Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2023

އޭރުވެސް މިހާރުވެސް، އަނިޔާވެރިކަމާ ދެކޮޅު!

އަނެއްކާ ވެސް، އިދިކޮޅު ވެރިކަމެއް އަތުވެއްޖެ ނަމަ، އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި، އާންމު މެމްބަރުންނަށް އޮތީ ކަޅު ދުވަސްތަކެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 06:40
ރައީސް ޞާލިޙު އަދި ޤާސިމް އިބްރާހީމްގެ ރަނިންމޭޓް އަމީން އިބްރާހީމް

ރައީސް ޞާލިޙު އަދި ޤާސިމް އިބްރާހީމްގެ ރަނިންމޭޓް އަމީން އިބްރާހީމް

މީގެ ފަސް އަހަރު ކުރިން ވެސް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮވެ، ބޮޑު އިއްތިހާދެއް އެކުލަވާލީ އެންމެ ބޭނުމަކަށެވެ. ރާއްޖޭގައި އޭރު އޮތް އަނިޔާވެރި ސަރުކާރު ބަދަލުކޮށް، ރައްޔިތުންނަށް ހަމަޖެހޭ އަދި އުފާވެރި ރާއްޖެ އަށް ހޯދައިދިނުމަށެވެ. އެދުވަހު ވެސް އެ މަސައްކަތުގައި އުޅުނީ ހުރިހާ ޕާޓީއެއް އެކުވެގެންނެވެ. އޭރުގެ ވެރިކަން ކުރަމުން އައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ނޫން އެހެން ހުރިހާ ޕާޓީތަކެއް ތިބީ އެކުއެކީގަ އެވެ. އެ ރޫޙާއި، އެ ޖޯޝުގައި ނުކުމެ ރައީސް ޢަބްދުﷲ ޔާމީން ކުޑަކަކޫ މައްޗަށް ތިރިކޮށްލީ، ލައްކަ ހިތްވަރު ކޮށްގެންނެވެ. އަނިޔާވެރި ސަރުކާރެއްގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ބޭނުން ނުވާތީ އެވެ.

އެއާއެކު ދެން އުފެދުނީ އިއްތިހާދުގެ ސަރުކާރެކެވެ. މިއީ ޤައުމުގައި ހަމަޖެހުން ޤާއިމު ކުރެވުނު ފަސް އަހަރެވެ. މިނިވަންކަމާއެކު ކޮންމެ ރައްޔިތަކަށްމެ، އެމީހަކަށް ލިބިފައިވާ ހައްގު ބޭނުން ކުރެވުނު ފަސް އަހަރެވެ. ކުރީގެ ފަސް އަހަރު ދުވަހު ޤައުމުގައި އޮތް ނާމާންކަމާއި، ބިރުވެރިކަމެއް މިއަދަކު ނެތެވެ. ސިޔާސީ މަޤްސަދެއްގައި ނުވަތަ ސިޔާސީ ދައުވާއެއްގައި ޖަލަށްލީ މީހަކު ނެތެވެ. ހިފާ ހައްޔަރު ކުރި، އިދިކޮޅު މަޖިލިސް މެމްބަރަކު ނެތެވެ. އަމުދުން ގޮނޑި ގެއްލުވާލި މަޖިލިސް މެމްބަރެއް ވެސް ނެތެވެ. ސަރުކާރާ ދެކޮޅު ލީޑަރުން ފްރޭމް ކުރުމުގެ ކުޑަ ވެސް ނިޝާނެއް ނެތެވެ. ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ ނޫސްވެރިޔަކު ހައްޔަރެއް ނުކުރެ އެވެ. ޖަލަކަށް ނުލަ އެވެ. ސަރުކާރުން ހިތްހަމަނުޖެހޭ ވާހަކަ ދައްކާ މީޑިއާ ސްޓޭޝަންތަކުގައި ހުޅު ރޮލެއް ނުކުރެ އެވެ. ސިޔާސީ ކަމެއްގައި ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރަށް، ޤައުމު ދޫކޮށް، އެހެން ޤައުމެއްގައި އަރުވާލެވިގެން ހުންނަން ޖެހުނު ހަމަ އެކަކު ވެސް ނެތެވެ.

މިއީ އޭރު ވެސް، އަދި މިހާރު ވެސް އެ ޕާޓީތަކުން ވާކާލަތު ކުރަމުން އަންނަ ކަންކަމެވެ. ފަސް އަހަރުގެ ވެރިކަމުގެ ދައުރު ހަމަވާން ކައިރިވެއްޖެ އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައަޅާ، ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ބޯމަތިވީއިރު، މިއަދު އަނެއްކާ އަނިޔާވެރިކަމަށް ދާން ޖެހޭ ވާހަކަ ގަދަވެއްޖެ އެވެ. އަނެއްކާ ވެސް، އިދިކޮޅު ވެރިކަމެއް އަތުވެއްޖެ ނަމަ، އެމީހުންނާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި، އާންމު މެމްބަރުންނަށް އޮތީ ކަޅު ދުވަސްތަކެކެވެ. ނާމާން ބިރުވެރި ދުވަސްތަކެއްކަން ޔަގީން ކަށަވަރެވެ. އެ ދުވަސްތައް އަލުން ދެން ބޭނުންނުވާ މީހުން، މިއަދު އަނެއްކާ ވެސް އެ ވާހަކަ ދައްކަނީ އެވެ. އެ އަނިޔާވެރިކަމުގެ ތަޖުރިބާކޮށް، އެ ހިތްދަތިކަން ތަޖުރިބާ ކޮށްފައިވާ މީހުންނެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމި އެވެ. ސަރުކާރާއެކު އޮތް ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫން ޢަބްދު ޤައްޔޫމުގެ ތާއީދާއެކު ނުކުންނެވި، އަޙުމަދު ފާރިސް މައުމޫން ވެސް ނިންމެވީ ހަމަ އެގޮތަށެވެ. އެހެން ނަމަވެސް، މި ދެބައި މީހުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ތާއީދުކޮށް، ދެ ވަނަ ބުރު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ގިނަ ބޭފުޅުން ރަސްމީކޮށް އެކަން އިއުލާން ވެސް ކޮށްފި އެވެ. މަދު ބަޔަކު އިދިކޮޅު ކެންޑިޑޭޓުގެ ފަހަތަށް ވެސް އަރައިފި އެވެ. ނަމަވެސް ތަފާތު އެބަހުއްޓެވެ.

މިއަދު، ރައީސް ޞާލިޙުގެ ފަހަތްޕުޅަށް އެރުއްވި ގިނަ ބޭފުޅުންނަކީ މީގެ ކުރިން ވެސް އަނިޔާވެރިކަމާ ދެކޮޅަށް ނުކުންނެވި ބޭފުޅުންނެވެ. އޭގެ ތެރޭގައި ޤާސިމް އިބްރާހީމްގެ އިންތިޚާބީ ބައިވެރިޔާ އަމީން އިބްރާހީމް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަޙުމަދު ސައުދު، ކުރީގެ މަޖިލިސް މެމްބަރު އިލްހާމް އަހުމަދު ފާހަގަކޮށްލެވެ އެވެ. މި ބޭބޭފުޅުންގެ ފަހަތުން، ޖުމްހޫރީ ޕާޓީ ކައުންސިލްގެ މެޖޯރިޓީ އެރުއްވީ ރައީސް ޞާލިޙުގެ ފަހަތްޕުޅަށެވެ.

ދެން ތިބި މަދު މީހުން ގުޅުނީ އިދިކޮޅާ އެވެ. އެޔަކު މާބޮޑު ހައިރާންކަމެއް ނެތެވެ. ސަބަބަކީ، އެމީހުންނަކީ ކުރީ ސަރުކާރުން އަނިޔާވެރިކަން އިސްކޮށްގެން ދިޔައިރު، އެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނެވެ. އެކަމަށް ތަރުހީބުދީ އެންމެ ގަދަޔަށް އަތް ޖެއްސެވި ބޭފުޅުންނެވެ. އެހެންކަމުން އެ ބޭފުޅުން ދާނީ ވެސް އެ ފަޅިއަށްކަން މާކުރިން ވެސް އޮތީ ސާފުވެފަ އެވެ.

ކޮންމެ ގޮތެއްވީ ނަމަވެސް، މާޒީގެ ބިރުވެރިކަން ހަނދާނުން ފޮހެލައިގެން ނުވާނެ އެވެ. އެ ނާމާންކަމާއި، ބިރުވެރިކަަމަށް އަލުން އިޔާދާވާނެ ފުރުސަތު ވެސް ދިވެހިން މިއަދު ދީގެން ނުވާނެ އެވެ. އަނެއްކާ ވެސް ހިތްދަތި ދުވަސްތައް މަގުމަތީގައި ނުވަތަ ޖަލުގެ ކުޑަ ގޮޅީގައި ހޭދަކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޤައުމު ވިއްކާލުމާ މުއިއްޒު ދެކޮޅު، ނަމަވެސް މިހާރުވެސް 2 ރަށެއް ދިވެހިންނަށް ގެއްލިދާނެ ކަމުގެ ބިރުހީވެފައި!

ޤައުމު ވިއްކާލުމާ މުއިއްޒު ދެކޮޅު، ނަމަވެސް މިހާރުވެސް 2 ރަށެއް ދިވެހިންނަށް ގެއްލިދާނެ ކަމުގެ ބިރުހީވެފައި!

09 ސެޕްޓެމްބަރު 2020
ބްރޯޑްކޮމްގައި މިހާރުވެސް އޮތީ "އަބުރުފުޅުގެ" ކޮންޓްރޯލް، ދިފާއުކުރައްވަނީ ބޭއިންސާފު!

ބްރޯޑްކޮމްގައި މިހާރުވެސް އޮތީ "އަބުރުފުޅުގެ" ކޮންޓްރޯލް، ދިފާއުކުރައްވަނީ ބޭއިންސާފު!

25 އޯގަސްޓު 2020
އޭރުވެސް ހުސްވާހަކަ، އަނެއްކާވެސް ބަނދިވަރު ފެށީތަ؟

އޭރުވެސް ހުސްވާހަކަ، އަނެއްކާވެސް ބަނދިވަރު ފެށީތަ؟

19 ޖެނުއަރީ 2020
ޤާސިމް އިބްރާހިމް: އޭރުވެސް މިހާރުވެސް ޓެކްސް ނެގުމާއި ދެކޮޅު!

ޤާސިމް އިބްރާހިމް: އޭރުވެސް މިހާރުވެސް ޓެކްސް ނެގުމާއި ދެކޮޅު!

17 އޮކްޓޯބަރު 2019
މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް

މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް

13 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު