Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަސްކަރީ ތަމްރީން

އަސްކަރީ ތަމްރީނުތަކެއް ތިން ރަށެއްގައި ކުރިއަށްގެންދަން ނިންމާފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

މިތަމްރީންތައް ކުރިއަށް ގެންދަނީ ލ.ކައްދޫ، ލ.ގާދޫ އަދި ލ.ކަޅައިދޫގައި

އަމްނާ އިމާދު
އަމްނާ އިމާދު | 18 ސެޕްޓެމްބަރު 2023 | ހޯމަ 07:41
އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިން

އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ތިން ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިލްތިމާސްކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އަސްކަރީ ތަމްރީންތަކެއް ލ.ކައްދޫ، ލ.ގާދޫ އަދި ލ.ކަޅައިދޫ ގައި 30 ސެޕްޓެންބަރުން 02 އޮކްޓޫބަރަށް އަސްކަރީ ތަމްރީންތަކެއް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

މި ތަމްރީންތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00ން އެރޭ 11:59ށް އަދި ރޭގަނޑު 00:00ން ހެނދުނު 06:00ށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 100 މީޓަރެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 50 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީލެވެލްއެވެ. އަދި ވައި ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ކައްދޫ، ލ.ގާދޫ އަދި ލ.ކަޅައިދޫއާއި ދިމާ މައްޗެވެ. މި ތަމްރީންގައި ބޭނުންކުރާ ހަތިޔާރަކީ ޕައިރޯ ޓްކްނިކްސްއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ކައްދޫގައި 19 ސެޕްޓެންބަރުން 24 ސެޕްޓެންބަރަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 ރޭގަނޑު 23:59ށް އަދި 01 އޮކްޓޫބަރުން 4 އޮކްޓޫބަރަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00ން 23:59ށް އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މިތަމްރީނުގައި ހަތިޔާރުގެ ގޮތުގައި މެޝިންގަން/ޕިސްޓަލް ބޭނުންކުރާއިރު، ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިނަކީ 3800 މީޓަރެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 200 މީޓަރެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ.ލެވެލް އެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަނަކީ ކައްދޫ ޓްރޭނިންގ ސެންޓަރުގެ ރޭންޖްއިން އިރު ދެކުނު ކަމަށް މައުލޫމާތުދީފައިވާ ކަމަށް ޓްރާސްޕޯޓު މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މި ސަރަހައްދުތަކުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަން ދީގެން ދަތުރުފަތުރު ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު