Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒޫ ހަމަތޯ؟ އެންމެ 11 ވައުދަށް ބަޖެޓްގެ އިތުރުން 223 ބިލިއަން ރުފިޔާ!

ޓެކްސްވެސް ބޮޑުނުކޮށް، ލޯނުވެސް ނުނަގާ ފައިސާ ހޯދާނީ ކިހިނެއް؟

ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 10:39
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ޑޮކްޓަރު މުހައްމަދު މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ޑޮކްޓަރު މުހައްމަދު މުއިއްޒު

މަގުމަތިން ދިމާވި އިގްތިސާދީ މާހިރެކެވެ. ފުރަތަމަވެސް ފެށީ ކަކަކަކަ އަޅާފައި ހޭށެވެ. ހަމަ ބިނދި ބިނދިފައި ހެނީއެވެ. ވީ އެއްކަމެއްވެސް ނޭނގުނެވެ. އިރުގަނޑަކަށްފަހު ކުޑަކޮށް މައިތިރިވީމާ އަހާލައިފީމެވެ. ވީ ކީއްހެއްޔެވެ؟ ނުފުށުން ގަމީސް ލެވިފައި ހުރީހެއްޔެވެ؟ އަނެއްކާވެސް ހެމުން އޭނާއަށް ބުނެވުނީ ކަލޭމެންގެ މުއިއްޒު ހަމަހެއްޔޭއެވެ. ދެންވެސް އިތުރު އެއްޗެއް ބުނެވޭވަރެއް ނުވެއެވެ.

އިރުގަނޑަކަށްފަހު ހަމައަކަށް އެޅެމުން އޭނާ ބުންޏެވެ. އިންތިޚާބު ކާމިޔާބު ކުރަން ވައުދުވިއަސް އޭގެ ހައްދެއް އޮންނަން ވާނެތާއެވެ. އަދި އާއްމު ސަޕޯޓަރުން އެއަޑު އަހާފައި ކިތަންމެ ވަރަކަށް އަތްޖެހިއަސް، ތަންދޮރު އެނގޭ، އަދި ކަންކަމާމެދު ވިސްނާ މީހުންވެސް ތިބޭނެތާއެވެ.

އިގްތިސާދީ ދާއިރާއިން މާސްޓަރސް ހަދާފައިވާ އޭނާ އެ ކިޔާންއުޅޭ އެއްޗެއްގެ ތަފްސީލް ދެމުން ބުނީ، އޭނާ އަޑު އަހާލީ ވަރަށް މަދު ވައުދުތަކެއް ކަމަށާއި އޭގެތެރެއިން އެންމެ 11 ވައުދު ފުއްދަންވެސް ދައުލަތުގެ ބަޖެޓުގެ އިތުރުން މަދުވެގެން އަހަރަކު 48 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ. ދައުލަތުގެ ބަޖެޓަކީ 35 ބިލިއަން ރުފިޔާ ކަމަށްވާއިރު، އެއީ ސިވިލްސަރވަންޓުންގެ މުސާރައާއި އާސަންދައާއި ސަބްސިޑީތަކާއި ދައުލަތް ހިންގުމުގެ އެހެނިހެން ޚަރަދާއި ތަރައްގީގެ މަޝްރޫއުތަކާއެކު މުޅި އަހަރު ދައުލަތް ހިންގަން ޚަރަދުވާ ވަރެވެ. އެކަންކަން ކޮށްފައި އިތުރަށް މުއިއްޒުގެ އެ 11 ވައުދު ފުއްދަން 48 ބިލިއަން ނުވަތަ 49 ބިލިއަންވަރު އަހަރަކަށް އެބަ ބޭނުންވެއެވެ.

ޖީބުން ނެގި ގަނޑަކުން ހިސާބުތައް ދައްކަމުން އޭނާ ބުނީ، މުއިއްޒުގެ އެއް ވައުދަކީ ހިޔާ ފްލެޓްތައް ހަދަން ދިޔަ ޚަރަދު ދިނުމަށްޓަކައި ކޮންމެ ފްލެޓަކަށް 2 ލައްކަ ރުފިޔާ ސަރުކާރުން ދިނުމެވެ. އެވައުދު ފުއްދާނަމަ 1،344،000،000 (އެއް ބިލިއަން، ތިންސަތޭކަ ސާޅީސް ހަތަރު މިލިއަން) ރުފިޔާ ފުރަތަމަ އަހަރު ހޭދަވާނެއެވެ.

ދެވަނަ ވައުދަކީ ވިނަރެސް ފްލެޓްތަކުގެ ޑައުން ޕޭމަންޓް މައާފްކޮށްދިނުމެވެ. އެކަން ކުރުމަށް ދައުލަތުގެ ބަޖެޓުގެ ބޭރުން ފުރަތަމަ އަހަރު 687،500،000 (ހަ ސަތޭކަ އައްޑިހަ ހަތް މިލިއަން ފަސް ލައްކަ) ރުފިޔާ ހޭދަވާނެއެވެ.

ތިންވަނަ ވައުދަކީ ވިނަރެސް ފްލެޓްތަކުގެ މަހުކުލި ކުޑަކުރުމެވެ. އެކަމަށް 140،250،000 (ސަތޭކަ ސާޅީސް މިލިއަން ދެލައްކަ ފަންސާސް ހާސް) ރުފިޔާ ބޭނުންވާނެއެވެ. ފަސްއަހަރަށް 701،250،000 (ހަތް ސަތޭކަ އެއް މިލިއަން ދެލައްކަ ފަންސާސް ހާސް) ރުފިޔާ އެކަމަށް ބޭނުންވާނެއެވެ.

ހަތަރުވަނަ ވައުދަކީ މިހާރު އަޅާފައިވާ ކުންފުނިތަކުގެ ފްލެޓްތަކުގެ ކުލި ކުޑަކުރުމެވެ. އެކަމަށް 72،000،000 (ހަތްދިހަ ދެ މިލިއަން) އަހަރަކަށް ބޭނުންވެއެވެ. ފަސް އަހަރަށް ބަލާނަމަ 360،000،000 (ތިން ސަތޭކަ ފަސްދޮޅަސް މިލިއަން) ރުފިޔާ ސަރުކާރުން އިތުރަށް ދައްކަން ޖެހޭނެއެވެ.

ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރު ފަޅުން ދޫކުރާ ގޯތީގައި ގެ އެޅުމަށް ދޫކުރާ އެހީއަކީ ފަސްވަނަ ވައުދެވެ. އެކަމަށް 13،680،000،000 (ތޭރަ ބިލިއަން ހަ ސަތޭކަ އަށްޑިހަ މިލިއަން) ރުފިޔާ ބޭނުންވެއެވެ. ފަސް އަހަރު ނިމޭއިރު 68،400،000،000 (ފަސްދޮޅަސް އަށް ބިލިއަން ހަތަރުސަތޭކަ މިލިއަން) ރުފިޔާ ހޭދަވާނެއެވެ.

ހަވަނަ ވައުދަކީ ފުށިދިއްގަރު ފަޅު ހިއްކުމެވެ. އެކަމަށްޓަކައި 4،000،000،000 (ހަތަރު ބިލިއަން) ރުފިޔާ ބޭނުންވެއެވެ. މުޅި ޕްރޮޖެކްޓް ނިންމަން ފަސް އަހަރަށް 8،000،000،000 (އަށް ބިލިއަން) ރުފިޔާ ބޭނުންވާނެއެވެ.

ހަތްވަނަ ވައުދަކީ މާލޭ ސަރަހަދުގައި 65000 ހައުސިންގ ޔުނިޓް އެޅުމެވެ. އެކަމަށްޓަކައި މިހާރުގެ އަގުންނަމަ 19،500،000،000 (ނަވާރަ ބިލިއަން ފަސް ސަތޭކަ މިލިއަން) ރުފިޔާ ފުރަތަމަ އަހަރު ބޭނުންވާނެއެވެ. ފަސް އަހަރު ތެރޭގައި އެކަން ނިންމާނަމަ ޖުމްލަ 97،500،000،000 (ނުވަދިހަ ހަތް ބިލިއަން ފަސް ސަތޭކަ މިލިއަން) ރުފިޔާ ހޭދަވާނެވެ.

އަށްވަނަ ވައުދަކީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑު ކުރުމެވެ. އެކަން ކުރުމަށް އަހަރަކު 4،900،000،000 (ހަތަރު ބިލިއަން ނުވަ ސަތޭކަ މިލިއަން) ރުފިޔާ ބޭނުންވާނެއެވެ. ސިފައިންނާ ފުލުހުން އިތުރުނުކޮށް އެއަދަދުން މުސާރަ ދޭނަމަ ފަސް އަހަރަށް 24،500،000،000 (ސައުވީސް ބިލިއަން ފަސް ސަތޭކަ މިލިއަން) ރުފިޔާ ބޭނުންވާނެއެވެ.

ނުވަވަނަ ވައުދަކީ އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރުމެވެ. އެކަމަށްޓަކައި މިހާރު ތިބި އެފަދަ މައިންނަށް އެކަނިވެސް އަހަރަކު 1،620،000،000 (އެއް ބިލިއަން ހަ ސަތޭކަ ވިހި މިލިއަން) ރުފިޔާ ހޭދަވާނެއެވެ. އިތުރަށް މީހަކު ވަރިނުވެ މިހާރު ތިބި އެކަނިވެރި މައިންނަށް އެކަނި ބެލިއަސް ފަސް އަހަރުގެ ތެރޭގައި 8،100،000،000 (އަށް ބިލިއަން ސަތޭކަ މިލިއަން) ރުފިޔާ ދޭން ޖެހޭނެއެވެ.

ދިހަވަނަ ވައުދު ކަމުގައިވާ އައްޑޫ ހިތަދުއާއި ހުޅުމީދުއާ ދެމެދު ބްރިޖް އެޅުމަށް ފުރަތަމަ އަހަރު 1،200،000،000 (އެއް ބިލިއަން ދުއިސައްތަ މިލިއަން) ރުފިޔާ ބޭނުންވާނެއެވެ. ފަސް އަހަރުގެ ތެރޭގައި ބްރިޖް ނިންމުމަށް ޖުމްލަ 6،000،000،000 (ހަ ބިލިއަން) ބޭނުންވާނެއެވެ.

އޭނާ ފާހަގަކުރި އެންމެ ފަހު ވައުދަކީ ގާދޫ ޓްރާންޝިޕްމަންޓް ބަނދަރެވެ. އެކަމަށް ފުރަތަމަ އަހަރު 1،600،000،000 (އެއް ބިލިއަން ހަ ސަތޭކަ މިލިއަން) ރުފިޔާ ބޭނުންވާނެއެވެ. އެމަޝްރޫއު ފަސް އަހަރު ތެރޭގައި ނިންމާއިރު އެދައުރުގެ ތެރޭގައި 8،000،000،000 (އަށް ބިލިއަން) ރުފިޔާ ހޭދަވާނެއެވެ.

އޭނާ ބުނީ މިއީ އަދި ދެންހުރި އެތައް ބައިވަރު ވައުދުތައް ފުއްދުމަށް ކުރަންޖެހޭ ހޭދައާއި މުޅި ސަރުކާރު ހިންގުމަށް އަދި ދެން ހުރި ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރަންޖެހޭ ފައިސާގެ އިތުރުން، އެންމެ 11 ވައުދަށް ހިނގާނޭ މިންވަރު ކަމަށެވެ. ދުނިޔެއާއި ރާއްޖޭގެ އިންފްލޭޝަނަށް އަންނާނެ ބަދަލުތަކުގެ ސަބަބުން މި އަދަދުތައް ވިއްޔާ ވާނީ ބޮޑެވެ.

މުޅި ޖުމްލަ ފުރަތަމަ އަހަރު 48،743،750،000 (ސާޅީސް އަށް ބިލިއަން ހަތް ސަތޭކަ ސާޅީސް ތިން މިލިއަން ހަތް ލައްކަ ފަންސާސް ހާސް) ރުފިޔާ ބޭނުންވެއެވެ. އަދި ފަސް އަހަރު ނިމޭއިރު 223،592،750،000 (ދުއިސައްތަ ތޭވީސް ބިލިއަން ފަސް ސަތޭކަ ނުވަދިހަ ދެ މިލިއަން ހަތް ލައްކަ ފަންސާސް ހާސް) ރުފިޔާ ބޭނުންވާނެއެވެ.

ނިންމާލަމުން އޭނާ ބުނީ އިތުރު ޓެކްސެއް ނުނަގާނެ ކަމަށާއި، އިތުރު ފީތައްވެސް އުވާލާނެ ކަމަށާއި، އަދި ލޯނު ނެގުންވެސް މަދުކުރާނެ ކަމަށް ވިދާޅުވާއިރު، މުއިއްޒު މިކަމަށް ފައިސާ ހޯއްދަވަނީ ކިހިނެއް ހެއްޔެވެ. ހީނ ހީނ ބޯ ހަލާކެވެ. ރައްޔިތުން ވާވައްދަންވެސް ވާހަކަ ދެއްކުމުގައި ހައްދެއް އޮންނަން ޖެހޭނެއެވެ. ގައިމު ކިރިޔާވެސް އިގްތިސާދެއް އެނގޭ މީހަކަށް މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މުއިއްޒު "ހަމަ" ކަމާމެދު ސުވާލު އުފެދެއެވެ.

ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު