Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުމުރުން ދުވަސްވީ މީހުންގެ އިނާޔަތް

އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް 7000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ރައީސް ނިންމަވައިފި

އިނާޔަތް ބޮޑުކޮށްދިނުމަށް އާއްމު ރައްޔިތުން އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 18:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހުވަދޫ ޖަގަހާގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ކެންޕޭން ޖަލްސާގައި ރައީސް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުންދާ އިނާޔަތް 5000 ރުފިޔާ ގޮތުގައި ކަނޑައަޅާފައިވަނީ ވަރަށް ކުރިން ކަމަށެވެ.

Advertisement - newsAdvertisement

މި ކެންޕޭންގެ ތެރޭގައި މި އިނާޔަތް ބޮޑުކޮށްދިނުމަށް އާއްމު ރައްޔިތުން އެދިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7000 ރުފިޔާ އިނާޔަތުގެ ގޮތުގައި ލިބޭނެ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް 7،000 ރުފިޔާއަށް ބޮޑުކުރުމަށް ރައީސް ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ ރިޓަޔަރމަންޓް އުމުރު 65 އިން 70 އަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރިޓަޔަމަންޓް އުމުރު 65 އަށް ހަމަޖައްސާފައި އޮތުމުން، އެކި ދާއިރާތަކުން ތަޖުރިބާކާރު ބޭފުޅުން ޚިދުމަތުން މާ އަވަހަށް އެކަހެރިވެވަޑައިގަންނަވަން ޖެހޭ ޝަކުވާ ބޮޑެވެ. ނަމަވެސް ރިޓަޔަވާ އުމުރު 70 އަށް މަތިކުރިޔަސް މިހާރު ގާނޫނުގައި އޮތް ގޮތަށް 65 އަހަރުގައި ވެސް ރިޓަޔާވެވޭނެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު