Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބާސެލޯނާ އިން ޔޫރަޕުގައި ކުރިއަށް ފިޔަވަޅެއް އަޅަން ޖެހޭ: ޒަވީ

މިއީ އެ ލީގުގެ އިތުރުން، ޔޫރަޕުގެ އެހެން މުބާރާތްތަކުގައި ފިޔަވަޅެއް ކުރިއަށް ޖެހިލަން ޖެހޭ ވަގުތު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 06:09
ބާސެލޯނާގެ ފަރިތަކުރުމެއްގައި ޒަވީ ހެނާންޑޭޒް ބައިވެރިވަނީ

ބާސެލޯނާގެ ފަރިތަކުރުމެއްގައި ޒަވީ ހެނާންޑޭޒް ބައިވެރިވަނީ

ސްޕެއިންގެ ބާސެލޯނާ އިން ޔޫރަޕުގައި ކުރިއަށް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޯޔަލް އެންޓްވާޕާ ދެކޮޅަށް ބާސެލޯނާ އިން ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ޗެމްޕިއަންސް ލީގުގައި އަނެއްކާ ވެސް ކުޅުމުގެ ފުރުސަތު ލިބުމަކީ ބާސެލޯނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެެވެ. އެއާއެކު ޔޫރަޕުގައި ބާސެލޯނާ އިން ކުރިއަށް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކައި، ރަނގަޅު ފެންވަރެއް ހިފަހައްޓަމުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް މިއީ އެ ލީގުގެ އިތުރުން، ޔޫރަޕުގެ އެހެން މުބާރާތްތަކުގައި ފިޔަވަޅެއް ކުރިއަށް ޖެހިލަން ޖެހެ ވަގުތު ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ޒަވީ ބުނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗަށް ކުރިމަތިލާއިރު، ބާސެލޯނާ އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށެވެ. ޚާއްސަކޮށް ލީގުގައި ދައްކާފައިވާ ކުޅުމާއެކު، ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ހިތްހަމަ ޖެހޭ ވަރުގެ ނަތީޖާއެއް ލިބުމުގެ އުންމީދު ބޮޑު ކަމަށް އޭނާ ބުންޏެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ބާސެލޯނާ އިން އެންމެ ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުން ވެސް ކުރިއަށް ދިޔައީ އެނާ ހިތްހަމަ ޖެހޭ ގޮތަށެެވެ. މީގެ އިތުރުން ބާސެލޯނާގެ މެޖޯރިޓީ ކުޅުންތެރިން ތިބީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ފިޓުކޮށް ކަމަށް އޭނާ ފާހަގަ ކުރި އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒަވީ ބުނީ، ބޭނުން ވަނީ މިދިޔަ އަހަރަށްވުރެ މިއަހަރުގެ ނަތީޖާ ރަނގަޅު ކުރަން ކަމަށެވެ. އެއީ ހަމައެކަނި ކުޅުންތެރިން އަމާޒެއް ނޫން ކަމަށާއި، މުޅި ކުލަބުގެ އަމާޒަކީ ވެސް އެއީ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ. ޒަވީ ޤަބޫލު ކުރާ ގޮތުގައި ޔޫރަޕުގެ ބޮޑެތި ޓީމުތަކާ ވާދަކޮށްލެވޭ ވަރުގެ ސްކޮޑެއް ބާސެލޯނާގައި އެބަ އޮތެވެ. އޭނާ ބުނީ ހުރިހާ ކަމެއް ވެސް ޕޮޒިޓިވްކޮށް ނަގަން ޖެހޭ ކަމަށާއި، ކުރިއަށް ދިޔުމުގައު ފަސޭހަ ވާނީ އޭރުން ކަމަށް ޒަވީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ރޯޔަލް އެންޓްވާޕާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު