔަކު އުތުރު ތިލަފަޅަށް ގޮސްފައިވަނީ، މާލޭގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅެފައިވާ ފަރާތްތަކަށް އިތުރު ތިލަފަޅު ހިއްކައިގެން ގޯތި ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިއުލާންކުރައްވާ ގޯއްޗަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވަނިކޮށެވެ. އަދި ހައުސިން މިނިސްޓްރީން ވަނީ އުތުރު ތިލަފަޅުގައި ހަދާ އެމްއެންޑީއެފްގެ މަރުކަޒު ފެންނަ އަދި ސަރުކާރުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެނގޭނެ ޗާޓެއް ވެސް އާންމުކޮށްފައެވެ. އެ ޗާޓުން ދައްކާގޮތުން އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ މަރުކަޒު ހުންނަނީ ދިރިއުޅުމަށް ގޯތިދޭން ހިއްކާ ބިމާ ވަކިންނެވެ.

ނަމަވެސް މި ހުރިހާ މައުލޫމާތެއް ހާމަކޮށްފައިވަނިކޮށް، ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައިވާ ތަނަށް ހުއްދަ ނުހޯދާ ދޮގު ހަބަރު ފަތުރާ ދިޔަރެސް ނޫހުގެ އެކްޓިވިސްޓުން ވަނީ އެ ފަޅަށްވަދެ، ވީޑިއޯ ނަގާ އާންމުންގެ މެދުގައި ނަފްރަތު އުފެދޭގޮތަށް ހަބަރު ފަތުރާފައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު