Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާނުގެ އާބާދީ

ޖަޕާނުގެ ކޮންމެ 10 މީހަކުން އެކަކީ 80 އަހަރުން މަތީގެ މީހެއް

2024 އާ ހަމައަށް އަންނައިރު އެ ޤައުމުގެ 65 އަހަރުން މަތީ މީހުންގެ ނިސްބަތް 34 އިންސައްތައަށް އިތުރުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ސެޕްޓެމްބަރު 2023 | އަންގާރަ 08:37
ދުނިޔޭގެ އުމުރުން ދުވަސްވީ ފިރިހެން މީހާގެ ރެކޯޑު ހޯދި ފަރާތެއް

ދުނިޔޭގެ އުމުރުން ދުވަސްވީ ފިރިހެން މީހާގެ ރެކޯޑު ހޯދި ފަރާތެއް

ޖަޕާނުގެ ކޮންމެ 10 މީހަކުން އެކަކީ 80 އަހަރުން މަތީގެ މީހެއްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ޤައުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޤައުމުގެ 125 މިލިއަން މީހުންގެ އާބާދީއެއް އޮންނައިރު އޭގެ ތެރެއިން 29 އިންސައްތައަށްވުރެ ގިނަ މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. މިއީ ރެކޯޑެއްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަދި ޖަޕާނުގެ ކޮންމެ 10 މީހަކުން އެކަކީ 80 އަހަރުން މަތީގެ މީހެއްކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ޖަޕާނަކީ މުޅި ދުނިޔޭގައިވެސް ދަރިމައިވުމުގެ ނިސްބަތް އެންމެ ދަށް އެއް ޤައުމެވެ. އަދި އެންމެ އުމުރުން ދުވަސްވީ މީހުންގެ އާބަދީ ގިނަ ޤައުމުވެސްމެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2024 އާ ހަމައަށް އަންނައިރު އެ ޤައުމުގެ 65 އަހަރުން މަތީ މީހުންގެ ނިސްބަތް 34 އިންސައްތައަށް އިތުރުވާނެކަމަށް އަންދާޒާ ކުރެވެއެވެ.  

ޖަޕާނުގެ އިތުރުންވެސް އެ ޤައުމާ އަވައްޓެރި ޤައުމުތަކުގައިވެސް ދަރިމައިވުމުގެ ނިސްބަތް މިހާރު ދަށަށް ދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިދިޔަ އަހަރު އެ ޤައުމުގައި އުފަންވެފައިވާ ކުދިންގެ އަދަދު 8 ލައްކައަށްވުރެވެސް ދަށެވެ. މިއީ 19 ވަނަ ޤަރުނުގެ ފަހުން އެންމެ މަދުން ކުދިން އުފަންވި އަހަރުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޖަޕާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު