Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޭގަނޑު ހެލިކޮޕްޓަރު ދުއްވުން

ރޭގަނޑު ހެލިކޮޕްޓަރު ދުއްވަނީ ރޭގަނޑުގެ އޮޕަރޭޝަންތަކަށް ޕައިލެޓުން ފަރިތަވުމަށް: އެމްއެންޑީއެފް

ސ.ގަމުގައި އޮންނަ އެމްއެންޑީއެފްގެ ހެލިކޮޕްޓަރގެ ޓެސްޓް ފްލައިޓެއް ބާއްވާފައިވަނީ އެމްއެންޑީއެފްއިން ހުައްދަދީގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 01:16
އެމްއެންޑީއެފް

އެމްއެންޑީއެފް

ސ. ގަމުގައި އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުގައި އޮންނަ އެމްއެންޑީއެފް ހެލިކޮޕްޓަރ، ރޭގަނޑުގެ ވަޤުތުގައި އާދަޔާ ޚިލާފުގޮތަކަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށްބުނެ ސޯޝަލް މީޑިއާގައި ޙަޤީޤަތް އޮޅޭގޮތަށް ގެނެސްދީފައިވާ ޚަބަރާއި ގުޅޭގޮތުން އެމްއެންޑީއެފުން ކަން ހިނގާފައިވާ ގޮތް ސާފުކޮށްދީފިއެވެ.

ރޭގަނޑުގެ ވަޤުތުތަކުގައި ހެލިކޮޕްޓަރ އޮޕަރޭޓްކުރުމަކީ ސަލާމަތާއި ރައްކާތެރިކަމުގެގޮތުން ބަލާއިރު ނުރައްކާތެރިކަން ބޮޑު ކަމަކަށްވާތީ، ހެލިކޮޕްޓަރގެ އެކިއެކި އިންސްޓްރުމެންޓްސްގެ އޮޕަރޭޝަނަލް ރެޑިނަސް ހިފެހެއްޓުމަށާއި ޕައިލެޓުން ރޭގަނޑުގެ އޮޕަރޭޝަންތަކަށް އަހުލުވެރިވުމަކީ ޤަވާޢިދުން ކުރަންޖެހޭ ކަމެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވަކިން ޚާއްޞަކޮށް ހެލިކޮޕްޓަރުން ބަލިމީހުން އުފުލުމުގައި ރޭގަނޑުވެސް ދަތުރުތައް ކުރަންޖެހޭތީ، އޮޕަރޭޝަނަލް ރެޑިނަސް ހިފަހައްޓައި، ރޭގަނޑުގެ އޮޕަރޭޝަންތަކަށް ޕައިލެޓުން ފަރިތަވެ އަހުލުވެރިވުމަކީ ހެލިކޮޕްޓަރުން ދަތުރުކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތަށްވެސް ކޮންމެހެން ކުރަންޖެހޭކަމެކެވެ.

ވުމާއެކު ކަނޑައެޅޭ ތާވަލެއްގެ ތެރެއިން ދުވާލާއި ރޭގަނޑުގެ ވަޤުތުތަކުގައި ހެލިކޮޕްޓަރތައް ސްޓޭޝަން ކުރެވިފައިވާ އެމް.އެން.ޑީ.އެފްގެ އޭރިޔާ ކޮމާންޑްތަކުގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންދެވޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިގޮތުން ބުދަ ދުވަހުގެ ރޭގެ ވަޤުތެއްގައި ސ.ގަމުގައި އޮންނަ އެމްއެންޑީއެފްގެ ހެލިކޮޕްޓަރގެ ޓެސްޓް ފްލައިޓެއް ބާއްވާފައިވަނީވެސް މިއުސޫލުން އެމްއެންޑީއެފްއިން ހުައްދަދީގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު