Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 13:31
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ޕީޕަލް މެގަޒިން
މަސީހުގެ އިތުބާރު މައްސަލަ
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލައިފި
މި މައްސަލަ ބޭރުކޮށްލާފައިވަނީ ހަތަރު މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅިގެން
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 24 ވަނަ ދުވަހަށް ތާވަލް ކުރުމަށް ވަނީ ހަމަޖެހިފައި
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ޖުލައި 3 ވަނަ ދުވަހު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

 މިގޮތަށް ކަނށައަޅާފައިވަނީ  އިސްދޫ ދާއިރާގެ މެންބަރުގެ ސޮއި ގެންދަވާ، އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ 45 މެންބަރުންގެ ތެރެއިން އިތުރު ހަތަރު މެންބަރުން މެންބަރު ކަމުގެ މަޤާމު ގެއްލިފައިވާތީ، މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެންބަރުންގެ އަދަދު އުނިވެފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސޮއި ކުރައްވާފައިވާ މި ސިޓީގައިވަނީ 45 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުވާރުގެ މައްސަލަ ހުށަހެޅިފަހުން ސުޕްރީމް ކޯޓުން ނެރުނު ހުުކުމްގައިވާގޮތުގެ މައްވަށް ރިޔާއަތް ކުރާ އިރު މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ގޮޑިއާ އެކު 4 މެންބަރުންގެ ގޮޑި މިމަހުގެ 18 ވަނަ ދުވަހު ހުސްވެފައިވާކަން ޔަގީންވެފައިވާ ކަމަށެވެ.

މީގެ އިތުރުން ބައި-އިލެކްޝަން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ175  މާއްދާގެ (ހ) އާއި (ށ)ގެ ދަށުން  ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެންބަރުންގެ އަދަދު ހަމަނުވާ ކަމަށް މި ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، މަޖިލީހަށް ހުށަަހަޅާފައިވަނީ ޖޫން 3 ވަނަ ދުވަހު އެވެ. މަޖިލީހުން 45 މެންބަރުންގެ ސޮޔާއި އެކު އެ މައްސަލަ ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ 11 މެންބަރުންވެސް ހިމެނެ އެވެ. އޭގެ ތެރެއިން 10 މެންބަރުންވަނީ އެޕާޓީން ވަކި ވުމަށް ސިޓީ ހުށަހަޅާފަ އެވެ.

މި މައްސަލަ ހުށަހަޅާފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީން ކެނޑުމުން މަޖިލީހުގެ މެންބަރުކަން  ގެއްލޭނެ ކަމަށް ކަނޑައަޅައި ގާނޫނު އަސާސީ މާނަ ކޮށްދިނުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅި މައްސަލަ އެގޮތަށް ސުޕްރީމް ކޯޓުން ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

މި ހުކުމް ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ނުވަތަ "އެންޓިޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އަދި އެ ގާނޫނު ފާސްވަންދެން  ޕާޓީ އިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 ޖުލައި 2017 | ބުރާސްފަތި 13:50
ބަޓަރު
މަކަރާއި ޖަހައިގެން މަޖިލިސް ކާލާފަ ތިއޮތީ،...،،
20 ޖުލައި 2017 | ބުރާސްފަތި 13:42
ހަރާން މަކުނު
ހަރާން މަކުނު ސައްކެޔޮ ގަހަށް ސަވާރުވެ އިނދެގެން ކިތަންމެ ވަރަކަށް ސައްކެޔޮ ކެޔަސް ތިޔަކެވެނީ ބަލަ ޒައްޤޫމޭ. ހަރާން މަކުނާ މަގޭ ގަހުން ފައިބާށޭ. ފައިބާށޭ ނުފައިބައިފިއްޔާ ގަސްކަނޑާ ވައްޓާލައިގެންވެސް ޙަރާމް މަކުނު ސައްކެޔޮ ގަހުން ބާލާނަމޭ، ބާލާނަމޭ! ޙަރާން މަކުނު ލަދުހަޔާތުގެ ކަންފުޅު ނެތަސް ބާލާ ދުވަހުން އިންސާފުގެ ގޮޅިއަށް ފައްތާނަމޭ. ފައްތާނަމޭ!!! ޙަރާން މަކުނާ ފައިބާށޭ. ފައިބާށޭ. އޭގެ ކުރިން ފައިބާށޭ!!!