Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިޒާމު ބަދަލުކުރުމާގުޅޭ ވޯޓު

ނިޒާމު ބަދަލުކުރުމާގުޅޭ ފެންނަ ނުފެންނަ ވޯޓު އޮކްޓޯބަރު 29 ގައި ނަގާނެ: ފުވާދު

ނިޒާމީ ވޯޓު ނެގުމަށް ހޭލުންތެރި ކުރުވުމަށް ބަޖެޓު ބޭނުންވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 06:52
އީސީގެ ރައީސް ފުވާދު ތައުފީޤު

އީސީގެ ރައީސް ފުވާދު ތައުފީޤު

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން އެކަން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި އީސީގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، ކޮމިޝަނުގައި މަޝްވަރާ ކުރެވިފައި އޮތީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ވޯޓު ނެގުމަށް ކަމަށެވެ.

އަދި ނިޒާމީ ވޯޓު ނެގުމަށް ހޭލުންތެރި ކުރުވުމަށް ބޭނުންވާ ބަޖެޓު ލިބިއްޖެނަމަ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނިމުމާއެކު ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ފެށިގެންދާނެކަމަށް ފުވާދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބްރައީސް އިސްމާއިލް ޙަބީބް ވިދާޅުވީ، ނިޒާމީ ވޯޓު ނަގާއިރު ނަގާ މައުޟޫއަކީ ކޮބައިކަން އެނގެންޖެހޭ ކަމަށާއި އީސީން ރައްޔިތުންގެ ގާތުގައި އަހަންޖެހޭ ސުވާލަކީ ކޮބައިތޯ އޮޅުން ފިލުވުމަށް އެދި މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.

އަދި ނިޒާމީ ވޯޓާއި ގުޅޭ ސުވާލާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރަން ޖެހޭ ކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

އޭގެ އިތުރުން، ނިޒާމީ ވޯޓާއިމެދު ކޮމިޝަނުން ތައްޔާރަށް އޮތްނަމަވެސް ޤާނޫނީ ގޮތުން އޮޅުން ފިލުވަންޖެހޭ ކަންތައްތައް އަދިވެސް އެބަހުރި ކަމަށް ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ، މިފަދަ ވޯޓެއް ނަގާއިރު، ކޮމިޝަނުން އަމަލުކުރަން ޖެހޭ ގޮތުގެ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޤަވާއިދު ގެޒެޓު ކުރެވިގެންދާނެކަމަށް ޙަބީބް ވިދާޅުވިއެވެ.

ޙަބީބުގެ ވާހަކައިގައި ވަނީ ނިޒާމީ ވޯޓެއް ނަގާއިރު އެކަމަށް ބަޖެޓްވެސް ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ވޯޓެއް ނަގަން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވެ ތިބުމަށްޓަކައި އެފަދަ އިންތިހާބަކަށް ބޭނުންވާނެ ބަޖެޓަށް އެދުމުން މަޖިލީހުން މީގެ ކުރިންވެސް އެއްބާރުލުން ދީފައިނުވާކަމަށް ޙަބީބް ފާހަގަ ކުރެއްވިއެވެ.

އީސީން އެކަމަށް މަޖިލީހުގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ އެކު މިދިޔަ އަހަރު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު