Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19

ކޮވިޑް ޖެހި ގިނަދުވަސްވާ މީހުންގެ އެމްއާރުއައި ސްކޭންތަކުން އައު ހޯދުންތަކެއް ފެނިއްޖެ

ސްކޭންތަކުން ދައްކާގޮތުން، ސިކުނޑީގެ އާދަޔާއި ހިލާފު ކަންކަން ފެނުމުގެ ފުރުސަތު 3 ގުނަ ބޮޑު

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 07:59
ކޮވިޑްޖެހި އެޑްމިޓްކޮށްފައިވާ މީހުން

ކޮވިޑްޖެހި އެޑްމިޓްކޮށްފައިވާ މީހުން

ކޮވިޑް 19 ޖެހި ސީރިއަސް ވިނަމަ އެމީހެއްގެ އެތެރޭގެ މުހިންމު ގުނަވަން ތަކަށް ގެއްލުންވެފައި ހުރުން ގާތް ކަމަށް މިކަމާބެހޭގޮތުން ހެދި އައު ސްޓަޑީ އަކުން ދައްކައިފި އެވެ. މިފަދަ ބަލިމީހުންގެ އެމް.އާރު އައި ސްކޭނުން، ފުއްޕާމޭ ސިކުނޑި އަދި ކިޑްނީ ފަދަ ގުނަވަންތަކަށް ގެއްލުން ވެފައި ހުރުމުގެ ފުރުސަތު، ކޮވިޑް ނުޖެހޭ މީހުންނަށް ވުރެ ތިންގުނަ ބޮޑުކަމަށް އެސްޓަޑީ އިން ހާމަ ވެފައި ވެއެވެ. މިގޮތުން ބޮޑަށް ގެއްލުން ވެފައިވަނީ ބޮޑަށް ބަލި ޖެހުނު މީހުންނަށެވެ.

ކޮވިޑް ޖެހި އެއަށް ފަހު ތަހައްމަލް ކުރަންޖެހޭ ތަފާތު ސިއްހީ މައްސަލަ ތަކަށް ކިޔަނީ "ލޯންގ ކޮވިޑް" އެވެ. މިސްޓަޑީ ހެދި ފަރާތްތަކުން އުންމީދު ކުރަނީ އިގިރޭސިވިލާތުގެ އިތުރުން އެހެންވެސް ގައުމުތަކުގައިވެސް ލޯންގ ކޮވިޑް ތަހައްމަލް ކުރަމުން ދާފަރާތްތަކަށް މި ޓެސްޓް ތަކުގެ ސަބަބުން އެދެވޭ ފަރުވާ ހޯދާދެވޭނެ ކަމަށެވެ.

ލާންސެޓް ރެސްޕިރޭޓަރީ މެޑިސިން މަޖައްލާގައި ޝާއިއު ކޮށްފައިވާ ސްޓަޑީގައި، ކޮވިޑް 19 ޖެހި ހާލު ސީރިއަސް ވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނު 259މީހެއްގެ ޓެސްޓް ތައް ދިރާސާ ކޮށްފައި ވެއެވެ. ސްޓަޑީގައި ބުނާގޮތުން އެމީހުން ހޮސްޕިޓަލުން ދޫކޮށްލިތާ 5މަސް ފަހުން ހެދި އެމްއާރުއައި ސްކޭން ތަކުން ފާހަގަކޮށްލެވޭފަދަ ބަދަލެއް، ނުވަތަ ގެއްލުމެއް، ކޮވިޑް ނުޖެހޭ ބަޔެއްގެ ސްކޭންތަކާ އަޅާބަލާއިރު، މުހިންމު ގުނަވަންތަކަށް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ. އެންމެ ބޮޑަށް ބަދަލު އައިސްފައިވަނީ ފުއްޕާމެޔަށެވެ. މިގޮތުން ފުއްޕާމެޔަށް ގެއްލުން ވުމުގެ ފުރުސަތު 14 ގުނަޔަށް އިތުރު ކަން އެފަރާތްތަކުން ފާަހަގަ ކޮށްފައި ވެއެވެ. ސިކުޑިއަށް ގެއްލުން ލިބިފަހުރުން ތިންގުނަ އިތުރު ކަމަށާ އަދި ކިޑްނީ އަށް ގެއްލުން ލިބިފަ ހުރުންވެސް ދެގުނަޔަށް އިތުރު ކަން އެމްއާރުއައި ސްކޭންތަކުން ހާމަވާކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ހިތަށާ ލިވަރޔަށް މާބޮޑު ބަދަލެއް އަންނަކަން ފާހަގަ ކުރެވިފައި ނުވާކަމަށް ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު