Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަޒަރުބައިޖާން

ނަގޯނޯ-ކަރަބާޚުގައި އަޒަރުބައިޖާނުން އެޅި ފިޔަވަޅުތަކަށް ތުރުކީން ތާއީދުކުރޭ: އުރުދުޣާން

އަޒަރުބައިޖާނުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަކީ ގައުމުގެ ދިފާއުގައި ހިންގަމުންދާ އޮޕަރޭޝަނެއްކަމަށް އުރުދުޣާން ވިދާޅުވި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2023 | ބުދަ 12:06
ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން

ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން

ނަސްލީގޮތުން ވަކިވެފައިވާ ނަގޯނޯ ކަރަބާޚް ސަރަހައްދުގައި އަޒަރުބައިޖާނުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަށް ތުރުކީން ފުރިހަމައަށް ތާއީދުކުރާކަމަށް, ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީއަކީ އަޒަރުބައިޖާންގެ ޒަމާންވީ އެކުވެރިއެއް ކަމަށާއި އަރްމީނިއާއަކީ ސަރަހައްދީގޮތުން އެންމެ ބޮޑު ވާދަވެރިޔާ ކަމަށް ތުރުކީން ދެކެއެވެ.

އުރުދުޣާން މިއަދު އޮންލައިންކޮށް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އަޒަރުބައިޖާނުން އެގައުމުގެ ސަރަހައްދީ އެއްބައިވަންތަކަން ދިފާއުކުރުމަށް ގެންގުޅޭ "އެއް ގައުމެއް، ދެ ސްޓޭޓް"ގެ މޮޓޯއާއެކު މަސައްކަތް ކުރާއިރު، އަޒަރުބައިޖާނުން އެޅި ފިޔަވަޅުތަކަށް ތާއީދުކުރާ ކަމަށެވެ.

އަންކާރާއިން އަޒަރުބައިޖާނަށް ކޮމްބެޓް ޑްރޯނާއި އެހެނިހެން އަސްކަރީ އާލާތްތައް ފޯރުކޮށްދިންއިރު، މީގެ ތިން އަހަރު ކުރިން ހިނގި ކުރު، ނަމަވެސް އަނިޔާވެރި ހަނގުރާމައެއްގައި ބަކޫ ވަނީ އަޒަރުބައިޖާނުން ވަކިވި ސަރަހައްދުގެ ބޮޑު ބައެއް އަނބުރާ ހޯދައިފައެވެ.

ތުރުކީގެ ޚާރިޖީ ވުޒާރާއިން މީގެ ކުރިން ބުނެފައިވަނީ އާ އޮޕަރޭޝަން ފެށުނީ އަޒަރުބައިޖާންގެ އަސްކަރިއްޔާއާ ދެކޮޅަށް ޒަމާނުއްސުރެ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ހަތިޔާރުއެޅި ޖަމާއަތްތަކުން އަލުން ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ކަމަށެވެ.

ތުރުކީގެ ދިފާއީ ވުޒާރާއިން ބުނީ ދެވަނަ "ކަރަބާޚް ހަނގުރާމަ" ނިމުނުފަހުން ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ބިމުގެ ހާލަތާމެދު އެގައުމުން ތަކުރާރުކޮށް ފާޅުކުރަމުންދާ ސައްހަ ކަންބޮޑުވުންތަކުގެ ނަތީޖާއެއްގެ ގޮތުން، އަޒަރުބައިޖާނަށް އެގައުމުގެ އަމިއްލަ ސިޔާދަތީ ސަރަހައްދުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހިފައި ވާކަމަށެވެ.

ނަމަވެސް އަޒަރުބައިޖާނާއި އަރްމީނިއާއާ ދެމެދު ސީދާ މަޝްވަރާތަކުން ޒަމާނުއްސުރެ ހިނގަމުން ދިޔަ ހަމަނުޖެހުންތައް ދާއިމީ ގޮތެއްގައި ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް އެ ބަޔާނުގައި ވެއެވެ.

"އަޒަރުބައިޖާނާއި އަރުމީނިއާއާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުން ކަށަވަރުކުރުން.. މިއީ މި ސަރަހައްދުގައި ސުލްހައާއި އަމާންކަމާއި ތަނަވަސްކަމާއި ދާއިމީ ހަމަޖެހުން ގާއިމުކުރުމަށް އޮތް ހަމައެކަނި މަގެވެ،" ތުރުކީގެ ބަޔާނުގައި ވެއެވެ.

ތުރުކީއަޒަރުބައިޖާން

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު