Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ

ކޮންމެވެސް އެކަކު ލޯ ހުޅުވާލާފައި، އެ ކުއްޖާ ހަމަ އުޅޭތޯ ބަލާލަންވީ ނޫންހެއްޔެވެ.

ޚަބަރުތަކާއި މަންޒަރުތައް އެހެރީ ދިމާއަށް ފެންނަން

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 10:55
ކޮންމެވެސް އެކަކު ލޯ ހުޅުވާލާފައި އެ ކުއްޖާ ހަމަ އުޅޭތޯ ބަލާލަންވީ ނޫންހެއްޔެވެ.

ކޮންމެވެސް އެކަކު ލޯ ހުޅުވާލާފައި އެ ކުއްޖާ ހަމަ އުޅޭތޯ ބަލާލަންވީ ނޫންހެއްޔެވެ.

ވިސްނައި ވިސްނައި ބޯ ގޮވަން ކައިރިވެއްޖެއެވެ. އެއްކޮޅުގައި އޮތީ އިންތިހާ އަނިޔާވެރިކަމެވެ. އަނެއްކޮޅުން އަޅުގަނޑުމެންގެ ދީނާއި މިނިވަންކަމެވެ. އަނިޔާވެރިކަމަކަށް ދެވޭކަށް ނެތެވެ. ދީނާއި މިނިވަންކަން ދޫކޮށްލެވޭކަށްވެސް ނެތެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ އަޑުއެހީމާ ގޮވަނީ ބޮލެވެ.

މިއީ މި ރާއްޖޭގެ ވޯޓުލާ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ "ސައިލެންޓް ވޯޓަރސް" ނުވަތަ ވަކި ޕާޓީއެއްގައި ނޫޅޭ މީހުންގެ ތެރެއިން މީހެއްގެ ވާހަކައެވެ. އޭނާ ބުނިގޮތުގައި ރަނގަޅު ގޮތަކީ ކޮބައިކަން ހޯދަން އޭނާ ވަރަށް މަސައްކަތް ކޮށްފިއެވެ. އެއްބަޔަކަށް ވޯޓު ނުލާން މީހުން ބުނަނީ، އެއީ ފެށުމުގައިވެސް އަނިޔާވެރި ބަޔަކަށް ވާތީއެވެ. އަނެއްބަޔަކަށް ވޯޓު ނުލާން މީހުން ބުނަނީ ދީނާއި މިނިވަންކަން ގެއްލިދާނެތީއެވެ. މި ދެ ސަބަބުގެ މެދުގައި އޭނާ ފިތި ތާށިވުމުން ދެން އޭނާ އަޑުއަހަން ފެށީ ދެ ފަޅީގެ ޕޯޑިއަމްތަކުގައި ދައްކާ ވާހަކައެވެ. އޭނާ ބުނީ ދެން އެއާއެކު އަދި ބޮލުގައި ރިހުންވީ އިތުރުކަމަށެވެ. އެހެންވެ އަމިއްލައަށް ވިސްނަންފެށީއެވެ. ފުރަތަމަ ވިސްނީ އަނިޔާވެރިކަމާ ދިމާއަށް ނުދާށޭ މީހުން ބުނި ބުނުމަށެވެ. އެކަމަށްޓަކައި އޭނާ ބަލަންފެށީ އެބުނާ މުއްދަތެއްގައި ރާއްޖޭގެ ނޫސްތަކުގައި ލިޔެފައި ހުރި ހަބަރުތަކާއި ރިޕޯޓުތަކަށެވެ. އެހުރިހާ އެއްޗެއް ބެލުމުން އޭނާއަށް ފެންނަމުން ދިޔައީ ހުސް އެއް ވައްތަރެއްގެ ސުރުހީ ތަކެކެވެ.

ކޮންމެ ދުވަހެއްގެ ކޮންމެ ނޫހެއްގެ ފަލަ ސުރުހީތަކުން ފެންނަން ހުރީ އެއް ވާހަކަތަކެކެވެ. ސަރުކާރުގެ ވައްކަމުގެ ވާހަކައެވެ. ވެރިންގެ ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކައެވެ. ގައުމު ހިންގަން ތިބި މީހުންގެ ފަސާދައިގެ ވާހަކައެވެ. މަރާލި ކޮންމެވެސް މީހެއްގެ ވާހަކައެވެ. މާރާމާރީ ހިންގި ކޮންމެވެސް ބައެއްގެ ވާހަކައެވެ. މީހަކަށް ބިރުދެއްކިކަމުގެ ވާހަކައެވެ. އެއަށްވުރެ ގިނައީ ހައްޔަރުކުރުމާއި މުއްދަތުޖެހުމާއި ޖަލަށް ލުމުގެ ޚަބަރުތަކާއި ގުޅޭ ސުރުހީތަކެވެ. ދެން ހުރީ ކޮންމެވެސް މުއައްސަސާއެއްގެ ބާރު ކަނޑުވާލި ވާހަކަތަކެވެ. މިހެން ގޮސް މިޒާތުގެ އެތަކެއް ވާހަކަތަކެވެ. ދެން އޭނާ ބަލަން ފެށީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ހުރި ވީޑިއޯތަކެވެ. ހުސް އެކައްޗެކެވެ. ހުސް އަނިޔާވެރިކަމާ ގުޅޭ ވީޑިއޯއެވެ. ޕެޕަރ ސްޕްރޭއާއި ކަރުނަ ގޭހެވެ. ކަރަންޓު މުގުރާއި އަތު ބިޑިއެވެ. މީހުން ފަހައި ފުލުހުން ދުވާ ވީޑިއޯތަކެވެ. ފުލުހުން ފަހައި މީހުން ދުވާ ވީޑިއޯތަކެވެ. ދެން ފެނުނީ ގައުމުގެ އެކި ލެވަލްގެ ވެރިންގެ ވީޑިއޯއެވެ. ހައްޔަރުކޮށްގެން ގެންދާ ތަނެވެ. ދޫނިދޫއިން ގެންނަ ތަނެވެ. ކޯޓަށް ވައްދައި، ނެރޭ ތަނެވެ. މިހެން ގޮސް މިޒާތުގެ އެތައް ވީޑިއޯއެކެވެ. މިތަކެތި ބަލައި ނިމުނުއިރު އަނިޔާވެރިކަމަށް ވޯޓު ނުލާށޭ މީހުން އެބުނަނީ ކީއްވެގެންކަން އެނގިއްޖެ ކަމުގައި އޭނާ ބުންޏެވެ. އަދި އެކަން ނުކުރާން ނިންމަންވެސް ފަސޭހަ ވެއްޖެކަމުގައި އޭނާ ބުންޏެވެ. އެޔަކު ބަޔަކު ހަދަހަދައިގެން ދައްކާނެ ވާހަކައެއް ނެތެވެ. ހަބަރުތަކާއި މަންޒަރުތައް އެހެރީ ދިމާއަށް ފެންނާށެވެ. އެއީ ދޮގު ކުރެވެން، ބަދަލުކުރެވެން ނެތް ހަގީގަތެވެ.

ދެން އޮތީ އަނެއްކޮޅެވެ. ދީނާއި މިނިވަންކަން ގެއްލޭނެ ކަމަށް މީހުން ބުނާ ކޮޅެވެ. މިކަމުގައިވެސް ކުރިން ބެލި ހުރިހާ އެއްޗެއް އޭނާ ބަލައިފިއެވެ. އެކަމަކު މިފަހަރު ފެނުނު އެތި ތަފާތެވެ. ހައްތަހާވެސް ފެންނަނީ ކޮންމެވެސް މީހަކު ބުނެފައި ހުރި އެއްޗެކެވެ. އިސްލާމު ދީން ގެއްލިދާނެއެވެ. ދީން މި ގައުމުން ފުހެވިދާނެއެވެ. އެހެން ދީންތައް މި ގައުމަށް އަތުވެދާނެއެވެ.  ގައުމު އަޅުވެތި ވެދާނެއެވެ. މި ގައުމުގައި ބޭރުގެ ސިފައިން އެބަ ތިއްބެވެ. އެހެން ގައުމެއްގެ އަސްކަރީ ބޭހެއް އެބަ އޮތެވެ. ކަނޑު ވިއްކާލައިފިއެވެ. މި ޒާތްޒާތުގެ ސުރުހީތަކެވެ. އެކަމަކު ސަބަބެއް ބުނެދީފައެއް ނެތެވެ. ހެތްކެއް ދައްކާފައެއް ނެތެވެ. ހެތްކެއް ފެންނާކަށްވެސް ނެތެވެ. އެބުނާ މިލިޓަރީ ބޭހެއްގެ ފޮޓޯގަނޑެއްވެސް ފެންނާކަށް ނެތެވެ. އެ ބުނާ ސިފައިންގެ ފޮޓޮއެއްވެސް ވީޑިއޯއެއްވެސް ފެންނާކަށް ނެތެވެ. ފޮޓޮއަކަސް ވީޑިއޯ އަކަސް ފެންނަންޏާ ފެންނަން ހުރީ ބޭރު ގައުމުގެ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓެކެވެ. އެތަކެތިވެސް ގެނައި ކަމަށް ފެންނަން އޮތީ އެހެން ބައެއްގެ ވެރިކަމެއްގައެވެ. ސޮއިއެޅިއްޔާ އަޅާފައި އޮތީވެސް ކޮންމެވެސް އެހެން ދުވަސްވަރެއްގައެވެ. އެބުނާ އެމްއޯޔޫތަކެއްގައި ސޮއިކޮށްފައި ހުރީވެސް އެހެން ބައެކެވެ. އެމީހުން ދުނިޔޭގައިވެސް އެބަތިއްބެވެ. އެކަމަކު އެމީހުން ސޮއިކުރި ވާހަކަ އަމިއްލައަށް ބުނާކަށް ބޭނުމެއް ނުވެއެވެ. އެމީހުންވެސް އެކަން އަޅުވަން އުޅެނީ އެހެން ބައެއްގެ ބޮލުގައެވެ. މިފަޅީގެ ކަންކަން އަމިއްލައަށް ބަލާ ވަޒަންކޮށްލުމުން މި މީހުންނަށް ވޯޓު ނުދޭށޭ، ދީނާއި މިނިވަންކަން ގެއްލޭނޭ އެ ކިޔާ ކިޔުމުގެ މާ ބޮޑު އުރަތްޕެއް ނެތްކަން މުޅިން ސާފުވެއްޖެކަމަށް އޭނާ ބުންޏެވެ. އެކަމުގައި އިތުރައް ބަޔަކު ދައްކާނެ ވާހަކައެއް ނެތެވެ.

ކުއްލިއަކަށް ހަނދާނަށް އައީ ކުޑައިރު މީހުން ކިޔާ އަވަށްޓެހި ކުއްޖާ ވާހަކައެވެ. އެންމެންވެސް ކިޔަނީ އެކުއްޖާ ރޭގަނޑު ގެޔަށް އައިސް އުޅުނު ވާހަކައެވެ. ތަށި ތެލި ދޮންނަ ވާހަކައެވެ. އުނދުންމަތީ ހުންނަ އެއްޗެހި ހޫނުކޮށްދޭ ވާހަކައެވެ. ގޭތެރެ ކުނިކަހާފައި ފަތިސްވުމުގެ ކުރިން ދާ ވާހަކައެވެ. އެކުއްޖާ ދުށް މީހަކު އެއިން ގެއެއްގައި ވެސް ނޫޅެއެވެ. އެކަމަކު އެކުއްޖާގެ ސިފަވެސް ކިޔައެވެ. އެއީ އިސްތަށިގަނޑު ދިގު ރަތް ހެދުމެއް ލައިގެން ހުންނަ ކުއްޖެކެވެ. އެކަމަކު ދުށް މީހަކު ނޫޅެއެވެ. އެއްމެންވެސް ތިބެނީ އެކުއްޖާ އުޅޭތީ ބިރުން ލޯމަރައިގެންނެވެ. އޭނާ ބުނީ އަޖައިބެއް ނުވާނެ ހެއްޔެވެ. ކޮންމެވެސް އެކަކު ލޯ ހުޅުވާލާފައި އެ ކުއްޖާ ހަމަ އުޅޭތޯ ބަލާލަންވީ ނޫންހެއްޔެވެ.

މިހާރު ހުރިހާ ކަމެއް ސާފުވެއްޖެއެވެ. ނިންމަންވީ ގޮތްވެސް އެނގިއްޖެއެވެ. އަނިޔާވެރިކަމުގެ ވާހަކަ އެއީ ހައްގު ތެދެވެ. ދީނާއި މިނިވަންކަން ގެއްލޭނެ ވާހަކަ އެއީ ބުހުތާނު ދޮގެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު