Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ސިޔާސީ މަސްރަޙު

މާޒީން ފެންނަން އޮތީ އަނިޔާވެރިކަމުގެ އިންތިހާ ދުވަސްވަރެއް، އެދުވަސްތައް ނުގެނައުމަށް ރައީސް ސާލިހަށް ވޯޓު ދެއްވާ: ޝެއިހް އިލްޔާސް

އެއީ ތޫނު ހަތިޔާރުތަކުން މަގުމަތީގައި މީހުންނަށް ހަމަލާ ދިނުމާއި، މީހުން މެރުން އާއްމުވެގެންދިޔަ ދުވަސްވަރެއް

އަމްނާ އިމާދު
އަމްނާ އިމާދު | 22 ސެޕްޓެމްބަރު 2023 | ހުކުރު 04:50
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސެއިން

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސެއިން

މާޒީއަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތީ އަނިޔާވެރިކަމުގެ އިންތިހާ ދުވަސްވަރެއް ކަމަށާއި، އެދުވަސްތަކަށް އަނބުރާ ނުދިއުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓު ދެއްވުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސެއިން ގޮވާލައްވައިފިއެވެ.

އަދާލަތު ޕާޓީން އާއްމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި އިލްޔާސް ވިދާޅުވީ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަކީ އަނެއްކާ ވެސް ރާއްޖޭގެ މުސްތަޤުބަލު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިޚާބެއް ކަމަށާއި، މުސްތަޤުބަލާމެދު ވިސްނާލާއިރު އެންމެ މުހިންމު ކަމަކީ މާޒީން އިބްރަތް ހާސިލްކުރުން ކަމަށެވެ. އަދި މާޒީގެ ތެރެއަށް ފުންކޮށް ވިސްނައި ނަޒަރު ހިންގާލާއިރު ފެންނަން އޮތީ އަނިޔާވެރިކަމުގެ އިންތިހާ ދުވަސްވަރެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ މި އިންތިޚާބުގެ ދެވަނަ ބުރަށްދާއިރު، އެއްފަރާތުން މި ތަމްސީލުކުރަނީ އެ ނާމާންކަމާއި އަނދިރިކަން ކަމަށާއި ބިރުވެރިކަމާއި ނުތަނަވަސްކަމާއި އަނިޔާވެރިކަމާއި ހިތްދަތިކަން ކަމަށެވެ. އެއީ އެއްވެސް ހަމައެއް ލަމައެއްނެތި ދެބަސްވާ ކޮންމެ މީހަކު ޖަލަށްލައި ބަންދުކޮށް ނުޙައްޤުން ބޮޑެތި އަނިޔާތައް ދިނުމާއި ތޫނު ހަތިޔާރުތަކުން މަގުމަތީގައި މީހުންނަށް ހަމަލާ ދިނުމާއި، މީހުން މެރުމާއި، މީހުން ގެއްލުވާލުން ފަދަ ކަންކަން އާއްމުވެގެންދިޔަ ދުވަސްވަރެއް ކަމަށް އިލްުޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެދުވަސްވަރު ގަސްތުގައި ރާވާގެން ވިޔަފާރިތައް ބަގުރޫޓުކޮށްލުމާއި، ސަބަބެއް ނެތި މީހުން ވަޒީފާއިން ވަކިކުރުން އާއްމުވި ނާމާން ބިރުވެރި ދުވަސްތަކެއް ކަމަށާއި، ސަލާމަތީ ޚިދުމަތްތައް ސިޔާސީ ބޭނުމަށް ހަލަބޮލިކޮށް އެތަންތަނުގެ ނިޒާމު ގެއްލުވާލައި، އެމުއައްސަސާތަކާއި، އެމުވައްސަސާތަކަށް ނިސްބަތްވާ އެތައް ބައެއްގެ ގަދަރާއި ޝަރަފު، ކަރާމާތް ނަގާލި ހިތި ދުވަސްވަރެއް ކަމަށެވެ.

އިލްޔާސް ވިދާޅުވީ ޤައުމުގެ ދިފާއަށް އެއްކޮށްފައި ހުންނަ ހަތިޔާރުތައް ވެސް ނުބެހެލެހެއްޓި ސިފައިންނާއި ފުލުހުންގެ އިތުރުން ފަނޑިޔާރުގެތަކާއި މިނިވަން މުއައްސަސާތައް ހިތުހުރި ގޮތަށް ހަދާލި ދުވަސްތަކެއް ކަމަށެވެ. އަދި ނިޒާމު ގެއްލުވާލައި ރޫޅާލި އަނިޔާވެރި ދުވަސްތަކެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ މިސަރުކާރުގެ 5 އަހަރަކީ އޭގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު، އެންމެ ސުލްހަމަސަލަސްކަން ގާއިމްކުރެވިފައިވާ ފަސް އަހަރު ކަމަށެވެ.

އިލްޔާސް ވަނީ މާޒީގެ ބިރުވެރި ދުވަސްތައް އަލުން އިޔާދަވާނެ ނިންމުމެއް މި ރިޔާސީ އިންތިޚާބުގައި ނުނިންމުމަށް އެދިވަޑައިގެންފައެވެ. އަދި ގޭގައި މަޑުނުކޮށް ކުރީގެ ބިރުވެރި އަނިޔާވެރިކަން އަޔަ ނުދީ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ރައީސް ސާލިހަށް ވޯޓު ދިނުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު