Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިލާން

މާޓިނޭޒްގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން؛ ބެޕޭ މަރޯޓާ

އިންޓަ އިން ބޭނުންވަނީ އެ އެއްބަސްވުން ދިގު މުއްދަތަކަށް ދަންމާލަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ސެޕްޓެމްބަރު 2023 | އަންގާރަ 00:36
އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް

އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް

އިޓާލިއަން ލީގުގެ އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒްގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުލަބުގެ ސިއީއޯ ބެޕޭ މަރޯޓާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެ ކުލަބުގައި މާޓިނޭޒްގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އެނާ ވިދާޅުވީ މާޓިނޭޒް އިންޓައިގައި ހުރުމަކީ އެ ޓީމުގެ އެންމެނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހަމައެއާއެކު އިންޓަ ދެކެ މާޓިނޭޒް ވެސް ވަރަށް ލޯބިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ކުލަބުން އޭނާ އަށް އައު އެއްބަސްވުމެއް ހުށަހަޅާނެ ކަމަށާއި، އެކަމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް މަރާޓޯ ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން އޭނަ އިތުރަށް ވިދާޅުވީ އެކަމުގެ ތެރެއިން އެއްބަސްވުން އިތުރު ކުރާނެ މުއްދަތަކާއި، މާޓިނޭޒް އަށް ދޭނެ މުސާރައެއް ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

ރޭސިން ކުލަބު ދޫކޮށް މާޓިނޭޒް އިންޓަ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެފަހަރު އެ ކުލަބާއެކު އޭނާ ސޮއި ކުރި ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ އަހަރު މާޓިނޭޒް ވަނީ އެ ކުލަބުގެ އެއްބަސްވުން އިތުރު ތިން އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން، މިހާރު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އިންޓަ އިން ބޭނުންވަނީ އެ އެއްބަސްވުން ދިގު މުއްދަތަކަށް ދަންމާލާށެވެ. ސަބަބަކީ އިންޓައިގައި މާޓިނޭޒް ދައްކަމުން އަންނަ ކުޅުމުގެ ސަބަބުންނެވެ.

މާޓިނޭޒް ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 244 މެޗުގައި 108 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އިޓާލިއަން ލީގު އެއް ފަހަރު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ކުޅެފައިވެ އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު