Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

މިހާރުގެ ޓްރެންޑަކީ ފާހަގަ މާގަދައަށް ފެވުން، އެގޮތަށް ފާހަގަ ފަވާނަމަ އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ނުބަލާނެ: އީސީ

23 ސެޕްޓެމްބަރު 2023 | ހޮނިހިރު 07:41

ވޯޓު ކަރުދާހުގައި ޖަހާނީ އެންމެ ފާހަގައެއް، އިތުރަށް ފަވާގެން ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 07:41
ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގެ ވޯޓު ގުނުމުގެ މަސައްކަތުގެ ތެރެއިން

ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގެ ވޯޓު ގުނުމުގެ މަސައްކަތުގެ ތެރެއިން

މިހާރުގެ ޓްރެންޑަކީ ފާހަގަ މާގަދައަށް ފެވުން ކަމަށާއި، އެގޮތަށް ފާހަގަ ފަވާނަމަ އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ނުބަލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު އީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ބާތިލް ވޯޓާއި ސައްހަ ވޯޓު ކަނޑައެޅުމުގައި ބައެއް އޮފިޝަލުން އަމަލުކޮށްފައިވަނީ އެކި ގޮތަށް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހަބީބު ވިދާޅުވީ މޮނިޓަރުންނާއި އޮބްޒާވަރުންގެ ނުފޫޒާ ހެދި ސައްހަ ވޯޓު ބާތިލް ވޯޓަކަށް ބަދަލުކުރުމުގެ ކަންކަން ހިނގާފައިވާ ކަމަށެވެ. އަދި މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ވޯޓު މަރުކަޒުތަކުގައި މަސައްކަތް ކުރާ އޮފިޝަލުންނަށް ޚާއްސަކޮށްގެން ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމްގައި ބާތިލް އަދި ސައްހަ ވޯޓު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދެމުންދާ ކަމަށާއި، ވަރަށް ރަނގަޅަށް ތަމްރީން ކުރަމުންދާ ކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ ކުރީގެ އިންތިޚާބުތަކުގައި ހިނގާފައިވާ ކަންތައްތަކަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ ވޯޓު ކަރުދާހުގައި ކުރީގައި ދެ ފާހަގަ ޖެހުމާއި، އެކި ކުލަކުލައިގެ ފާހަގަ ޖެހުން ވަރަށް ބޮޑަށް އާއްމުވި ކަމަށެވެ. އެއީ ބާތިލް ވޯޓުގެ ގޮތުގައި ގާނޫނުން ވެސް ކަނޑައަޅާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރުގެ ޓްރެންޑަކީ މާގަދައަށް ފާހަގަ ފެވުން ކަމަށާއި، އެގޮތަށް ފާހަގަ ފަވާނަމަ އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ނުބަލާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ ވޯޓު ކަރުދާހުގައި ޖަހާނީ އެންމެ ފާހަގައެއް ކަމަށާއި، އިތުރަށް ފާހަގަ ފަވައިގެން ނުވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ 2023 ގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާއަށް ބަލާލާއިރު އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 282،395 މީހުންގެ ތެރެއިން 225،486 މީހުންނެވެ. އެއީ 79.85 އިންސައްތައެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން 4،835 ވޯޓަކީ ބާތިލު ވޯޓެވެ. އަދި ޞައްހަ ވޯޓުގެ އަދަދަކީ 220،651 އެވެ.

އިންތިޚާބުގެ ނަތީޖާދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ލިބިވަޑައިގެންފައިނުވާތީ މިމަހުގެ 30 ވަނަ ދުވަހު ވޯޓުގެ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ.

އީސީން ބުނީ އިންތިޚާބަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. ސުލްހަވެރިކަމާއެކު އިންތިޚާބުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމުގައި އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 މެއި 2017

ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ނައިފަރުގައި އާއިލީ ހަވީރެއް ބާއްވައިފި

17 މެއި 2017
ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ނައިފަރުގައި އާއިލީ ހަވީރެއް ބާއްވައިފި
13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
29 މާރިޗު 2017

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި

29 މާރިޗު 2017
ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި
25 މާރިޗު 2017

އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

25 މާރިޗު 2017
އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ
24 މާރިޗު 2017

އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު

24 މާރިޗު 2017
އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް