Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހުގެ ވައުދުފުޅުތައް ކޮޕީކުރެއްވުން

ޑރ. މުއިއްޒު ރަނގަޅަށް ކުރައްވާ އެއްކަމެއް އެބައޮތް، އެއީ ރައީސް ސާލިހުގެ ވައުދުފުޅުތައް ކޮޕީ ކުރެއްވުން: އިއާދު

ޑރ.މުއިއްޒުގެ މެނިފެސްޓޯގައި އުފެއްދުންތެރި އެއްވެސް ހިޔާލެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 22 ސެޕްޓެމްބަރު 2023 | ހުކުރު 09:22
އަދާލަތު ޕާޓީގެ ނާއިބު ރައީސް އިއާދު ހަމީދު ވާހަކަފުޅުދައްކަވަނީ

އަދާލަތު ޕާޓީގެ ނާއިބު ރައީސް އިއާދު ހަމީދު ވާހަކަފުޅުދައްކަވަނީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ރަނގަޅަށް ކުރައްވާ އެއްކަމެއް އެބައޮތް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅުތައް ކޮޕީ ކުރެއްވުން ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕޭން ޖަލްސާގައި އިއާދު ވިދާޅުވީ މާޒީއަށް ބަލާއިރު، ޑރ.މުއިއްޒު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ ފުއްދަވާނެ ވައުދުފުޅުތަކެއް ނޫން ކަމަށެވެ. ނަމަވެސް އެބޭފުޅާ މިހާރު ވަރަށް ރަނގަޅަށް ކުރައްވާ އެއް ކަމެއް އެބައޮތް ކަމަށާއި، އެއީ ރައީސް ސާލިހުގެ ވައުދުފުޅުތައް ކޮޕީ ކުރެއްވުން ކަމަށް އިއާދު ވިދާޅުވިއެވެ.

އެގޮތުން ހައުސިިން ލޯނު 6 ޕަސެންޓް އަށް ދޫކުރާނެ ކަމަށް ރައީސް ސާލިހު ވިދާޅުވެފައިވަނިކޮށް، 5 ޕަސެންޓްގައި ހައުސިން ލޯނު ދޫކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށް އިއާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަމަޟާން މަހުގެ ފަހު 10 ގައި ވޯކިން ފްރޮމް ހޯމް ހަމަޖައްސަވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވުމުން، ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ރައީސް ސާލިހުގެ ގިނަ ވައުދުފުޅުތަކެއް ޑރ.މުއިއްޒު ކޮޕީ ކުރައްވާ ކަމަށް އިއާދު ވިދާޅުވިއެވެ.

އިއާދު ވިދާޅުވީ ޑރ.މުއިއްޒުގެ މެނިފެސްޓޯގައި އޮރިޖިނަލް އުފެއްދުންތެރި އެއްވެސް ޚިޔާލެއް ނެތް ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތް ކުރައްވައި އިއާދު ވިދާޅުވީ މިމައްސަލައަށް ހައްލު ހޯދުމަށް ރައީސް ސާލިހާއެކު ކުރިއަށްދާން ޖެހޭ ކަމަށެވެ. ވެރިކަން ބަދަލުވެއްޖެނަމަ އެމަނިކުފާނު ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓާލާނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދާނެ ކަމަށެވެ.

އިއާދު ވިދާޅުވީ ޑރ.މުއިއްޒު 7 އަހަރު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދީފައިނުވާ ކަމަށާއި، މާލޭގެ ރައްޔިތުންނަށް ގޯތި ނުދީ ހުއްޓުވާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމުގައި ވެސް ދޫކުރި ފްލެޓްތައް ދޫކޮށްފައިވަނީ ނުހައްގުން ވަކި ބޭފުޅެއް ދިން ލިސްޓަކަށް ކަމަށް އިއާދު ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން އެއްވެސް ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި ފްލެޓާއި ގޯތި ދޫކުރަމުންދާ ކަމަށް އިއާދު ވިދާޅުވިއެވެ.

މީގެ އިތުރުން އިއާދު ވިދާޅުވީ އޭރު ތަރައްޤީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ ފައިސާއިން އިސްރާފުވާ ގޮތަށް ކަމަށެވެ. އެގޮތުން ރަސްފަންނުގައި އެޅި ދުވާ ޓްރެކާއި ޕާކިސް ސިސްޓަމްތަކުން ރައްޔިތުންނަށް ފައިދާ ނުކުރާ ކަމަށް އިއާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާމީ މަރުކަޒުގެ ބޭރުގައި ޖެހި މާބުލްތަކާއި، ސިނަމާލެ ބްރިޖްގެ ދެ ލޭނާއި، ދަރުމަވަންތަ ހޮސްޕިޓަލްގެ އެއް އިމާރާތަށް ވީ ގޮތް މިއަދު ރައްޔިތުންނަށް އެނގޭ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކަމަށް ވިސްނުމަށްފަހު ޤައުމު ރަނގަޅު މިސްރާބަކަށް ގެންދާނެ ވެރިއަކީ ރައީސް ސާލިހު ކަމަށްވާތީ، އެމަނިކުފާނަށް ވޯޓު ދިނުމަށް އިއާދު ވަނީ އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު