Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެނެޑާ

ތިމާވެށީގެ ގަވާޢިދުތަކަށް ބޯނުލަނބާ ކަމަށްބުނެ 256 ހާހަށްވުރެ ގިނަ ޑޮލަރުން ޓީސީއެނާޖީ ޖޫރިމަނާކޮށްފި

ޓީސީ އެނާޖީ ކޯޕަރޭޝަނަކީ ކެނެޑާގެ ހަކަތައިގެ ބޮޑު ކުންފުންޏެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 22 ސެޕްޓެމްބަރު 2023 | ހުކުރު 05:21
ޓީސީ އެނާޖީ ކޯޕަރޭޝަން

ޓީސީ އެނާޖީ ކޯޕަރޭޝަން

ޓީސީ އެނާޖީ (ޓީއާރުޕީ) އިން ހަދަމުން އަންނަ ގުދުރަތީ ގޭސް ޕައިޕްލައިން ކަމަށްވާ ކޯސްޓަލް ގޭސްލިންކް ބްރިޓިޝް ކޮލަމްބިއާ އިން ޖޫރިމަނާކޮށްފި އެވެ.

ޓީސީ އެނާޖީ ކޯޕަރޭޝަނަކީ ކެނެޑާގެ އަލްބާޓާގެ ކެލްގަރީގައި ހުންނަ ޓީސީ އެނާޖީ ޓަވަރު އިމާރާތުގައި ހުންނަ އުތުރު އެމެރިކާގެ ހަކަތައިގެ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނިން ހިންގާ މައިގަނޑު ތިން ވިޔަފާރިއަކީ ނެޗުރަލް ގޭސް ޕައިޕްލައިންސް އާއި ލިކުއިޑްސް ޕައިޕްލައިންސް އަދި އެނާޖީ އެވެ.

ކެނެޑާގެ ޕްރޮވިންސެއް ކަމަށްވާ ބްރިޓިޝް ކޮލަމްބިއާ އިން ބުރާސްފަތި ދުވަހު ބުނީ ތިމާވެށީގެ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރާތީ 346،000 ކެނޭޑިއަން ޑޮލަރު (256،810 ޔޫއެސް ޑޮލަރު) އިން އެކުންފުނި ޖޫރިމަނާކުރި ކަމަށެވެ.

ބްރިޓިޝް ކޮލަމްބިއާގެ އެންވަޔަރަމެންޓަލް އެސެސްމަންޓް އޮފީހުން ކޯސްޓަލް ގޭސްލިންކް ޖޫރިމަނާކޮށްފައިވަނީ ދެ މައްސަލައަކަށް ރިޢާޔަތްކޮށެވެ. އެގޮތުން ފުރަތަމަ 340،000 ކެނޭޑިއަން ޑޮލަރުން ޖޫރިމަނާކުރީ ރަށް ގިރުމާއި ސެޑިމެންޓް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް މަދުވުމުންކަމަށް ބުނެއެވެ. ދެން އޭގެއިތުރުން ޖޫރިމަނާކޮށްފައިވަނީ މެއިންޓެނެންސް އިންސްޕެކްޝަން ރެކޯޑްތަކާ ގުޅޭ "ދޮގު އަދި އޮޅުވާލާ" މައުލޫމާތު ފޯރުކޮށްދިނުމުން ކަމަށްބުނެ 6،000 ކެނޭޑިއަން ޑޮލަރުންނެވެ.

މި އަމަލުތައްތައް ފާހަގަކުރެވިފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހާއި މެއި މަހު ޕައިޕްލައިން ކޮންސްޓްރަކްޝަން ރޫޓުގައި ކުރިއަށް ގެންދިޔަ މަލްޓި ޑޭ ހަތަރު އިންސްޕެކްޝަނެއްގެ ތެރެއިންނެވެ.

ކޯސްޓަލް ގޭސްލިންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް އީއޭއޯއަށް ދީފައިވާ އެޑްމިނިސްޓްރޭޓިވް ކޮންޓްރެކްޓާ ރެކޯޑް ތަފާތުވުމުގެ ސަބަބުން ރިޕޯޓިން ގޯހެއް ދިމާވި ކަމަށެވެ. މިއީ އެކުންފުންޏަށް ނޭނގި ހިނގާދިޔަ ހިތާމަވެރި ގޯހެއްކަމަށް އެކުންފުނިން ވަނީ އެއްބަސްވެފައެވެ.

ކޯސްޓަލް ގޭސްލިންކުން ހުޅަނގު އުތުރު ބްރިޓިޝް ކޮލަމްބިއާގެ ގޭސް ފީލްޑްތައް ގުޅާލަން ނިންމާފައިވާއިރު، މި ޖޫރިމަނާއަކީ މައްސަލަ ޖެހިފައިވާ ޕްރޮޖެކްޓުން ދައްކާފައިވާ މާލީ ޖޫރިމަނާތަކުގެ ތެރެއިން އެންމެ ފަހުގެ ޖޫރިމަނާއެވެ.

ޕްރައިވެޓް އިކުއިޓީ ފާމް ކޭކޭއާރް (ކޭކޭއާރް) އާ ގުޅިގެން ހިންގާ 670 ކިލޯމީޓަރު (416 މޭލު) ގެ ޕައިޕްލައިން އާއި އަލްބާޓާ އިންވެސްޓްމަންޓް މެނޭޖްމަންޓް ކޯޕަށް، ލަސްވުމާއި ހަރަދުބޮޑުވުމުގެ ސަބަބުން ވަނީ މާލީ ހީނަރުކަން ކުރިމަތިވެފަ އެވެ.

މިޖޫރިމަނާ ތަކާއެކުވެސް ކޯސްޓަލް ގޭސްލިންކުން ބުނީ 94 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި މިއަހަރުގެ ފަހުކޮޅު މެކޭނިކަލް މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް 14.5 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ފުރަތަމަ އަންދާޒާކުރި އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2023

އޮޕަރޭޝަނެެއް ކަމަށްބުނެ ޔަހޫދީ ހަރުކަށި ސިފައިން އައްޝިފާ ހޮސްޕިޓަލަށް ވަދެގަނެފި

15 ނޮވެމްބަރު 2023
އޮޕަރޭޝަނެެއް ކަމަށްބުނެ ޔަހޫދީ ހަރުކަށި ސިފައިން އައްޝިފާ ހޮސްޕިޓަލަށް ވަދެގަނެފި
26 ޖުލައި 2023

ސެކިއުރިޓީގެ ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ އިންޑިއާއިން ޗައިނާގެ ބީވައިޑީ ކުންފުނީގެ 1 ބިލިއަން ޑޮލަރުގެ ހުށަހެޅުން ރިޖެކްޓް ކޮށްލައިފި

26 ޖުލައި 2023
ސެކިއުރިޓީގެ ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ އިންޑިއާއިން ޗައިނާގެ ބީވައިޑީ ކުންފުނީގެ 1 ބިލިއަން ޑޮލަރުގެ ހުށަހެޅުން ރިޖެކްޓް ކޮށްލައިފި
11 ޖޫން 2022

އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތައް އެކަށޭނެ މިންވަރަށް ނުލިބޭކަމަށްބުނެ މުޒާހަރާކޮށްފި

11 ޖޫން 2022
އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތައް އެކަށޭނެ މިންވަރަށް ނުލިބޭކަމަށްބުނެ މުޒާހަރާކޮށްފި
17 އޮކްޓޯބަރު 2021

ޗައިނާއިން ބުނާހާ އެއްޗަކަށް ޓައިވާނުން ބޯނުލަނބާނެ

17 އޮކްޓޯބަރު 2021
ޗައިނާއިން ބުނާހާ އެއްޗަކަށް ޓައިވާނުން ބޯނުލަނބާނެ
15 ސެޕްޓެމްބަރު 2021

އަންހެނުންގެ ހައްގުތައް ދޭނެ ކަމަށްބުނެ ޠާލިބާނުންވެފައިވާ ވައުދާ އަންނަނީ ޚިލާފުވަމުން

15 ސެޕްޓެމްބަރު 2021
އަންހެނުންގެ ހައްގުތައް ދޭނެ ކަމަށްބުނެ ޠާލިބާނުންވެފައިވާ ވައުދާ އަންނަނީ ޚިލާފުވަމުން
26 ފެބުރުއަރީ 2019

ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރާ މެކްސިކޯގެ މީހަކު މަރާލުމާއި ގުޅިގެން އެތައްބަޔަކު މުޒާހަރާ ކޮށްފި

26 ފެބުރުއަރީ 2019
ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރާ މެކްސިކޯގެ މީހަކު މަރާލުމާއި ގުޅިގެން އެތައްބަޔަކު މުޒާހަރާ ކޮށްފި
10 ސެޕްޓެމްބަރު 2018

އައިސީސީގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅުއަޅާނެކަމަށްބުނެ އެމެރިކާއިން ބިރުދައްކައިފި

10 ސެޕްޓެމްބަރު 2018
އައިސީސީގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅުއަޅާނެކަމަށްބުނެ އެމެރިކާއިން ބިރުދައްކައިފި
08 ޖެނުއަރީ 2018

ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: ތެޔޮ ލީކުވެ ތިމާވެށީގެ މުސީބާތެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެ

08 ޖެނުއަރީ 2018
ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: ތެޔޮ ލީކުވެ ތިމާވެށީގެ މުސީބާތެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެ
06 ނޮވެމްބަރު 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމުން ތިމާވެށީގެ ރޮނގުން ވެސް ޗައިނާ ލީޑަރޝިޕް ނަގަނީ

06 ނޮވެމްބަރު 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމުން ތިމާވެށީގެ ރޮނގުން ވެސް ޗައިނާ ލީޑަރޝިޕް ނަގަނީ
02 ސެޕްޓެމްބަރު 2017

ނާކާމިޔާބުކޮށްލި ބަޣާވާތާ ގުޅުންހުރި ކަމަށްބުނެ ތުރުކީން ޖަރުމަނު ދެ މީހުން ހައްޔަރުކޮށްފި

02 ސެޕްޓެމްބަރު 2017
ނާކާމިޔާބުކޮށްލި ބަޣާވާތާ ގުޅުންހުރި ކަމަށްބުނެ ތުރުކީން ޖަރުމަނު ދެ މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު