Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އާސެނަލްއަށް ހަނި މޮޅެއް، ޗެލްސީއަށް މޮޅެއް ނުވެވުނު!

ޗެލްސީ އެއްވަރުވީ ބޯންމައުތާ ވާދަކޮށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 18:33
އާސެނަލް މެޗުން މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ޓްރޮސާޑް: ފޮޓޯ-ރޮއިޓަރސް

އާސެނަލް މެޗުން މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ޓްރޮސާޑް: ފޮޓޯ-ރޮއިޓަރސް

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއިން ހަނި މޮޅެއް ހޯދިއިރު, މެންޗެސްޓަރ ޔުނައުޓެޑް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

މިދިޔަ ސީޒަންގައި ސިޓީއާ އެންމެ ކައިރިން ވާދަކުރި އާސެނަލް މެޗު ކާމިޔާބުކުރީ އެވަޓަންއާ ވާދަކޮށް 1-0 ނެވެ. މެޗުން އާސެނަލް މޮޅުކޮށްދިން ލަނޑު ޖެހީ ޓްރޮސާޑެވެ.69 ވަނަ މިނިޓްގައި އޭނާ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ސަކާއެވެ. މިމޮޅާއެކު އާސެނަލް އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. އެވަޓަން އަދި މިސީޒަންގެ ލީގުގައި މޮޅެއް ނުވެއެވެ. ފަސް މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. ތާވަލްގައި އޮތީ 18 ވަނައިގައެވެ.

ޗެލްސީ ޕޮއިންޓަކުން ފުއްދާލަން ޖެހުނީ ބޯންމައުތާ ވާދަކޮށެވެ. ބޯންމައުތްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. މިއީ މިސީޒަންގެ ލީގުގައި ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗެވެ. މެޗުގައި ޗެލްސީން ލަނޑެއް ޖެހި ނަމަވެސް އޮފްސައިޑްވުމުން ބަލައިނުގަތީއެވެ. މެންޗެސްޓަރ ސިޓީން ޗެލްސީއާ ގުޅުނު ކޯލް ޕަލްމާއަށް މެޗުގެ ފަހުކޮޅު ލަނޑު ޖަހަން ރަނގަޅު ފުރުޞަތެއް ލިބުނެވެ. އަދި މެޗުން މޮޅުވުމުގެ ފުރުޞަތު ބޯންމައުތަށްވެސް ލިބުނެވެ.

މިނަތީޖާއާއެކު ޗެލްސީ އޮތީ ފަސް މެޗުން ފަސް ޕޮއިންޓާއެކު 14 ވަނައިގައެވެ.

ޕްރިމިއަރ ލީގުއާސެނަލްމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު