Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ އެއްބަސްވުން ޒަވީ އައު ކޮށްފި

23 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:44

މިހާރު ބާސެލޯނާ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:44
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެއިންގެ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 43 އަހަރުގެ ޒަވީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެއީ ކުރިން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ ރޮނާާލްޑް ކޫމަން މަގާމުން ވަކި ކުރަން ނިންމުމާއެކު އެވެ. ބާސެލޯނާ އާއެކު ޒަވީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2024 ވަނަ އަހަރު އެވެ. އެ މުއްދަތު ހަމަވާން ބާކީ އަހަރެއް އޮތްއިރު، ބާސެލޯނާ އިން މީގެ ކުރިން ވެސް ނިންމާފައި ވަނީ ޒަވީގެ އެއްބަސްވުން އައު ކުރުމަށެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުން ނެރެމުން އަންނަ ނަތީޖާއާމެދު ކުލަބުގެ ވެރިން ހިތްހަމަ ޖެހޭތީ އެވެ.

ބާސެލޯނާގެ އެއްބަސްވުން ޒަވީ އައު ކޮށްފައި ވަނީ އިތުރު އެއް އަހަރު ދުވަހަށެވެ. އެހެންކަމުން، މިހާރު ބާސެލޯނާ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ މުއްދަތަށްފަހު، އިތުރު އެއް އަހަރަށް އެއްބަސްވުން ދަންމާލުމުގެ ފުރުސަތު ވެސް މިހާރު ބާސެލޯނާ އަށް އޮންނާނެ އެވެ. ބާސެލޯނާ އިން ޒަވީގެ އެއްބަސްވުން އައު ކޮށްފައި ވަނީ ހުކުރު ދުވަހު އެވެ. އެ ރަސްމިއްޔާތުގައި ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާގެ އިތުރުން ނައިބު ރައީސުން އަދި ޑައިރެކްޓަރު ވެސް ވަނީ ބައިވެރިވެފަ އެވެ.

ބާސެލޯނާގެ ކޯޗުކަމާ ހަވާލުވެ، 94 މެޗުގެ ތެރޭގައި ޒަވީ ވަނީ އެ ކުލަބަށް ދެ ތަށި ކާމިޔާބުކޮށްދީފަ އެވެ. އެއީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް އެވެ. ބާސެލޯނާގެ ކޯޗުކަމުގައި ޒަވީ އަންނަނީ ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ. މިހާތަނަށް ބާސެލޯނާގެ އެކަޑަމީގެ 12 ކުޅުންތެރިޔަކަށް ވަނީ ސީނިއާ ޓީމުން ފުރުސަތު ދީފަ އެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް