Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގައި ޑި ޔޯން ހުރީ ހިތްހަމަ ޖެހިގެން

21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 01:09

ޑި ޔޯން ބުނީ، ބާސެލޯނާގެ އެއްބަސްވުން އައު ކުރުމުގެ ކަންކަން އޭނާގެ އެޖެންޓް އަންނަނީ ކުރިއަށް ގެންދަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 01:09
ބާސެލޯނާގެ ފަރިތަކުރުމެއްގައި ޑި ޔޯން ބައިވެރިވަނީ

ބާސެލޯނާގެ ފަރިތަކުރުމެއްގައި ޑި ޔޯން ބައިވެރިވަނީ

ބާސެލޯނާގައި ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ބުނެފި އެވެ.

ޑި ޔޯން މިހެން ބުނީ، ބާސެލޯނާގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އަޔެކްސް ދޫކޮށް 2019 ވަނަ އަހަރު ޑި ޔޯން ބާސެލޯނާ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، ބާސެލޯނާ އިން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ޑި ޔޯން ބުނީ، ބާސެލޯނާގެ އެއްބަސްވުން އައު ކުރުމުގެ ކަންކަން އޭނާގެ އެޖެންޓް އަންނަނީ ކުރިއަށް ގެންދަމުން ކަމަށެވެ. އެކަމުގައި ކުރަން ޖެހޭ މަޝްވަރާތަކާއި، ނިންމަން ޖެހޭ ނިންމުންތައް ނިންމުން އޭނާގެ އެޖެންޓް ކުރިއަށް ގެންދާނެ ކަމަށް ވެސް ޑި ޔޯން ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ ބާސެލޯނާގައި ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. އަދި އެ ކުލަބުގެ ޖާޒީގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

ބާސެލޯނާއާ ގުޅުނު ފަހުން ޑި ޔޯން އަންނަނީ އެ ކުލަބުގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން، ޑި ޔޯން އަކީ އޭނާގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. އެކި ފަހަރު މަތިން ޒަވީ ވަނީ، ޑި ޔޯން ބާސެލޯނާ ދޫކޮށްލަން ބޭނުންނުވާ ވާހަކަ ވެސް ބުނެފަ އެވެ. ހަމަ އެއާއެކު ބާސެލޯނާ އިން ކުޅުންތެރިން ދޫކޮށްލި ނަމަވެސް، އެ ކުޅުންތެރިންގެ ތެރޭގައި ޑި ޔޯން ނުހިމެނޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބާސެލޯނާފްރެންކީ ޑި ޔޮން

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް