Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަމުގެ މައްސަލަ

މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ ރައްޔިތުންނަށް ގޯތި ދޭ ސްކީމް މިރޭ ހުޅުވާލަނީ - ގޯތި ދޭ ތަންތަނުގެ ތެރޭގައި އުތުރު ތިލަފަޅު

ހަމަހަމަކަަމާއެކު ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 17:43
ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހާގައި ބާއްވާ ކެމްޕެއިން ޖަލްސާ

ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހާގައި ބާއްވާ ކެމްޕެއިން ޖަލްސާ

މާލޭގައި އުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބިން މިލްކު ކުރެވޭ ސްކީމް, މިރޭގެ ވަގުތެއްގައި ހުޅުވާލާނެކަން ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު އިއުލާންކުރައްވައިފިއެވެ.

އެމަނިކުފާނު އެކަން އިއުލާންކުރެއްވީ، ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހާގައި ކުރިއަށްގެންދިޔަ ޖަލްސާގައެވެ. މާލޭ ދަފްތަރުގައި ޖެހިފައިވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނާއި، މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ އެންމެންނަށް ގޯއްޗާއި ފްލެޓް ދެއްވާނެކަމަށާއި، އެކަމާއި ގުޅޭ ސިޔާސަތު ވަނީ އެކުލަވާލައި ނިމިފައި ކަމަށް ރައީސް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ހޮނިހިރު ދުވަހުގެ ރޭ، އެ ސްކީމްގެ ތަފްސީލްތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެ ސްކީމްގެ ދަށުން، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި އެންމެންނާއި، މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް ތަފާތުކުރުމެއް ނެތި ބިން މިލްކު ކުރެވޭނެ ކަމަށެވެ. އެ ސްކީމްގެ ދަށުން، ބިން މިލްކުކުރުމުގެ ފުރުސަތު ލިބިގެންދާއިރު، އެ ސްކީމްގެ ދަށުން ގޯތިދޭ އެއް ފަޅަކީ އުތުރު ތިލަފަޅުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެތަނުގައި ދިރިއުޅޭނީ ދިވެހިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އުތުރު ތިލަފަޅުގައި އިންޑިއާގެ ސިފައިން ބައިތިއްބާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ މި ސަރުކާރާމެދު ތުހުމަތުތަކެއް ކޮށްފައެވެ. ރައީސް އެ މޭރުމުން އެ ވާހަކަ ފާހަގަކުރެއްވީ މި ސަބަބާ ހުރެއެވެ.

ހަމަހަމަކަަމާއެކު ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށްވާއިރު، އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމް ފާހަގަކޮށްލެވެއެވެ. ރައީސް ވަނީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް އެކަމާ ގުޅުންހުރި ސިޔާސަތުތައް މި ސަރުކާރުން އެކުލަވާލާފައި ވާކަން މީގެ ކުރިންވެސް ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތް ކުރަމުން ދަނީ ރޭވުންތެރިކަމާއެކު، ޕްލޭނެއްގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު